ލިބުނު މައުލޫމާތަކާ ގުޅިގެން ރެހެންދި ސްކޫލުގައި ފުލުހުން ހަރަކާތްތެރިވަނީ
7 ސެޕްޓެމްބަރު 2025 - 05:02

ހުޅުމާލޭގައި ހުންނަ ރެހެންދި ސްކޫލުގައި ފުލުހުން ހަރަކާތްތެރިވާން ފަށައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ، ލިބުނު މައުލޫމާތަކާ ގުޅިގެން ބަލަންޖެހޭ ކަންކަން ބެލުމަށް ފުލުހުން އެ ސްކޫލުގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ.

Ad by Hajj Corporation
ސްކޫލުގައި ފުލުހުން ހަރަކާތްތެރިވަނީ ކޮން މައްސަލައެއް ބެލުމަށްކަން އަދި މިކަމާ ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
ބައެއް މަސްދަރުތަކުން ހާމަކޮށްފައިވާ ގޮތުގައި ފުލުހުން އެ ސްކޫލުގައި ހަރަކާތްތެރިވަމުން ދަނީ ލިބުނު އިންޒާރުގެ ރިޕޯޓަކާ ގުޅިގެންނެވެ. އާއްމު އުސޫލުން އެފަދަ ރިޕޯޓެއް ލިބިއްޖެނަމަ ސަލާމަތީ ކަންކަން ޔަގީން ކުރުމަށް ފުލުހުން ގޮސް ބަލައި ހަދައެވެ.
އެހެންނަމަވެސް އެއްވެސް ނުރައްކާތެރި ކަމެއް އަދި ފާހަގަ ވެފައި ނުވާކަމަށް އަދި އެ ސްކޫލުގެ ކިޔެވުމުގެ ދަންފަޅި ވެސް މެދުކަނޑާލާފައިނުވާކަމަށް މައުލޫމާތު ލިބެއެވެ.