logo
Bank of Maldives

Bank of Maldives

ޚަބަރު

ސްކޭމްތަކުން ގެއްލުނު 2.2 މިލިއަން ރުފިޔާ ހޯދައިފި

އަޙްމަދު ޒަލީފް
26 ސެޕްޓެމްބަރު 2024 - 08:55
ސްކޭމްތަކުން ގެއްލުނު 2.2 މިލިއަން ރުފިޔާ ހޯދައިފި

ސްކޭމްގެ މައްސަލަތަކުގައި ގެއްލުނު 2.2 މިލިއަން ރުފިޔާ، މިދިޔަ 8 މަސް ތެރޭގައި ފުލުހުން ހޯދައިފި އެވެ.

އެކަން ހާމަކޮށްކޮށްފައިވަނީ ފުލުހުންގެ ތަރުޖަމާނު އަދި އެސިސްޓެންޓް ކޮމިޝަނާ އަހުމަދު ޝިފާން "އެކްސް" ގައި ކުރި ޕޯސްޓެއްގަ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޝިފާން ވިދާޅުވީ ހިތާމައަކީ ގިނަ ބަޔަކު ސްކޭމަރުންގެ, ސްކޭމްގައި ޖެހުން ކަމަށެވެ.

އެކި ކުންފުނިތަކާއި މުއައްސަސާތަކުގެ ނަމުގައި މީހުންނަށް މެސެޖްކޮށް ގުޅައިގެންވެސް ބޮޑެތި އަދަދުތަކުން ފައިސާ ފޭރުމުގެ އަމަލުތައް ހިނގާފައިވެ އެވެ.

އެކަމަށް ހޭލުންތެރިކުރުމަށް ފުލުހުންގެ އިތުރުން އެހެނިހެން އިދާރާތަކުންވެސް މަސައްކަތް ކުރި ނަމަވެސް ސްކޭމްތަކުގައި ޖެހޭ މީހުން އިތުރުކަން ފާހަގަވެ އެވެ.

މިދިޔަ އަހަރު އެފަދަ 1،661 މައްސަލައެއް ފުލުހަށް ރިޕޯޓުކޮށްފައިވާއިރު އެފަދަ މައްސަލަތަކުގައި 20 މިލިއަން ރުފިޔާ ގެއްލިފައިވެ އެވެ. އެފަދަ މައްސަލަތަކުގައި މީހުން ހައްޔަރުކޮށް, ދައުވާކޮށްފައިވެސް އެބަ ހުއްޓެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސްކޭމްތަކުން ގެއްލުނު 2.2 މިލިއަން ރުފިޔާ ހޯދައިފިޚަބަރު | އަހަރެއް ކުރިންސްޓްލެކޯގެ ނަމުގައި ސްކޭމް ކޯލުތަކެއް، ސަމާލުވާން އެދެފި ޚަބަރު | އަހަރެއް ކުރިން