logo
Bank of Maldives

Bank of Maldives

ދުނިޔެ

ޔަހޫދީން އަމާޒު ހިފާފައިވަނީ މުޅި ޣައްޒާ ބިމާ ހަމަކުރުމަށް

އަޙްމަދު ޒަލީފް
7 ސެޕްޓެމްބަރު 2025 - 10:04
ޔަހޫދީން އަމާޒު ހިފާފައިވަނީ މުޅި ޣައްޒާ ބިމާ ހަމަކުރުމަށް

ފަލަސްޠީނުގެ ޣައްޒާ ސިޓީގައި ނުވެއްޓި ހުރި އިމާރާތްތަަކަށް އަމާޒުކޮށް ޔަހޫދީން ދިން ވަރުގަދަ ވައިގެ ޙަމަލާތަކެއްގައި އެ ސިޓީގެ އުސް އިމާރާތެއް ބިމާ ހަމަވެެއްޖެއެވެ.

މިއީ ފަހުގެ ދުވަސްތަކުގައި ޔަހޫދީން ވައްޓާލާފައިވާ މި ފަދަ ދެވަނަ އިމާރާތެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޣައްޒާ ސިޓީގައި ތިބި އެތައް ހާސް ރައްޔިތުން އެ ސަރަޙައްދު ދޫކޮށް ދިޔުމަށް މަޖުބޫރު ކުރުވުމަށް ޔަހޫދީންގެ އެންމެ ފަހުގެ ޙަމަލާ އަމާޒުކޮށްފައި ވަނީ އެ ސަރަޙައްދުގައި ހުރި 15 ބުރީގެ އިމާރާތަކަށެވެ. މީހުން ދިރިއުޅޭ އަލް-ސޫސީ ކިޔާ މި އިމާރާތަށް ޔަހޫދީން ޙަމަލާދީ ބިމާ ހަމަކޮށްލައި މަންޒަރު ފެންނަ ވީޑިޔޯއެއް ޔަހޫދީ ދިފާޢީ ވަޒީރު އިސްރާއިލް ކެޓްޒް ވަނީ ޙިއްޞާކޮށްފައެވެ.

ކުރިއަށް އޮތް ދުވަސްތަކުގައި މި ފަދަ އެހެން އުސް އިމާރާތްތަކަށް ޙަމަލާދޭނެ ކަމުގެ އިންޒާރު ޔަހޫދީން ވަނީ ދީފައެވެ. ދެ މިލިޔަނަށްވުރެ ގިނަ މީހުންގެ އާބާދީއެއް އޮންނަ ޣައްޒާގެ މިލިއަނެއްހާ މީހުން މިހާރު ދިރިއުޅެމުން ދަނީ ޣައްޒާ ސިޓީގައި ނުވަތަ އެ ސަރަޙައްދާ ކައިރި ސަރަޙައްދުތަކުގައެވެ. ޣައްޒާގެ 75 އިންސައްތަ ޔަހޫދީންގެ ބާރުގެ ދަަށަށް ގެންގޮސްފައިވާއިރު، މުޅި ޣައްޒާ ޔަހޫދީންގެ ފުރިހަމަ ބާރުގެ ދަށަށް ގެނައުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ޣައްޒާ ސިޓީގެ 40 އިންސައްތައަށްވުރެ ބޮޑު ބައި ވަނީ ޔަހޫދީންގެ ބާރުގެ ދަށަށް ގެންގޮސްފައެވެ.

ފާއިތުވި ދޮޅު އަހަރު ދުވަހު އެންމެ ވަރުގަދަ ބޮމުގެ ޙަމަލާތައް ދީފައި ވަނީ އަލް-މަވާސީއަށެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ވެސް ޣައްޒާގައި 23 މީހުން ޝަހީދުކޮށްލާފައިވާއިރު، 13 މީހުން ޝަހީދުވެފައި ވަނީ ޣައްޒާ ސިޓީގައެވެ. އެހީގެ ތަކެއްޗާއި ކާބޯތަކެތި ނުލިބުމުގެ ސަބަބުން ޣައްޒާގެ އިންސާނީ ޙާލަތު ވެސް ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. ބަނޑުހައިހޫނު ކަމުގެ ސަބަބުން ޝަހީދުވާ މީހުންެގެ ޢަދަދު ވެސް ދަނީ އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވަމުންނެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފަލަސްތީނުގައި ދައުލަތެއް އުފެއްދުމުގެ ގަރާރު ބޮޑު އަޣުލަބިއްޔަތަކުން ފާސްކޮށްފި ޚަބަރު | މަހެއް ކުރިންޔަހޫދީން ގަތަރުގެ ވެރިރަށް ދޯހާއަށް ހަމަލާދީފި ދުނިޔެ | މަހެއް ކުރިންފަލަސްތީނުގެ 14 މީހަކު މިނިވަންކޮށްފި ދުނިޔެ | މަހެއް ކުރިންޣައްޒާ ފަހުނޭވާގައި: ރައްޔިތުން ބަނޑަށް ޖެއްސުމަށް ކުރާ މަސައްކަތަށް ނިމުމެއް ނެތް ދުނިޔެ | މަހެއް ކުރިން