ފަރުމަހުގެ މަސްވެރިކަން މޮނިޓާކުރުމުގެ ސާވޭތަކެއް ފަށައިފި
7 ސެޕްޓެމްބަރު 2025 - 11:02

ފަރުމަހުގެ މަސްވެރިކަން މޮނިޓާކުރުމުގެ ސާވޭތަކެއް މ.އަތޮޅު މުލީގައި ފަށައިފިއެވެ.
މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ބުނީ ޓްރާންސްފޯމް މަޝްރޫއުގެ ދަށުން ކުރިއަށްގެންދާ ފަރުމަހުގެ މަސްވެރިކަން މޮނިޓާ ކުރުމުގެ ސާވޭ އަކީ މޯލްޑިވްސް މެރިން ރިސާޗް ސެންޓަރުގެ ސައިންސް އަދި ދިރާސާ ޓީމުން މިއަހަރު ކުރިއަށްގެންދާ 6 ވަނަ ސަވޭކަމަށެވެ.

Ad by Hajj Corporation
މި ސާވޭތަކުން ލިބޭ މައުލޫމާތާއި ހޯދުންތަކުން ރަށު ފެންވަރުގެ މަސްވެރިކަމާއި އޭގެ ސަބަބުން ފަރުމަހުގެ އަބާދީއަށް ކުރާ އަސަރުތައް އިތުރަށް ދެނެގަތުމަށް މަގުފަހިވެގެންދާނެކަމަށާއި އަދި ހެކިތަކުގެ މައްޗަށް ބިނާކޮށް މަސްވެރިކަން މެނޭޖްކުރުން ހަރުދަނާވެގެންދާނެކަމަށް ވުޒާރާއިން މައުލޫމާތުދެއެވެ.
މީގެއިތުރަށް ފަރުމަހާއި މިޔަރާ މަޑީގެ އާބާދީ ދެނެގަތުމަށް މާލެ އަތޮޅުގައިވެސް ސާވޭ އެއް ކުރިއަށް ގެންގޮސްފައިވެއެވެ.