logo
ކުޅިވަރު

ޔުނައިޓެޑުން ގެނައި ކުނިކޮތަޅު މަހެއް ނުވަނީސް ބާސެލޯނާއިން ބޭރުކުރަނީ؟

އަބްދުﷲ ޣާނިމް
7 ސެޕްޓެމްބަރު 2025 - 14:01
ޔުނައިޓެޑުން ގެނައި ކުނިކޮތަޅު މަހެއް ނުވަނީސް ބާސެލޯނާއިން ބޭރުކުރަނީ؟

މެންޗެސްޓަރ ޔުނައިޓެޑްގެ ފޯވާޑް މާކަސް ރަޝްފޯޑް ބާސެލޯނާއަށް ބަދަލުވިތާ އެންމެ ތިން މެޗު ކުޅުމަށްފަހު އޭނާ އަނބުރާ ޔުނައިޓެޑަށް ފޮނުވާލަން ބާސާއިން ވިސްނާ ކަމަށް ސްޕެއިންގެ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.

27 އަހަރުގެ އިނގިރޭސި ފޯވާޑް ރަޝްފޯޑް މި މޫސުމުގައި ބާސެލޯނާއަށް ބަދަލުވީ އެއް ސީޒަނުގެ ލޯނު އެއްބަސްވުމެއްގައެވެ. މި އެއްބަސްވުމުގައި 30 މިލިއަން ޕައުންޑަށް ދާއިމީކޮށް ގަތުމުގެ އޮޕްޝަނެއް ހިމެނެއެވެ. ނަމަވެސް ސްޕެއިންގެ "އެލް ނެޝަނަލް" އިން ބުނާ ގޮތުގައި ބާސާގެ އިސްވެރިން ރަޝްފޯޑްގެ ފެންވަރާމެދު ހިތްހަމަނުޖެހި، ރަޝްފޯޑަކީ "ފަސްޖެހިފައި، އަދި އަމާޒު ގެއްލިފައިވާ" ކުޅުންތެރިއެއްގެ ގޮތުގައި މިހާރު ސިފަކުރަން ފަށާފައިވާކަމަށް ވަނީ ހާމަކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރަޝްފޯޑް ބާސެލޯނާއަށް ބަދަލުވީ ލިވަޕޫލްގެ ލުއިސް ޑިއަޒް އަދި ސްޕެއިންގެ ނިކޯ ވިލިއަމްސް ހޯދުމުގައި ނާކާމިޔާބުވުމަށްފަހުއެވެ. އައު ކޯޗު ހާންސި ފްލިކްގެ އަމިއްލަ ޗޮއިސްއެއްގެ ގޮތުގައި ރަޝްފޯޑް ގެނައުމަށް ނިންމީއެވެ.

ޕްރީ ސީޒަންގައި ރަޝްފޯޑް ރަނގަޅު ފޯމެއް ދައްކާލި ނަމަވެސް، ލީގުގައި އޭނާގެ ފެންވަރު ވަނީ ދަށްވެފައެވެ. މިހާތަނަށް ކުޅުނު ތިން މެޗުގައި އެއްވެސް ގޯލެއް ނުވަތަ އެސިސްޓެއް ނުލިބި، ލެވާންޓޭއާ ދެކޮޅަށް ކުޅުނު މެޗުގައި ފުރަތަމަ ހާފުގައި ބަދަލުކުރަން ޖެހުނެވެ.

ރިޕޯޓުތައް ބުނާގޮތުން ކްލަބުގެ ރައީސް ޖުއާން ލަޕޯޓާ އަދި ސްޕޯޓިންގ ޑިރެކްޓަރ ޑެކޯ ވެސް ރަޝްފޯޑް ގެނައުމާމެދު ކުރިންވެސް ސުވާލުތަކެއް އުފެދިފައިވެއެވެ. ރަޝްފޯޑު ކުލަބުގައި ބަހަށްޓަން ބޭނުންނުވާތީ މިދިޔަ ސީޒަނުގައި ލޯނެއްގައި އެސްޓަންވިލާ އަށް ފޮނުވާލާފައިވާއިރު، އަމޮރިމް އައިފަހުން ރަޝްފޯޑު ވަނީ ޔުނައިޓެޑުން ބާކީކޮށްފައެވެ.

ބާސެލޯނާއަށް ކުޅުމަކީ ހުވަފެނެއްކަމަށް ބުނެފައިވާ ރަޝްފޯޑަށް އޮތީ އޭނާގެ ބާސާ ހުވަފެން ސަލާމަތްކުރުމަށް މަދު ހަފްތާތަކެކެވެ. އެހެންނޫންނަމަ، އޭނާގެ ނަން އިތުރަށް ގެއްލި، އަނބުރާ ޔުނައިޓެޑަށް އަނބުރާ ފޮނުވާލުމުގެ ފުރުސަތު އެބައޮތެވެ. ނަމަވެސް ޔުނައިޓެޑުގެ ސްކޮޑުން ރަޝްފޯޑަށް އަނބުރާ ފުރުސަތެއް ލިބުމަކީ ނާދިރުކަމެކެެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގަވީގެ ފަރުވާއާ ގުޅޭގޮތުން ބާސެލޯނާ ދެބައިވެއްޖެކުޅިވަރު | 8 ގަޑިއިރު ކުރިންބާސެލޯނާ މި ހަފްތާބަންދުގައި ކުޅޭނީ އެންމެ 6000 ސަޕޯޓަރުން ކުރިމަތީގައިކުޅިވަރު | 4 ދުވަސް ކުރިންޔުނައިޓެޑުން ގެނައި ކުނިކޮތަޅު މަހެއް ނުވަނީސް ބާސެލޯނާއިން ބޭރުކުރަނީ؟ކުޅިވަރު | 6 ދުވަސް ކުރިންވީއޭއާރު ނުލައި ޕެނަލްޓީގެ އެހީގައި ބާސާ މޮޅުވަނިކޮށް ޕެރޭޒް އެކަން ހުއްޓުވައިފިކުޅިވަރު | 12 ދުވަސް ކުރިން