logo
ކުޅިވަރު

ބާސެލޯނާ މި ހަފްތާބަންދުގައި ކުޅޭނީ އެންމެ 6000 ސަޕޯޓަރުން ކުރިމަތީގައި

އަބްދުﷲ ޣާނިމް
9 ސެޕްޓެމްބަރު 2025 - 15:45
ޔޯހަން ކްރޯއިފް ސްޓޭޑިއަމް
ޔޯހަން ކްރޯއިފް ސްޓޭޑިއަމް

ލަލީގާގެ މެޗްޑޭ ހަތަރެއްގައި ބާސެލޯނާ އާއި ވެލެންސިއާ ދެމެދު ކުޅެން ހަމަޖެހިފައިވާ މެޗު، މިހާރު މަރާމާތުކުރަމުންދާ ސްޕޮޓިފައި ކެމްޕް ނޫގެ ބަދަލުގައި ޔޯހަން ކްރޯއިފް ސްޓޭޑިއަމްގައި ކުޅުމަށް ލަ ލީގާއިން ހުއްދަދީފިއެވެ.

ޖުއާން ގެމްޕަރ ސްޕޯޓްސް ސިޓީގައި ހުންނަ، 6،000 މީހުންގެ ޖާގައިގެ މި ސްޓޭޑިއަމް ވަނީ ލަ ލީގާގެ އޮފިޝަލުން ޗެކްކޮށް، ބައެއް ޓެކްނިކަލް ބަދަލުތަކާއެކު މެޗު ކުޅުމަށް އެކަށީގެންވާ ތަނެއްކަމަށް ކަނޑައަޅާފައެވެ. މި ގޮތުން ވީއޭއާރު ބޭނުންކުރުމަށް ކެމެރާތައް ހަރުކުރުމާއި، ފައިބަރ އޮޕްޓިކް ގުޅުން ޤާއިމްކުރުމަށްފަހު އަލުން ޗެކްކުރުމަށް ވަނީ ހަމަޖެހިފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އާންމު ގަވާއިދުތަކުގައި ރަސްމީ މެޗުތައް ކުޅުމަށް މަދުވެގެން 8،000 މީހުންގެ ޖާގަ އޮންނަންޖެހޭ ކަމަށް ބަޔާންކޮށްފައި ވީނަމަވެސް، ކެމްޕް ނޫ މަރާމާތުކުރަމުންދާތީ މިއީ ޚާއްސަ ހާލަތެއްގެ ގޮތުގައި ބަލައި، ލަ ލީގާއިން ވަނީ މިފަހަރު އިސްތިސްނާއެއް ދީފައެވެ.

ބާސެލޯނާގެ އަންހެނުންގެ ޓީމުވެސް އެ ހަފްތާގައި ޖޮހާން ކްރޯއިފް ސްޓޭޑިއަމްގައި މެޗެއް ކުޅޭނެއެވެ. ނަމަވެސް އެ މެޗު ކުޅޭނީ ހުކުރު ދުވަހު މެންދުރު 12:00 ގައި ކަމަށްވާތީ، ފިރިހެނުންގެ މެޗާ ދެމެދު 48 ގަޑިއިރަށްވުރެ ގިނަ ވަގުތު އޮންނާނެއެވެ.

މިއާއެކު، ސްޕޮޓިފައި ކެމްޕް ނޫ އަލުން ހުޅުވުމުގެ މަސައްކަތް ބާސެލޯނާގެ ބޯޑުން ވަރަށް ބާރަށް ކުރިއަށް ގެންދެއެވެ. މަރާމާތުގެ ފުރަތަމަ މަރުހަލާގައި 27،000 ސަޕޯޓަރުންނަށް ޖާގަ ދެވޭނެ ކަމަށް ލަފާކުރެވުނު ނަމަވެސް، އަދި ސްޓޭޑިއަމް ހުޅުވުމަށް ބޭނުންވާ ހުއްދަތައް ލިބިފައެއް ނުވެއެވެ. މިދިޔަ ސީޒަނުގައި ބާސެލޯނާ ބޭނުންކުރި ލުއީސް ކޮމްޕަނީސް އޮލިމްޕިކް ސްޓޭޑިއަމް (މޮންޖުއިކް) ގައި ސެޕްޓެމްބަރު 12 ގައި ޕޯސްޓް މެލޯންގެ ކޮންސަޓެއް އޮންނާތީ، އެތަނުގައިވެސް މެޗު ނުކުޅެވޭނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގަވީގެ ފަރުވާއާ ގުޅޭގޮތުން ބާސެލޯނާ ދެބައިވެއްޖެކުޅިވަރު | 8 ގަޑިއިރު ކުރިންބާސެލޯނާ މި ހަފްތާބަންދުގައި ކުޅޭނީ އެންމެ 6000 ސަޕޯޓަރުން ކުރިމަތީގައިކުޅިވަރު | 4 ދުވަސް ކުރިންޔުނައިޓެޑުން ގެނައި ކުނިކޮތަޅު މަހެއް ނުވަނީސް ބާސެލޯނާއިން ބޭރުކުރަނީ؟ކުޅިވަރު | 6 ދުވަސް ކުރިންވީއޭއާރު ނުލައި ޕެނަލްޓީގެ އެހީގައި ބާސާ މޮޅުވަނިކޮށް ޕެރޭޒް އެކަން ހުއްޓުވައިފިކުޅިވަރު | 12 ދުވަސް ކުރިން