logo
ކުޅިވަރު

ގަވީގެ ފަރުވާއާ ގުޅޭގޮތުން ބާސެލޯނާ ދެބައިވެއްޖެ

އަބްދުﷲ ޣާނިމް
13 ސެޕްޓެމްބަރު 2025 - 06:28
ގަވީގެ ފަރުވާއާ ގުޅޭގޮތުން ބާސެލޯނާ ދެބައިވެއްޖެ

ބާސެލޯނާގެ މިޑްފީލްޑަރު ގަވީގެ ކަނާތު ކަކުލުގެ ފަރުވާއާ ގުޅޭގޮތުން ކްލަބުގެ އިސްވެރިންގެ މެދުގައި ޚިޔާލު ތަފާތުވެއްޖެއެވެ. މި މައްސަލައާ ގުޅޭގޮތުން މަޝްވަރާކުރުމަށް ގަވީގެ އާއިލާގެ މެންބަރުންނާއި އޭނާގެ އޭޖެންޓުން ހުކުރު ދުވަހު ކްލަބުގެ އިސްވެރިންނާ ބައްދަލުކޮށްފިއެވެ.

ސްޕެއިންގެ ގައުމީ ޓީމުގެ ކޯޗު ލުއިސް ދެ ލަ ފުއެންޓޭ ވިދާޅުވި ގޮތުގައި ގަވީ ވަނީ "ކަކުލުގެ އޮޕަރޭޝަނަކާ ގުޅޭގޮތުން ކަންބޮޑުވެ، ހިތާމަވެރި ހާލަތެއްގައި" އެވެ. ބާސެލޯނާގެ އެތެރޭގެ މަސްދަރުތަކުން ކަށަވަރުކޮށްދިން ގޮތުގައި ކްލަބުން ވަނީ އޭނާގެ ހާލަތު ގާތުން ބަލަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކްލަބުގެ މެޑިކަލް ޓީމުގެ ބައެއް މެންބަރުން ގަބޫލުކުރާ ގޮތުގައި ވަގުތުން އޮޕަރޭޝަން ހެދުމަކީ އެންމެ ރަނގަޅު ގޮތެވެ. މިގޮތަށް ހަދައިފިނަމަ 6-8 ހަފުތާގެ ތެރޭގައި އޭނާއަށް ރަނގަޅުވެ، މުހިންމު މުބާރާތްތަކަށް ތައްޔާރުވެވޭނެއެވެ. ނަމަވެސް އަނެއްބައި މީހުން ގަބޫލުކުރާ ގޮތުގައި ކުރީގެ ތަޖުރިބާތަކަށް ބަލާއިރު އޮޕަރޭޝަނާމެދު ފަރުވާތެރިވާންޖެހެއެވެ. އެހެންކަމުން މިވަގުތު އޮޕަރޭޝަނެއް ކުރުމަކީ ކުލަބުގެ މިޑްފީލްޑަރުން މަދުވެފައިވާ ޙާލަތެއްގައި އެންމެ އެދެވޭ ކަމެއް ނޫނެވެ. ބާސެލޯނާގެ މިޑްފީލްޑަރ ޑިޔޮންގ އަށްވެސް އެންމެ ފަހުން ނިމިދިޔަ އިންޓަރނޭޝަނަލް ބްރޭކްގައި ވަނީ އަނިޔާވެފައެވެ.

ގަވީގެ ކަކުލުގެ މައްސަލައާ ގުޅިގެން ސްޕެއިންގެ ގައުމީ ޓީމުގެ ބަލްގޭރިއާ އަދި ތުރުކީއާ ދެކޮޅަށް ކުޅެން ހަމަޖެހިފައިވާ މެޗުތަކުން އޭނާ ވަނީ ވަކިކޮށްފައެވެ. ކުރިން މި މައްސަލައަކީ ކުޑަ މައްސަލައެއްގެ ގޮތުގައި ކްލަބުން ދެކުނު ނަމަވެސް، މިހާރު މިއީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި، އާތްރޮސްކޮޕީ ހެދުމަކީ އެކަށީގެންވާ ކަމެއްގެ ގޮތުގައި ދެކެމުންދެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގަވީގެ ފަރުވާއާ ގުޅޭގޮތުން ބާސެލޯނާ ދެބައިވެއްޖެކުޅިވަރު | 6 ގަޑިއިރު ކުރިންބާސެލޯނާ މި ހަފްތާބަންދުގައި ކުޅޭނީ އެންމެ 6000 ސަޕޯޓަރުން ކުރިމަތީގައިކުޅިވަރު | 4 ދުވަސް ކުރިންޔުނައިޓެޑުން ގެނައި ކުނިކޮތަޅު މަހެއް ނުވަނީސް ބާސެލޯނާއިން ބޭރުކުރަނީ؟ކުޅިވަރު | 6 ދުވަސް ކުރިންވީއޭއާރު ނުލައި ޕެނަލްޓީގެ އެހީގައި ބާސާ މޮޅުވަނިކޮށް ޕެރޭޒް އެކަން ހުއްޓުވައިފިކުޅިވަރު | 12 ދުވަސް ކުރިން