logo
Bank of Maldives

Bank of Maldives

ޚަބަރު

ބްރެޒިލްއާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އަޅާނެކަމުގެ އިންޒާރު ޓްރަމްޕް ދެއްވައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
7 ސެޕްޓެމްބަރު 2025 - 16:34
ބްރެޒިލްއާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އަޅާނެކަމުގެ އިންޒާރު ޓްރަމްޕް ދެއްވައިފި

ވޮޝިންގްޓަން، އެމެރިކާ: އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ބްރެޒިލްއާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އަޅާނެކަމުގެ އިންޒާރު ދެއްވައިފިއެވެ.

ޓްރަމްޕް މި އިންޒާރު ދެއްވީ ހުކުރު ދުވަހު (5 އެޕްރީލް) ވައިޓް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޓްރަމްޕް ވިދާޅުވީ ބްރެޒިލްގެ މިހާރުގެ ސަރުކާރަކީ ހައްދުފަހަނައަޅާފައިވާ ވާތުފިޔައިގެ ސަރުކާރެއް ކަމަށެވެ. ބްރެޒިލްގެ އިސް ވެރިންނަށް އދ. ގެ އާންމު މަޖިލީހުގެ ޖަލްސާއަށް ނިއުޔޯކަށް ދިއުމަށް ވިސާ ނުދިނުމަށް ވިސްނާ ކަމަށް ވެސް އޭނާ ވިދާޅުވެފަވެއެވެ.

"އަޅުގަނޑުމެން ބްރެޒިލް ދެކެ ވަރަށް ރުޅިއައިސްފައި މިތިބީ. އަޅުގަނޑުމެން ވާނީ އެމީހުން ކުރަމުންދާ ނޭދެވޭ ކަންތައްތަކާ ގުޅިގެން ބޮޑެތި ޓެރިފްތަކެއް ކަނޑައަޅާފައި،" ޓްރަމްޕް ވިދާޅުވިއެވެ.

މި ބަހުގެ މާނައަކީ އޯގަސްޓް މަހު އެމެރިކާއިން ބްރެޒިލްގެ އުފެއްދުންތަކަށް 50 އިންސައްތައަށް ވުރެ ބޮޑު ޓެރިފްތަކެއް ކަނޑައެޅި ކަމެވެ. ޓްރަމްޕްގެ ބުނުމުގައި މިއީ ބްރެޒިލްގެ ރައީސް ލުއިޒް އިނާސިއޯ ލޫލާ ދަ ސިލްވާގެ ވެރިކަމުގައި ބްރެޒިލް އައިޑިއޮލޮޖީގެ ގޮތުން ދާ ދިމާލަށް ޖަވާބުދާރީ ކުރުވުމަށް އެޅި ފިޔަވަޅެކެވެ.

ޓްރަމްޕްގެ މި ކޯފާ އިތުރުވެފައިވަނީ ހަމައެކަނި ބްރެޒިލްގެ އެތެރޭގެ ސިޔާސަތުތަކާ ހެދި ނޫނެވެ. އޭގެ ތެރޭގައި ކުރީގެ ރައީސް ޖައިރު ބޮލްސޮނާރޯއާ މެދު އަޅާ ފިޔަވަޅުތައްވެސް ހިމެނެއެވެ. އަދި ހަމައެހެންމެ ބްރެޒިލްގެ ޚާރިޖީ ސިޔާސަތު ވޮޝިންގްޓަންގެ އިސްކަންދޭ ކަންކަމާ ތަފާތުވަމުން ދިއުމާވެސް ގުޅިފައިވެއެވެ.

މި ޚިލާފުގެ މައިގަނޑު ސަބަބަކީ ބްރެޒިލްއިން ފަލަސްތީނަށް ދެމުންދާ ހާމަކަން ބޮޑު ޑިޕްލޮމެޓިކް އެހީތެރިކަމެވެ. ރައީސް ލޫލާގެ ވެރިކަމުގައި ބްރެޒިލްއިން ވަނީ ގާޒާގައި އިސްރާއީލުން ހިންގާ ހަނގުރާމަވެރި ޢަމަލުތައް ތަކުރާރުކޮށް ކުށްވެރިކޮށް، ހަނގުރާމަ ހުއްޓާލުމަށް ގޮވާލައި، އަދި ބައިނަލްއަޤްވާމީ މައިދާނުގައި ފަލަސްތީނުގެ ދައުލަތެއް ޤާއިމުކުރުމަށް ވަކާލާތުކޮށްފައެވެ. މި ސިޔާސަތަކީ ޓްރަމްޕާއި އެއްހަމައެއްގައި ހުރި އެމެރިކާގެ ލީޑަރުންނާއި ބްރެޒިލްއާ ދެމެދު އުފެދިފައިވާ މައިގަނޑު ޚިލާފެކެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފަލަސްތީނާއި ސީރިއާ ރައްޔިތުން އެމެރިކާއަށް ވަނުން މަނާކޮށްފި ދުނިޔެ | 4 ދުވަސް ކުރިން30 ގައުމަކުން އެމެރިކާއަށް ދަތުރުކުރުން މަނާ ކުރަނީ ދުނިޔެ | 14 ދުވަސް ކުރިންޓްރަމްޕް ނޯބެލް ސުލްޙައިގެ އިނާމުގެ އިންތިޒާރުގައި، މަދަދުދެނީ ނަތަންޔާހޫދުނިޔެ | 2 މަސް ކުރިން ބޯޓެއްގައި އައި މީހަކު އެމެރިކާގެ ރެސްޓޯރަންޓަކަށް ހަމަލާދީ 3 މީހުން މަރާލާ ގިނަ ބަޔަކު ޒަޚަމްކޮށްލައިފިދުނިޔެ | 3 މަސް ކުރިން