logo
Bank of Maldives

Bank of Maldives

ދުނިޔެ

ބޯޓެއްގައި އައި މީހަކު އެމެރިކާގެ ރެސްޓޯރަންޓަކަށް ހަމަލާދީ 3 މީހުން މަރާލާ ގިނަ ބަޔަކު ޒަޚަމްކޮށްލައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
29 ސެޕްޓެމްބަރު 2025 - 04:27
 ބޯޓެއްގައި އައި މީހަކު   އެމެރިކާގެ ރެސްޓޯރަންޓަކަށް  ހަމަލާދީ 3 މީހުން މަރާލާ ގިނަ ބަޔަކު ޒަޚަމްކޮށްލައިފި

ސައުތުޕޯޓް، ނޯތު ކެރޮލައިނާ 29 ސެޕްޓެމްބަރު 2025– ބޯޓެއްގައި އައި މީހަކު އެމެރިކާގެ ނޯތު ކެރޮލައިނާގައި ހުންނަ މަޝްހޫރު ރެސްޓޯރަންޓަކަށް ހޮނިހިރު ދުވަހުގެ ރޭ ބަޑި ޖަހައި، މަދުވެގެން ތިން މީހުން މަރުވެ، ގިނަ އަދަދެއްގެ ބަޔަކަށް އަނިޔާވެފައިވާ ކަމަށް އެ ސިޓީގެ ފުލުހުން ކަށަވަރުކޮށްދީފައިވާކަމަށް ރިޕޯޓްތައް ބުނެފިއެވެ.

މި ބިރުވެރި ހާދިސާ ހިނގުމަށްފަހު ބަޑިޖެހި ފަރާތް ވަނީ ފިލައިގެން ގޮސްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ހާދިސާ ހިނގާފައިވަނީ ހޮނިހިރު ދުވަހުގެ ރޭ 9:30 ހާއިރު (އެމެރިކާގެ ލޯކަލް ޓައިމް) އެމެރިކަން ފިޝް ކޮމްޕެނީގައެވެ. މި ރެސްޓޯރަންޓް ހުންނަނީ ސައުތްޕޯޓް ޔޮޓް ބޭސިން ސަރަހައްދުގައި ހުންނަ 150 ޔޮޓް ބޭސިން ޑްރައިވްގައެވެ. މިއީ ވިލްމިންގްޓަނުން ދެކުނަށް ގާތްގަނޑަކަށް 20 މޭލު ދުރުގައި އޮންނަ ސަރަހައްދެކެވެ.

ފުލުހުން ބުނާ ގޮތުގައި މި ހަމަލާގައި މަދުވެގެން ހަތް މީހުންނަށް ގަޔަށް ވަނީ ބަޑި ޖަހާފައެވެ. އޭގެ ތެރެއިން ތިން މީހުން ވަނީ ހާދިސާ ހިނގި ތަނުގައި މަރުވެފައެވެ. އަނިޔާވި އެހެން މީހުން ވަނީ ވަގުތުން ހޮސްޕިޓަލްތަކަށް ގެންގޮސްފައެވެ.

ސިޓީ މެނޭޖަރ ނޯއާ ސަލްޑޯ ވިދާޅުވެފައިވަނީ، ރެސްޓޯރަންޓާ ކައިރިއަށް ބޯޓެއްގައި އައިސް، އެތާ ތިބި ބަޔަކަށް ބަޑިޖަހަން ފެށުމަށްފަހު އެކަން ކުރި މީހާ އަވަހަށް ފިލައިގެން ދިޔަ ކަމަށެވެ.

"އެތައް ބަޔަކު ވަނީ ހޮސްޕިޓަލަށް ގެންދެވިފައި،" އޭނާ ވިދާޅުވިއެވެ. އަދި އިމަޖެންސީ ޚިދުމަތްތަކުން މަސައްކަތް ކުރަމުންދާތީ، މި އަދަދުތަކަށް ބަދަލު އަތުވެދާނެ ކަމަށްވެސް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

ސިޓީ އިދާރާއިން ވަނީ ރައްޔިތުންނަށް އެ ސަރަހައްދާ ދުރަށް ދިއުމަށާއި، ގޭގައި މަޑުކުރުމަށާއި، ޝައްކުވާ ކަމެއް ފެނިއްޖެނަމަ ވަގުތުން 911 އަށް އެންގުމަށް އިލްތިމާސްކޮށްފައެވެ. އާންމުކޮށްފައިވާ ބަޔާނެއްގައި ބުނެފައިވަނީ އަނިޔާވި މީހުން ތިބިކަން ކަށަވަރުވެފައިވީ ނަމަވެސް، ސީދާ އަދަދު އަދި ކަށަވަރު ނުވާ ކަމަށެވެ.

"އެ ސަރަހައްދާ ދުރަށް ގޮސް، ގޭގައި މަޑުކުރައްވާ. ޝައްކުވާ އެއްވެސް ކަމެއް ފެނިއްޖެނަމަ ވަގުތުން 911 އަށް އަންގަވާ،" މި ބަޔާނުގައި ބުނެފައިވެއެވެ.

ބްރަންސްވިކް ކައުންޓީ ޝެރިފް އޮފީހުން ވަނީ ސައުތްޕޯޓް ފުލުސް އޮފީހަށް މި ހާދިސާ ބެލުމުގައި އެހީތެރިވަމުންދާ ކަމަށް ކަށަވަރުކޮށްދީފައެވެ. ހަމަލާދިން މީހުން ހޯދުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށް ފުލުހުން ބުނެއެވެ. މި ހަމަލާދިން ސަބަބެއް އަދި ހާމަކުރެވިފައެއް ނުވެއެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޓްރަމްޕް ނޯބެލް ސުލްޙައިގެ އިނާމުގެ އިންތިޒާރުގައި، މަދަދުދެނީ ނަތަންޔާހޫދުނިޔެ | 3 ދުވަސް ކުރިން ބޯޓެއްގައި އައި މީހަކު އެމެރިކާގެ ރެސްޓޯރަންޓަކަށް ހަމަލާދީ 3 މީހުން މަރާލާ ގިނަ ބަޔަކު ޒަޚަމްކޮށްލައިފިދުނިޔެ | 14 ދުވަސް ކުރިންތުރުކީ-އެމެރިކާ ނިއުކްލިއަރ އެއްބަސްވުމެއްގައި ސޮއިކޮށްފިދުނިޔެ | 17 ދުވަސް ކުރިންޓްރަމްޕާއި އިސްރާއީލުގެ ދިފާއުގެ އަޑުއުފުލާ ޗާލީ ކަރކް މަރާލައިފިދުނިޔެ | މަހެއް ކުރިން