logo
Bank of Maldives

Bank of Maldives

ދުނިޔެ

ކުވޭތަށް އޮޅިގެން އެމެރިކާގެ ޖެޓުތަކަކަށް ހަމަލާ ދެވިއްޖެ

މުޙައްމަދު އަފްރާޙް
2 މާރިޗު 2026 - 11:52
ކުވޭތަށް އޮޅިގެން އެމެރިކާގެ ޖެޓުތަކަކަށް ހަމަލާ ދެވިއްޖެ

ކުވޭތަށް އޮޅިގެން އެމެރިކާގެ ޖެޓުތަކަކަށް ހަމަލާ ދެވިއްޖެކަަމަށް ރިޕޯޓުތައް ބުނެފިއެވެ.

މީސްމީޑިއާގައި ދައުރުވަމުންދާ ވީޑިއޯ އަދި ފޮޓޯތަކުން ފެންނަގޮތުގައި ޖެޓްގެ ދެ ޕައިލެޓް ވަނީ އެ ވެއްޓުމުގެ ކުރިން، އިޖެކްޓުކޮށް، ސަލާމަތްވެފައެވެ. އަދި ޖެޓް ވެއްޓުމާ އެކު އެ ސަރަހައްދަށް އިމަޖެންސީ ޓީމުތައް ގޮސް މުޅި ސަރަހައްދު ބަލާ، ޕައިލެޓަށް އެހީވާން ފަށާފައިވާ ކަމަށް ކުވައިތުގެ އިދާރާތަކާ ހަވާލާދީ ޚަބަރުތައް ބުނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ބޭރުގެ ޚަބަރުތައް ބުނާގޮތުން ވެއްޓުނު އެފް-15 ސްޓްރައިކް އީގަލް އަކީ ވައިގެ ސުޕީރިއަރިޓީ އާއި ސްޓްރައިކް މިޝަންތަކަށް ބޭނުންކުރާ ޒަމާނީ ފައިޓަރ ޖެޓެކެވެ.

މިކަމާގުޅިގެން އެމެރިކާ އިން ބުނެފައިވަނީ އެމެރިކާ ސިފައިންގެ އެފް-15 ގެ ތިން ޖެޓު ވެއްޓުނީ ކުވައިތުގެ އެއަރ ޑިފެންސަށް އޮޅިގެން ދެވުނު ހަމަލާއެއްގައި ކަމަށް ބުނެފައެވެ. އަދި ޖެޓްތަކުގައި ތިބި 6 ކްރޫ ސަލާމަތްވެފައިވާ ކަމަށް ވެސް ބުނެއެވެ،

އެމެރިކާ އިން ބުނީ އެމީހުންގެ ހާލު ރަނގަޅުކަމަށާއި މިހާދިސާ ހިނގިކަން ކުވައިތުން އަންގާފައިވާކަމަށާއި މިއޮޕަރޭޝަން ކުރިޔަށްގެންދިޔުމުގައި ކުވައިތުން ދިން އެއްބާރުލުން އެމެރިކާގެ އަސްކަރިއްޔާއިން ވަނީ ފާހަގަކޮށްފައެވެ.

މިކަން ހިނގާދިޔަ ގޮތް ތަހުގީގުކުރަމުންދާކަމަށްވެސް އެމެރިކާއިން ބުނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހުރިހާ އުޅަނދަކަށް ދަތުރުކުރެވެންދެން ހޯރްމޫޒް ކަނޑުއޮޅި ބަންދުކުރާނެކަމުގެ އިންޒާރުދުނިޔެ | 4 ދުވަސް ކުރިންޓްރަމްޕް އަވަހާރަކޮށްލައި، ދަރިކަލުން ބެރަންގެ ބޯ ބުރިކޮށްލާނެ ކަމުގެ އިންޒާރު ދިން މީހަކަށް ދައުވާކޮށްފިދުނިޔެ | 6 ދުވަސް ކުރިންއެމެރިކާ އާއި އިޒްރޭލަށް "އެންމެ ބޮޑު ފިއްތުންތައް" ކުރިމަތިކުރުމަށް ޔޫރަޕްގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން ގޮވާލައިފިދުނިޔެ | 7 ދުވަސް ކުރިންއެމެރިކާގެ މިނިވަން ނޫސްވެރިޔާ ކިޓްލްސަން އިރާގުގައި ކިޑްނެޕްކޮށްފިދުނިޔެ | 16 ދުވަސް ކުރިން