logo
Bank of Maldives

Bank of Maldives

ދުނިޔެ

ފަލަސްތީނާއި ސީރިއާ ރައްޔިތުން އެމެރިކާއަށް ވަނުން މަނާކޮށްފި

އާމިނަތު ޝަފާ
17 ޑިސެމްބަރު 2025 - 11:59
ފަލަސްތީނާއި ސީރިއާ ރައްޔިތުން އެމެރިކާއަށް ވަނުން މަނާކޮށްފި

ފަލަސްތީނާއި ސީރިޔާ ހިމެނޭހެން 39 ގައުމަކުން އެމެރިކާއަށް ވަނުން މަނާކޮށްފިއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ސޮއިކުރި ރިޔާސީ ގަރާރެއްގެ ދަށުން ފަލަސްޠީނާއި ސޫރިޔާގެ ރައްޔިތުންނަށް އެމެރިކާއަށް ވަނުން ވަނީ މަނާވެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެގޮތުން ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި ވެރިކަން ކުރާ ޕަލަސްޓީނިޔަން އޮތޯރިޓީ (ޕީއޭ)ގެ އިތުރުން ސޫރިޔާގެ ސަރުކާރުން ދޫކޮށްފައިވާ ޕާސްޕޯޓު އޮތް މީހުން އެމެރިކާއަށް އެތެރެވުން އަންނަ ޖަނަވަރީމަހުގެ ފުރަތަމަ ދުވަހުން ފެށިގެން މަނާވާނެއެވެ.
ލިސްޓުގައި ދެން ހިމެނޭ ގައުމުތަކަކީ އެފްރިކާގެ ބުރުކީނާ ފާސޯ، މާލީ، ނިގަރު އަދި ދެކުނު ސޫދާނުގެ ރައްޔިތުންނެވެ.

މިފިޔަވަޅު އަޅާފައިވަނީ އަފްޣާނިސްތާނުގެ މީހެއް ކަމަށް ބުނާ މީހަކު އެމެރިކާގެ ދެ ނޭޝަނަލް ގާޑު މެމްބަރުންނަށް ބަޑިޖެހި ހާދިސާއާގުޅިގެންކަމަށް ގާޑިއަން ނޫހުން ރިޕޯޓުކުރެއެވެ.

މީގެ އިތުރުންވެސް އަފްޣާނިސްތާން، މިޔަންމާ، ޗާޑް، ކޮންގޯ ރިޕަބްލިކް، އިކުއެޓޯރިއަލް ގިނީ، އިރިޓްރިއާ، ހެއިޓީ، އީރާން، ލީބިޔާ، ސޯމާލިއާ، ސޫދާން އަދި ޔަމަންގެ ރައްޔިތުންނަށް 2025 ވަނަ އަހަރުގެ ޖޫން މަހު ވަނީ އެމެރިކާއަށް ދަތުރުކުރުން މަނާކޮށްފައެވެ.

އެމެރިކާގެ އިމިގްރޭޝަނުގެ ގަވާއިދުތައް ހަރުކަށިކުރާއިރު މި ފިޔަވަޅުތަކުގެ ސަބަބުން އެމެރިކާއަށް ދާ ފަތުރުވެރިން، ކިޔަވާ ދަރިވަރުން، އަދި ވިޔަފާރީގެ ބޭނުމަށް ދަތުރުކުރާ މީހުން ފަދަ ނޮން-އިމިގްރެންޓުންނަށް ވެސް ވަރަށް ބޮޑަށް އަސަރުކުރާނެއެވެ.

މިހާރު ފިޔަވަޅު އަޅާފައިވާ 19 ގައުމުން އެމެރިކާއަށް އެތެރެވެފައިވާ މީހުންނަށް އިމިގްރޭޝަންގެ ޚިދުމަތްތައް ދިނުން ވެސް ވަގުތީ ގޮތުން މިހާރުވަނީ ހުއްޓާލާފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފަލަސްތީނާއި ސީރިއާ ރައްޔިތުން އެމެރިކާއަށް ވަނުން މަނާކޮށްފި ދުނިޔެ | 2 ގަޑިއިރު ކުރިން30 ގައުމަކުން އެމެރިކާއަށް ދަތުރުކުރުން މަނާ ކުރަނީ ދުނިޔެ | 9 ދުވަސް ކުރިންޓްރަމްޕް ނޯބެލް ސުލްޙައިގެ އިނާމުގެ އިންތިޒާރުގައި، މަދަދުދެނީ ނަތަންޔާހޫދުނިޔެ | 2 މަސް ކުރިން ބޯޓެއްގައި އައި މީހަކު އެމެރިކާގެ ރެސްޓޯރަންޓަކަށް ހަމަލާދީ 3 މީހުން މަރާލާ ގިނަ ބަޔަކު ޒަޚަމްކޮށްލައިފިދުނިޔެ | 3 މަސް ކުރިން