logo
Bank of Maldives

Bank of Maldives

ދުނިޔެ

އެމެރިކާއިން ކެނެޑާއަށް އަރައިގަނެފި ހާލަތެއްގައި، ކެނެޑާއިން ގެރިއްލާ ހަނގުރާމައަކަށް ތައްޔާރުވަނީ

މުހައްމަދު މޫސާމުހައްމަދު މޫސާ
21 ޖެނުއަރީ 2026 - 18:02
އެމެރިކާއިން ކެނެޑާއަށް އަރައިގަނެފި ހާލަތެއްގައި، ކެނެޑާއިން ގެރިއްލާ ހަނގުރާމައަކަށް ތައްޔާރުވަނީ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ކެނެޑާއަކީ އެމެރިކާގެ 51 ވަނަ ސްޓޭޓަށް ވާންޖެހޭނެ ކަމަށް ވިދާޅުވުމާ ގުޅިގެން، އެމެރިކާއިން ކެނެޑާއަށް އަރައިގަނެފާނެ ހާލަތެއްގައި އަމަލުކުރާނެ ގޮތުގެ މޮޑެލްތަކެއް އެ ގައުމުން ތައްޔާރުކޮށްފިއެވެ.

މި ރޭވުންތައް ބިނާކޮށްފައިވަނީ އެމެރިކާ ފަދަ ބާރުގަދަ އަސްކަރިއްޔާއަކާ ކުރިމަތިލުމުގައި އާދަޔާ ހިލާފު ހަނގުރާމައިގެ އުކުޅުތައް ބޭނުންކުރުމުގެ މައްޗަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މޮޑެލް ބިނާވެފައިވަނީ މަދު ދުވަސްކޮޅެއްގެ ތެރޭގައި އެމެރިކާއިން މުޅި ކެނެޑާގެ މައްޗަށް އަތްގަދަކުރާނެ ކަމަށް ބަލައިގެންނެވެ. އެހެންކަމުން، ދިފާއީ އެއްވެސް ރޭވުމެއް ބިނާވާނީ ސަބޮޓާޖް ކުރުމާއި، ކުއްލި ހަމަލާތައް ދިނުމާއި، އަދި ފިލައިތިބެ ދޭ ހަމަލާތައް ހިމެނޭ ގޮތަށް ކުރިއަށްގެންދާ ގެރިއްލާ ކެމްޕޭނެއްގެ މައްޗަށެވެ. ގްލޯބް އެންޑް މެއިލްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ކެނެޑާގެ ސަލާމަތީ ބާރުތަކުން ދަނީ "އަފްޣާން މުޖާހިދުން ބޭނުންކުރި ފަދަ ބަގާވާތުގެ އުކުޅުތައް" ބޭނުންކުރުމާ މެދު ވިސްނަމުންނެވެ.

އެމެރިކާގެ އާދައިގެ އަސްކަރީ ހަމަލާއަކުން ދިފާއުވުމަށް ބޭނުންވާ ފަދަ އެކަށީގެންވާ އަދަދެއްގެ ސިފައިންނާއި ޒަމާނީ ވަސީލަތްތައް ކެނެޑާގައި ނެތްކަން ފާހަގަކުރަމުން އެ ގައުމުގެ އަސްކަރިއްޔާއިން ރާވަނީ އާދަޔާ ހިލާފު ހަނގުރާމައެއް ކުރުމަށެވެ. މިކަމާ ގުޅޭގޮތުން މަސްދަރުތަކުން ބުނެފައިވަނީ، މީގައި ކުދިކުދި ގްރޫޕްތަކުގެ ނުރަސްމީ ސިފައިން ނުވަތަ ހަތިޔާރު އެޅި އާންމުން ބޭނުންކޮށްގެން ފިލައިތިބެ ހަމަލާދިނުމާއި، ތަންތަނަށް ގެއްލުންދިނުމާއި، ޑްރޯން ބޭނުންކުރުން ނުވަތަ ކުއްލި ހަމަލާދިނުމުގެ އުކުޅުތައް ބޭނުންކުރާނެ ކަމަށެވެ.

މިފަދަ ރޭވުންތަކެއް ތައްޔާރުކުރި ނަމަވެސް، އޮފިޝަލުންނާއި މާހިރުން ފާހަގަކުރައްވާ ގޮތުގައި އެމެރިކާއިން މިފަދަ އޮޕަރޭޝަނެއް ހިންގުމަކީ ވަރަށް ދުރު ކަމެކެވެ. އަދި މި ސިނާރިއޯތަކަކީ ހަމައެކަނި ހިޔާލީ ގޮތުން ތައްޔާރުކޮށްފައިވާ ކަންކަމެވެ. މީގެ ކުރިން ޓްރަމްޕް ވަނީ 'ޓްރުތް ސޯޝަލް' ގައި ކެނެޑާ އާއި ގްރީންލޭންޑް ފަދަ ގައުމުތަކުގައި އެމެރިކާގެ ދިދަ ޖަހާފައިވާ ފޮޓޯތަކެއް އާންމުކުރައްވާފައެވެ.

މި ދަނޑިވަޅުގައި ކެނެޑާގެ ބޮޑުވަޒީރު މާކް ކާނީ ވިދާޅުވީ، ގްރީންލޭންޑް އެމެރިކާގެ ބައެއްގެ ގޮތުގައި ހެދުމަށް އެމެރިކާގެ ކަމާބެހޭ ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކާ ގުޅިގެން، އެ ރަށުގެ އަމިއްލަ އިހްތިޔާރުގައި ގޮތް ނިންމުމުގެ ހައްގު ކެނެޑާއިން ދިފާއުކުރާނެ ކަމަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އީރާނަށް ދޭން އުޅުނު ހަމަލާ ޓްރަމްޕް ހުއްޓައިލީ ގަލްފް ގައުމުތަކުގެ ފިއްތުންތަކާ ހުރެ: ރިޕޯޓުދުނިޔެ | 7 ދުވަސް ކުރިންހޮރްމުޒް ކަނޑުއޮޅީގެ ހަމަޖެހުން ގާއިމުކުރުމަށް ސަރަހައްދީ އެއްބާރުލުމަށް އީރާނުން ގޮވާލައިފިދުނިޔެ | 12 ދުވަސް ކުރިންޖަޕާނުގެ ދެކުނަށް 7.1 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމަކާއެކު، ސުނާމީގެ އިންޒާރު ނެރެފިދުނިޔެ | 12 ދުވަސް ކުރިންއީރާނުގެ އާގުބޯޓަށް ޔޫކްރެއިނުން ދިން ހަމަލާއަކީ ޓްރަމްޕަށް ދިން މެސެޖެއްދުނިޔެ | 13 ދުވަސް ކުރިން