logo
Bank of Maldives

Bank of Maldives

ދުނިޔެ

އެމެރިކާއިން ގްރީންލޭންޑް ހޯދަން ޓްރަމްޕް ގެންގުޅުއްވާ ވިސްނުމަށް އެންމެ އަރިސް ބޭފުޅުން ދެކޮޅު

އިސްމާޢިލް ރާތިޢު
22 ޖެނުއަރީ 2026 - 11:15
އެމެރިކާގެ ރައީސް ޓްރަމްޕް
އެމެރިކާގެ ރައީސް ޓްރަމްޕް

ޑެންމާކުގެ ބައެއްގެ ގޮތުގައި އޮތް ގްރީންލޭންޑް ހޯދަން އެމެރިކާއިން އަސްކަރީ ބާރުގެ ބޭނުންނުކުރަން ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމެވީ، އެންމެ އަރިސް ބޭފުޅުން އެކަމާ ދެކޮޅުހައްދަވާ ކުރެއްވި ވަކާލާތުގެ ސަބަބުންކަން ހާމަވެއްޖެއެވެ.

ޑާވޮސްގައި ކުރިއަށްދިޔަ ވޯލްޑް އެކޮނިިކް ފޯރަމްގައި ވާހަކަދައްކަވަމުން ޓްރަމްޕް ވަނީ ގްރީންލޭންޑް، އެމެރިކާގެ އިސްތިޢުމާރުގެ ދަށަށް ގެނައުމަށް އަސްކަރީ ބާރުގެ ބޭނުން ނުކުރާނެކަން ހާމަކުރައްވާފައެވެ. އަދި ގްރީންލޭންޑް ގަންނަން އެމެރިކާއިން ކުރާ މަސައްކަތަށް ހުރަސްއެޅުން ހުއްޓުވަން، ވިލާތުގެ އިއްތިހާދުގެ އަށް ޤައުމަކަށް ޑިއުޓީ ބޮޑުކުރަން ނިންމި ނިންމުން ވެސް އަނބުރާ ގެންނަވާފައިވާ ކަމަށް ޓްރަމްޕް ފަހުން ވަނީ މީސްމީޑިއާ މެދުވެރިކޮށް އިޢުލާނުކުރައްވާފައެވެ.

އެމެރިކާގެ ވައިޓް ހައުސްގެ ދެ އޮފިޝަލަކާ ޙަވާލާދީ، ރޮއިޓަރސް ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި ގްރީންލޭންޑް ހޯދުމަށް އެމެރިކާގެ ސަރުކާރުގެ ތެރޭގައި ކުރެވުނު މަޝްވަރާތަކުގައި ޓްރަމްޕްގެ އެންމެ އަރިސް ބޭފުޅުން ވަނީ އެކަން ޙާޞިލްކުރުމަށް ބާރުގެ ބޭނުންކުރުމާ ދެކޮޅު ހައްދަވައިފައެވެ. ގަދަބާރުން ގްރީންލޭންޑް ހޯދުމުގެ ވިސްނުންފުޅު ޓްރަމްޕް ދޫކޮށްލެއްވީ، އެ ބޭފުޅުން ދެކޮޅު ހެއްދެވުމުން ކަމަށް ނަން ހާމަކުރަން ނޭދޭ އޮފިޝަލުންނާ ޙަވާލާދީ ރޮއިޓަރސް ނޫހުގައި ބުނެފައިވެއެވެ.

މިދިޔަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި އެމެރިކާގެ ރައީސްގެ މަޤާމާ ދެވަނަ ދައުރަކަށް ޙަވާލުވެވަޑައިގެންނެވި ޓްރަމްޕް ދަނީ ޑެންމާކުގެ ބައެއްގެ ގޮތުގައި އޮންނަ ގްރީންލޭންޑް އިސްތިއުމާރު ކުރައްވަން ބޭނުންވާ ކަމަށް ތަކުރާރުކޮށް ވިދާޅުވަމުންނެވެ. އެ އުންމީދު ޙާޞިލްކުރުމާ ގުޅޭގޮތުން މި އަހަރުގެ ޖަނަވަރީ މަހުގެ 9 ވަނަ ދުވަހު ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ އިސްތިރާޖީ ގޮތުން މުހިންމު ސަރަޙައްދެއްގައި އޮންނަ ގްރީންލޭންޑުން ބޭނުން ވިޔަސް ނުވިޔަސް އެމެރިކާއިން ގްރީންލޭންޑު އިސްތިއުމާރުކުރުމަށް ކޮންމެވެސް ސިފައެއްގައި މަސައްކަތްކުރާނެ ކަމަށެވެ. ގްރީންލޭންޑް، ޗައިނާ ނުވަތަ ރަޝިޔާގެ ބާރުގެ ދަށަށް ދިއުމަށް އޭނާ އެދިވަޑައިނުގަންނަވާކަން ފާހަގަ ކުރައްވަމުން ޓްރަމްޕް ވިދާޅުވީ އެމެރިކާއިން ގްރީންލޭންޑް އިސްތިއުމާރު ނުކުރާނަމަ، އެމެރިކާގެ އަވަށްޓެރިންގެ ގޮތުގައި އޮންނާނީ ޗައިނާ ނުވަތަ ރަޝިޔާ ކަމަށެވެ.

ޓްރަމްޕް ވިދާޅުވީ، ގްރީންލޭންޑާ ގުޅޭގޮތުން އެއްބަސްވުމެއް އެކުލަވާލުމުގެ އޮނިގަނޑާ ގުޅޭގޮތުން، ހުޅަނގުގެ ދިފާޢީ އިއްތިހާދު؛ ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް މާކް ރޫޓް އާއެކު ޑާވޮސްގައި މަޝްވަރާ ކުރެއްވި ކަމަށެވެ. ނަމަވެސް، އެކަމުގެ އިތުރު ތަފްޞީލެއް ޓްރަމްޕް ދެއްވާފައެއް ނުވެއެވެ.

ގްރީންލޭންޑު އިސްތިޢުމާރުކޮށްފިނަމަ، އެމެރިކާ އިސްވެ އޮތް ނޭޓޯ ރޫޅޭނަކަމަށް އެ އިއްތިޙާދުގެ ގިނަ މެމްބަރު ޤައުމުތަކުން ދަނީ ބުނަމުންނެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެމެރިކާއިން ގްރީންލޭންޑް ހޯދަން ޓްރަމްޕް ގެންގުޅުއްވާ ވިސްނުމަށް އެންމެ އަރިސް ބޭފުޅުން ދެކޮޅުދުނިޔެ | 2 ގަޑިއިރު ކުރިންއެމެރިކާއިން ކެނެޑާއަށް އަރައިގަނެފި ހާލަތެއްގައި، ކެނެޑާއިން ގެރިއްލާ ހަނގުރާމައަކަށް ތައްޔާރުވަނީދުނިޔެ | 19 ގަޑިއިރު ކުރިންއެމެރިކާއިން 75 ގައުމެއްގެ އިމިގްރަންޓް ވިސާ ދޫކުރުން މެދުކަނޑާލައިފިދުނިޔެ | 7 ދުވަސް ކުރިންއެމެރިކާގެ އަމަލުތަކުން އެހެން ޤައުމުތަކަށް ދެވެނީ ނުރައްކާތެރި މެސެޖެއް: އެންތޯނިއޯދުނިޔެ | 18 ދުވަސް ކުރިން