logo
Bank of Maldives

Bank of Maldives

ދުނިޔެ

30 ގައުމަކުން އެމެރިކާއަށް ދަތުރުކުރުން މަނާ ކުރަނީ

އާމިނަތު ޝަފާ
8 ޑިސެމްބަރު 2025 - 06:02
30 ގައުމަކުން އެމެރިކާއަށް ދަތުރުކުރުން މަނާ ކުރަނީ

30 ގައުމަކުން އެމެރިކާއަށް ދަތުރުކުރުން މަނާ ކުރަން އެގައުމުން ނިންމައިފިއެވެ.

މިފިޔަވަޅު އަޅާފައިވަނީ އަފްޣާނިސްތާނުގެ މީހެއް ކަމަށް ބުނާ މީހަކު އެމެރިކާގެ ދެ ނޭޝަނަލް ގާޑު މެމްބަރުންނަށް ބަޑިޖެހި ހާދިސާއާގުޅިގެންކަމަށް ގާޑިއަން ނޫހުން ރިޕޯޓުކުރެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެމެރިކާގެ އިމިގްރޭޝަނުގެ ގަވާއިދުތައް ހަރުކަށިކުރާއިރު މި ފިޔަވަޅުތަކުގެ ސަބަބުން އެމެރިކާއަށް ދާ ފަތުރުވެރިން، ކިޔަވާ ދަރިވަރުން، އަދި ވިޔަފާރީގެ ބޭނުމަށް ދަތުރުކުރާ މީހުން ފަދަ ނޮން-އިމިގްރެންޓުންނަށް ވެސް ވަރަށް ބޮޑަށް އަސަރުކުރާނެއެވެ.

މިހާރުވެސް 19 ގައުމަކަށް އެމެރިކާއަށް އެތެރެވުމަށް ހުރަސްތައް އަޅާފައިވާއިރު އައު ލިސްޓާއެކު ގިނަ ގައުމުތަކެއް މި ލިސްޓުގެ ތެރެއަށް އިތުރުވެގެންދާނެއެވެ.

ކުރިން ފިޔަވަޅު އަޅާފައިވާ 19 ގައުމުގެ ތެރޭގައި އެފްޣާނިސްތާން، ބަރުމާ، ބުރުންޑީ، ޗާޑް، ކިއުބާ، ގިނީ، އެރިޓްރިއާ، ހެއިޓީ، އީރާން، ލާއޯސް، ލީބިއާ، ރިޕަބްލިކް އޮފް ދަ ކޮންގޯ، ސިއެރާ ލިއޯން، ސޯމާލިއާ، ސޫދާން، ޓޯގޯ، ތުރުކުމަނިސްތާން، ވެނެޒުއޭލާ އަދި ޔަމަން ހިމެނެއެވެ.

އައު ލިސްޓު ނެރޭނެ ތާރީހަކާއި އެ ލިސްތަށް އަމަލުކުރާނެ ވަގުތަކާއި އިތުރުވާނެ ގައުމުތަކެއް އަދި އެމެރިކާ ސަރުކާރުން ހާމަކޮށްފައެއްނުވެއެވެ.

މިހާރު ފިޔަވަޅު އަޅާފައިވާ 19 ގައުމުން ޔޫއެސް އަށް އައިސްފައިވާ މީހުންނަށް އިމިގްރޭޝަންގެ ޚިދުމަތްތައް ދިނުން ވެސް ވަގުތީ ގޮތުން މިހާރުވަނީ ހުއްޓާލާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކިއުބާއަށް ތެޔޮ ލިބުން ދަތިވަމުން އަންނާތީ ރަޝިއާ އިން ކަންބޮޑުވުން ފާޅުކޮށްފިދުނިޔެ | 6 ގަޑިއިރު ކުރިންއެމެރިކާއިން ގްރީންލޭންޑް ހޯދަން ޓްރަމްޕް ގެންގުޅުއްވާ ވިސްނުމަށް އެންމެ އަރިސް ބޭފުޅުން ދެކޮޅުދުނިޔެ | 18 ދުވަސް ކުރިންއެމެރިކާއިން ކެނެޑާއަށް އަރައިގަނެފި ހާލަތެއްގައި، ކެނެޑާއިން ގެރިއްލާ ހަނގުރާމައަކަށް ތައްޔާރުވަނީދުނިޔެ | 19 ދުވަސް ކުރިންއެމެރިކާއިން 75 ގައުމެއްގެ އިމިގްރަންޓް ވިސާ ދޫކުރުން މެދުކަނޑާލައިފިދުނިޔެ | މަހެއް ކުރިން