logo
ޚަބަރު

އިސްރާއީލުގެ ބައިސްކަލް ޓީމުގެ ޖާޒީތަކުން ޤައުމުގެ ނަން އުނިކޮށްފި

މުހައްމަދު މޫސާމުހައްމަދު މޫސާ
7 ސެޕްޓެމްބަރު 2025 - 16:51
އިސްރާއީލުގެ ބައިސްކަލް ޓީމުގެ ޖާޒީތަކުން ޤައުމުގެ ނަން އުނިކޮށްފި

މެޑްރިޑް، ސްޕެއިން: ސްޕެއިންގައި މިހާރު ކުރިއަށްދާ މަޝްހޫރު ލަ ވުއެލްޓާ ބައިސްކަލް މުބާރާތުގައި ބައިވެރިވާ އިސްރާއީލުގެ ބައިސްކަލް ޓީމުގެ ޖާޒީތަކުން އެ ޤައުމުގެ ނަން އުނިކޮށްފި އެވެ.

މި ފިޔަވަޅު އަޅާފައިވަނީ، މުބާރާތުގެ ތެރެއިން ފަލަސްތީނަށް ތާއީދުކޮށް އިސްރާއީލުގެ ޓީމު ބައިވެރިވުމާ ދެކޮޅަށް ހިނގަމުންދާ ބޮޑެތި މުޒާހަރާތަކާ ގުޅިގެންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ލަ ވުއެލްޓާ މުބާރާތުގައި އިސްރާއީލުގެ ޓީމު ބައިވެރިވުމާ ދެކޮޅަށް ފަލަސްތީނަށް ތާއީދުކުރާ ފަރާތްތަކުން ވަނީ ޖޯޝާއެކު މުޒާހަރާކޮށްފަ އެވެ. މި މުޒާހަރާތަކުގެ ސަބަބުން މުބާރާތުގެ ބައެއް މަރުހަލާތައް ހުއްޓުމަކަށް އައިސް، ވަރަށް ބޮޑަށް ހަލަބޮލިކަން އުފެދިފައިވެ އެވެ. އަދި ބައެއް ފަހަރު ފުލުހުން ވަނީ މުޒާހަރާކުރާ ފަރާތްތަކާ ދެކޮޅަށް ބާރުގެ ބޭނުންކޮށްފަ އެވެ.

މި ހާލަތުގައި، މުބާރާތުގައި ބައިވެރިވާ އެހެން ޓީމުތަކުގެ ސަލާމަތަށް ވިސްނައި، އިސްރާއީލުގެ ޓީމުން ވަނީ އެ ޤައުމުގެ ނަން ޖާޒީތަކުން ނައްޓާލާފައިކަމަށް ރިޕޯޓްތައް ބުނެ އެވެ.

މި މައްސަލައާ ގުޅިގެން އިސްރާއީލުގެ ޓީމުގެ ވެރިއެއް ކަމަށްވާ ސިލްވަން އެޑަމްސް ބުނެފައި ވަނީ މުޒާހަރާކުރާ ފަރާތްތަކަކީ ޓެރަރިސްޓުން ކަމަށެވެ. އަދި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ ބުނެފައި ވަނީ، އިސްރާއީލުގެ ސައިކަލް ޓީމުން ނަފްރަތާއި ބިރުދެއްކުމަށް ބޯނުލަނބައި ދެމިތިބުމަކީ އެ ޤައުމަށް ފަޚުރުވެރިވެވޭ ކަމެއް ކަމަށެވެ.

ނަމަވެސް، ސްޕެއިންގެ ބޭރުގެ ކަންކަމާ ބެހޭ ވަޒީރު ވަނީ މި މައްސަލާގައި މުޅިން ތަފާތު ގޮތަކަށް ވާހަކަ ދައްކަވާފަ އެވެ. އޭނާ ވިދާޅުވެފައިވަނީ އިސްރާއީލުގެ ޓީމު މި މުބާރާތުން ވަކިކުރަން ޖެހޭނެ ކަމަށާއި، މި މުޒާހަރާތަކަށް ފުރިހަމަ ތާއީދު ލިބިގެންވާ ކަމަށެވެ.

ލަ ވުއެލްޓާ މުބާރާތް ނިމުމަކަށް އަންނާނީ ސެޕްޓެމްބަރު މަހުގެ 14 ވަނަ ދުވަހު މެޑްރިޑްގަ އެވެ. މެޑްރިޑްގައިވެސް ފަލަސްތީނަށް ތާއީދުކޮށް ބޮޑެތި މުޒާހަރާތަކެއް ކުރިއަށް ގެންދިއުމަށް މިހާރުވެސް ވަނީ ރޭވިފަ އެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިސްރާއީލުން ޣައްޒާގެ 70 މީހުން ޝަހީދުކޮށްލައިފިދުނިޔެ | 2 ދުވަސް ކުރިންޓްރަމްޕާއި އިސްރާއީލުގެ ދިފާއުގެ އަޑުއުފުލާ ޗާލީ ކަރކް މަރާލައިފިދުނިޔެ | 3 ދުވަސް ކުރިންއިސްރާއީލުގެ ބައިސްކަލް ޓީމުގެ ޖާޒީތަކުން ޤައުމުގެ ނަން އުނިކޮށްފިޚަބަރު | 6 ދުވަސް ކުރިންއިސްރާޢީލްގައި މުޒާހަރާތައް ހޫނުވެ އެކި ސަރަހައްދު ތަކުގައި އަލިފާން ޖަހަނީ ދުނިޔެ | 10 ދުވަސް ކުރިން