logo
Bank of Maldives

Bank of Maldives

ދުނިޔެ

ޓްރަމްޕާއި އިސްރާއީލުގެ ދިފާއުގެ އަޑުއުފުލާ ޗާލީ ކަރކް މަރާލައިފި

ޢައްފާން މުޙައްމަދު
11 ސެޕްޓެމްބަރު 2025 - 04:41
ޓްރަމްޕާއި އިސްރާއީލުގެ ދިފާއުގެ އަޑުއުފުލާ ޗާލީ ކަރކް މަރާލައިފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ އެކުވެރިއެއް ކަމަށްވާ ނުފޫޒު ގަދަ އެކްޓިވިސްޓް އަދި އިސްރާއީލުގެ ދިފާއުގައި އަޑުއުފުލާ ޗާލީ ކަރކް މަރާލައިފިއެވެ.

ޗާލީ ކަރކް މަރާލާފައި ވަނީ، ޔޫޓާ ޔުނިވަސިޓީގެ އިވެންޓެއްގައި ވާހަކަ ދައްކަން އިންދާ ބަޑިން ހަމަލާދީގެންނެވެ. އެ އެއްވުމުގެ ބައިވެރިއަކު ޖެހި ބަޑީގެ ވަޒަން އަމާޒުވީ ސީދާ ކަރކްގެ ކަރަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އުމުރުން 31 އަހަރުގެ ކާކް އަކީ ޒުވާނުންގެ ގްރޫޕެއް ކަމަށްވާ "ޓާނިން ޕޮއިންޓް ޔޫއެސްއޭ" ގެ އެއް ފައުންޑަރެވެ.

އޭނާގެ މަރާ ގުޅިގެން މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕް ވިދާޅުވީ، އެމެރިކާގެ ޒުވާނުންގެ ހިތް، ޗާލީއަށްވުރެ ރަނގަޅަށް އެނގޭނެ ދެވަނަ މީހަކު ނުހުންނާނެ ކަމަށާއި އޭނާ ވަނީ އެންމެންގެ ލޯބި ހޯދާފައި ކަމަށެވެ. ހާއްސަކޮށް ޓްރަމްޕުގެ ހިތުގައި އޭނާއަށް ހާއްސަ ޖާގައެއް ދެވިފައިވާކަން ޕޯސްޓުގައި ފާހަގަކުރައްވާފައިވެއެވެ.

މުސްލިމުންނާއި ފަލަސްޠީނާ ދެކޮޅު އެތައް ވާހަކައެއް ދައްކާފައިވާ ކަރކް ވަނީ، ފަލަސްޠީނަކީ ހަގީގަތުގައި ވުޖޫދުގައިވާ ތަނެއް ނޫންކަމަށާއި އެ ބިމަށް އަސްލު ކިޔަނީ "ޖުޑެއާ" ކަމަށް ބުނެފައެވެ. އަދި ފަލަސްޠީނަކީ ނަސްލެއް ނޫންކަމަށް ވެސް އޭނާ ވަކާލާތުކޮށްފައިވެއެވެ.

ޔޫޓާގެ އިދާރާތަކުން ބުނީ ކަނާތުފިޔައިގެ ފިކުރަށް ތާއީދުކުރާ ކާކް މަރުވީ ސީދާ އޭނާއަށް އަމާޒުކޮށް ދިން ހަމަލާއެއްގައި ކަމަށް ބެލެވޭ ކަމަށާއި ޖަހާފައިވަނީ އެންމެ އުންޑައެއް ކަމަށެވެ.

އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި ކާކް އިންނަނީ ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި އައުޓް ޑޯ އިވެންޓެއްގައި، މީހުންގެ ސުވާލުތަކަސް ޖަވާބު ދިނުމަށް ގޮނޑިއެއްގައި އިށީނދެގެންނެވެ. އެހެން އިންދާ ބަޑީގެ އަޑާއެކު ފެންނަނީ ވައަތްފަރާތުން ކަނދުރާއަށް އުންޑަ އަރައި ލޭތައް އޮހޮރިގަންނަ މަންޒަރެވެ. އެއާ އެކު އޭނާ ގޮނޑިން ވެއްޓެ އެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކިއުބާއަށް ތެޔޮ ލިބުން ދަތިވަމުން އަންނާތީ ރަޝިއާ އިން ކަންބޮޑުވުން ފާޅުކޮށްފިދުނިޔެ | 19 ގަޑިއިރު ކުރިންއަލް ޖަޒީރާއަށް "އިސްރާއީލު"ގައި ހަރަކާތްތެރިވުން މަނާކޮށްފައިވާ މުއްދަތު އިތުރުކޮށްފިދުނިޔެ | 15 ދުވަސް ކުރިންހަނގުރާމަ ހުއްޓާލުމަށް ވީ އެއްބަސްވުމާ އިސްރާއީލުން 1500 ފަހަރު ހިލާފުވެއްޖެދުނިޔެ | 16 ދުވަސް ކުރިންއެމެރިކާއިން ގްރީންލޭންޑް ހޯދަން ޓްރަމްޕް ގެންގުޅުއްވާ ވިސްނުމަށް އެންމެ އަރިސް ބޭފުޅުން ދެކޮޅުދުނިޔެ | 19 ދުވަސް ކުރިން