އިސްރާއީލުން ޣައްޒާގެ 70 މީހުން ޝަހީދުކޮށްލައިފި
އައިޝަތު ނަޝާ
11 ސެޕްޓެމްބަރު 2025 - 07:36

ނިރުބަވެރި އިސްރާއީލުގެ ބާރުތަކުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތައް އިންތިހާއަށް އިތުރުވެފައިވާއިރު، ބުދަ ދުވަހު 70 އަށްވުރެ ގިނަ މީހުން ޝަހީދުކޮއްލައިފިއެވެ.
އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައިގައި، 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން 64,656(ފަސްދޮޅަސް ހަތަރު ހާސް، ހަ ސަތޭކަ ފަންސާސް ހަ) މީހުން މަރުވެ، 163,503(އެއްލައްކަ ފަސްދޮޅަސް ތިންހާސް، ފަސްސަތޭކަ ތިން) މީހުންނަށް ޒަޚަމްވެފައިވެއެވެ.

Ad by Hajj Corporation
އަދި އެތަށް ހާސް މީހުން ތަޅާލެވިފައިވާ އިމާރާތްތަކުގެ ދަށުގައިވާ ކަމަށް ބެލެވޭ ކަމަށް ބޭރުގެ ބައެއްް ރިޕޯޓް ތަކުން ބުނެއެވެ. އޮކްޓޯބަރު 7 ގައި އިސްރާއީލަށް ދެވުނު ހަމަލާތަކުގައި ޖުމްލަ 1,139 މީހުން މަރުވެ، 200 އެއްހާ މީހުން އިޒްރާއިލުން ހައްޔަރުކުރެވުނެވެ.