logo
Bank of Maldives

Bank of Maldives

ޚަބަރު

ހިންމަފުށީ ޑްރަގް ރިހެބިލިޓޭޝަން ސެންޓަރުގައި ފުލުހުންގެ އޮޕަރޭޝަނެއް

ޢައްފާން މުޙައްމަދު
9 ސެޕްޓެމްބަރު 2025 - 06:00
ހިންމަފުށީ ޑްރަގް ރިހެބިލިޓޭޝަން ސެންޓަރުގައި ފުލުހުންގެ އޮޕަރޭޝަނެއް

ކ. ހިންމަފުށީގައި ހުންނަ ޑްރަގް ޓްރީޓްމަންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރުގައި ފުލުހުން ހަރަކާތްތެރިވާން ފަށައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ، އެ ސެންޓަރުގައި ހަރަކާތްތެރިވަމުން ދަނީ ފުލުހުންގެ ޑްރަގް އެންފޯސްމަންޓުގެ އޮޕަރޭޝަން ޓީމެއް ކަމަށެވެ. މިކަމާ ގުޅޭގޮތުން ނޭޝަނަލް ޑްރަގް އޭޖެންސީގެ ޗެއާޕާސަން ލުބްނާ ޒާހިރު ވަނީ، މި އޮޕަރޭޝަނަކީ, އެ ސެންޓަރަށް ފޯނު ވައްދައިގެން ގެންގުޅޭ ކަމުގެ މައުލޫމާތު ފުލުހުންގެ އިންޓެލިޖެންސަށް ލިބިގެން ހިންގާ އޮޕަރޭޝަނެއްކަމަށް ވިދާޅުވެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އާންމު އުސޫލުން ޕޮލިހުންނާއެކު ރިހެބް ސެންޓަރުތައް ބަލައިފާސްކުރުމުގެ އޮޕަރޭޝަންތައް ހިންގަމުން އަންނަކަން ވެސް ލުބްނާ ފާޙަގަކުރައްވާފައިވެއެވެ. އެފަދަ އޮޕަރޭޝަންތަކުގެ ބޭނުމަކީ، އެއްވެސް ސެންޓަރެއްގައި މަނާ އެއްވެސް އެއްޗެއް ގެންގުޅޭތޯ ބަލައި، އެފަދަ ތަކެތި ހޯދުން ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި ފަރުވާ ހޯދަން ތަނުގައި ތިބޭ މީހުންގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ ވެސް މިފަދަ އޮޕަރޭޝަންތަކުގެ ބޭނުމެއްކަމަށް ލުބްނާ ވިދާޅުވެފައިވެއެވެ.

ހިންމަފުށީގައި ހުންނަ އެ ސެންޓަރަކީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ފަރާތްތައް އެތަނުގެ ބައިތިއްބައިގެން އިސްލާޙު ކުރުމުގެ ފަރުވާ ޕްރޮގްރާމްތައް ހިންގައިދީ، މަސްތުވާތަކެތީގެ ކިބައިން ސަލާމަތް ވެވޭނެ މަގުދައްކައިދީ، ފަރުވާގެ ވަގުތުގައި ދިމާވާ އުނދަގޫތައް ތަޙައްމަލު ކުރުމުގައި އެހީތެރިވެދިނުން އަސާސަކަށް ބަލައިގެން ހިންގާ ސެންޓަރެކެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވައިކަރަދޫގައި އަލަށް އިމާރާތްކުރާ ޕޮލިސް ސްޓޭޝަނުގެ އަމަލީ މަސައްކަތް ފަށައިފިޚަބަރު | 16 ގަޑިއިރު ކުރިންޢާސިފްގެ އާއިލާއާއި ސީޕީ ބައްދަލުކުރައްވައި ރައީސްގެ ތައުޒިއާގެ މެސެޖް ރައްދުކޮށްދެއްވައިފިޚަބަރު | 2 ދުވަސް ކުރިންމޫދު އަޑިން ފުލުސް މީހާ ނެގި ޑައިވަރުންނަށް ޝުކުރު އަދާކުރައްވައިފިޚަބަރު | 4 ދުވަސް ކުރިންޢާސިފްގެ ޖަނާޒާ ފުލުހުންގެ ރަސްމީ އިއްޒަތުގައި ބާއްވައިފިޚަބަރު | 4 ދުވަސް ކުރިން