logo
Bank of Maldives

Bank of Maldives

ކުޅިވަރު

ފުޓްބޯޅައިގެ ގަދަ ދެބާރުކަމަށްވާ ބްރެޒިލް އާއި އާޖެންޓީނާ އަށް ޝޮކެއް

އަބްދުﷲ ޣާނިމް
10 ސެޕްޓެމްބަރު 2025 - 06:32
ފުޓްބޯޅައިގެ ގަދަ ދެބާރުކަމަށްވާ ބްރެޒިލް އާއި އާޖެންޓީނާ އަށް ޝޮކެއް

ދެކުނު އެމެރިކާގެ ވޯލްޑް ކަޕް ކޮލިފައިންގައި ރޭގައި ފުޓްބޯޅައިގެ ގަދަ ދެބާރު ކަމަށްވާ ބްރެޒިލް އާއި އާޖެންޓީނާ އެޓީމު ކުޅުނު މެޗުތަކުން ބަލިވެއްޖެއެވެ.

އެންމެ ފަހު ރައުންޑްގެ މެޗުތަކުގައި، ބޮލީވިއާއިން 5 ފަހަރު ވޯލްޑް ކަޕް ކާމިޔާބުކޮށްފައިވާ ބްރެޒިލް ބަލިކުރީ އަމިއްލަ ދަނޑުގައި 1-0 އިންނެވެ. މި މެޗުގައި ބޮލީވިއާގެ މިގުއެލް ޓެސެރޯސް ވަނީ ފުރަތަމަ ހާފުގެ އިންޖުރީ ޓައިމްގައި ޕެނަލްޓީއެއް ކާމިޔާބުކޮށްފައެވެ. މި ނަތީޖާއާ ގުޅިގެން އެންޗެލޮޓީގެބްރެޒިލް ޓީމު ވަނީ ޕޮއިންޓް ޓޭބަލްގެ 5 ވަނައަށް ވެއްޓިފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ބޮލީވިއާއިން ވަނީ ބްރެޒިލް ބަލިކުރުމާއެކު ކޮލިފިކޭޝަން ޕްލޭއޮފްގެ ޖާގައެއް އެޓީމުން ވަނީ ހޯދާފައެވެ. ޕްލޭއޮފްގައި ބޮލީވިއާއާއެކު ކޮންކަކާފްގެ 2 ޓީމާއި، އެފްރިކާ، އޭޝިއާ އަދި އޮޝެނިއާ ކޮންފެޑެރޭޝަންތަކުން ޓީމެއް ބައިވެރިވާނެއެވެ. މި ޕްލޭއޮފްތަކުން ކެނެޑާ، މެކްސިކޯ އަދި ޔުނައިޓެޑް ސްޓޭޓްސްގައި ބޭއްވޭ ވޯލްޑް ކަޕަށް 2 ޓީމު ހޮވޭނެއެވެ. ޕްލޭއޮފް މެޗުތައް ބޭއްވުމަށް ހަމަޖެހިފައިވަނީ މާރޗް މަހު މޮންޓެރޭ އަދި ގުއަދަލަޖާރާގައެވެ.

މީގެ އިތުރުން ވޯލްޑް ކަޕުގެ ޖާގައެއް ކަށަވަރުކޮށްފައިވާ އިކުއެޑޯ އަދި ޑިފެންޑިންގ ޗެމްޕިއަން އާޖެންޓީނާ ކުރިމަތިލި މެޗުގައި، އިކުއެޑޯ ވަނީ 1-0 އިން މެޗު ކާމިޔާބުކޮށްފައެވެ. މި މެޗުގައި އާޖެންޓީނާގެ ނިކޮލަސް އޮޓަމެންޑީ އަށް 31 ވަނަ މިނެޓުގައިވަނީ ރަތްކާޑު ދައްކާފައެވެ. އިކުއެޑޯގެ ހަމައެކަނި ގޯލަކީ ލިބުނު ޕެނަލްޓީއަކުން ޖެހި ގޯލެކެވެ. މީގެ އިތުރުން މެޗުގެ 50 ވަނަ މިނެޓުގައި އިކުއެޑޯގެ މޮއިސެސް ކައިސެއިޑޯ އަށްވެސް ވަނީ ދެވަނަ ރީނދޫކާޑާއެކު ރަތްޚާދު ދައްކައި ދަނޑުން ދޮނުވާލާފައެވެ.

މީގެ އިތުރުން ރޭގައި ދެކުނު އެމެރިކާ ކޮލިފައިންގައި، ކޮލަމްބިއާއިން ވެނެޒުއެލާ 6-3 އިން ބަލިކޮށް، ލުއިސް ސުއާރެޒް 4 ލަނޑު ޖަހާފައިވެއެވެ. އުރުގުއޭ ވަނީ ޗިލީއާ ކުރިމަތިލި މެޗު 0-0 އިން އެއްވަރުކޮށްފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގަދަބާރުން ވޯލްޑްކަޕަށް ކޮލިފައިވުމަށް ޔަހޫދީން ކުރިމަސައްކަތް ނާކާމިޔާބުވެ ވޯލްޑްކަޕުން ބޭރުކޮށްލައިފިކުޅިވަރު | 22 ދުވަސް ކުރިންސްވިޑަނަށް ޝޮކެއް. އިސާކް އާއި ގެޔޯޜކެރޭސް ގެ ޓީމަށް ވޯލްޑްކަޕް ގެއްލިދާނެކަމުގެ ބިރުކުޅިވަރު | 23 ދުވަސް ކުރިންރޮޑްރީގޯ އާއި އެސްޓެވާއޯގެ މޮޅުކުޅުމާއެކު ބްރެޒިލުން ކޮރެއާ ބަލިކޮށްފިކުޅިވަރު | މަހެއް ކުރިން އިންސްޓަގްރާމުން ލައިވެއްގައި އާޖެންޓީނާ ޑްރަގް ގޭންގަކުން ތިން އަންހެނުން މަރާލައިފިދުނިޔެ | މަހެއް ކުރިން