logo
Bank of Maldives

Bank of Maldives

ޚަބަރު

އައިޖީއެމްއެޗްގެ އައިނު ފިހާރައިން ހިދުމަތް ހޯދި މީހުންގެ އަދަދު 2994 އަށް

އާމިނަތު ޝަފާ
10 ސެޕްޓެމްބަރު 2025 - 07:17
އައިޖީއެމްއެޗްގެ އައިނު ފިހާރައިން ހިދުމަތް ހޯދި މީހުންގެ އަދަދު 2994 އަށް

ސަރުކާރުން ފޯރުކޮށްދެއްވާ ޞިއްޙީ ޚިދުމަތްތަކުގެ ތެރޭގައި ހިމެނިގެން އައިނު ހެއްދުމުގެ ޚިދުމަތް ފޯރުކޮށްދެއްވުމަށްޓަކައި އައިޖީއެމްއެޗްގައި ގާއިމުކުރެވުނު އައިނު ފިހާރައިން މިހާތަނަށް 2994 މީހުން ޚިދުމަތް ހޯދާފައިވާކަމަށް އައިޖީއެމްއެޗްއިން ބުނެފިއެވެ.

މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއިން ދަނީ އައިޖީއެމްއެޗާއި ހުޅުމާލޭ ހޮސްޕިޓަލުގައި އައިނު ފިހާރަ ހުޅުވާއި ހިދުމަތްދެމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެންދުރަށް މައުލޫމާތު ދެމުން އައިޖީއެމްއެޗުން ބުނީ އައިނު ފިހާރަ ހުޅުވިފަހުން މިހާތަނަށް 2994 މީހުންނަށް ހިދުމަތްދީފައިވާކަމަށެވެ.

އައިނު ހެއްދުމަށް އާސަންދައިން ދޫކުރާ މިންވަރު 2000 ރުފިޔާއަށް މަތިކޮށްދެއްވައި، ރަނގަޅު ފެންވަރުގެ އައިނު، ލުއިފަސޭހަކަމާއެކު، ހެޔޮއަގުގައި ރައްޔިތުންނަށް ފޯރުކޮށްދެއްވުމަށްޓަކައި، މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއިން އައިނު ވިޔަފާރި ފައްޓަވާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ އިޢުލާންކުރެއްވީ މޭ މަހުގެ 31 ގައެވެ.

ދެ މަސްދުވަހުގެ ކުރު މުއްދަތެއްގެ ތެރޭގައި ޤާއިމުކުރި، އައިޖީއެމްއެޗް އެމް.ސީ.ޖީ.އެޗް އޮޕްޓިކަލްސް އިން، ލޮލުގެ ނަންބަރު ނެގުމާއި، ލޮލުގެ ބައެއް ބަލިތައް ދެނެގަތުމާއި، އައިނު ހެއްދުމުގެ ޚިދުމަތް ފޯރުކޮށްދެމުންދާނެއެވެ.

މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ޗީފް އެގްޒެކެޓިވް އޮފިސަރ އިބްރާހިމް ޢަބްދުއްރައްޒާޤު ޙަލީމް ވަނީރާއްޖޭގެ 5 ރީޖަނަލް ހޮސްޕިޓަލުގައިވެސް، އައިނު ހެއްދުމުގެ ޚިދުމަތް ފައްޓަވައިދެއްވާނޭކަން އިޢުލާންކުރައްވާފައެވެ.

އެމަސައްކަތުގެ ދަށުން އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލާއި، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި އައިނު ފިހާރަ ހުޅުވުމަށް ސަރުކާރުންދަނީ މަސައްކަތްކުރަމުންނެވެ.

އެމްސީޖީއެޗް އޮޕްޓިކަލްސްގެ ޚިދުމަތް ދޭނީ ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން ރޭގަނޑު 10:00 އަށެވެ. އަދި އެމްސީޖީއެޗް އޮޕްޓިކަލްސްއިން ދޭ ޚިދުމަތަކާ ގުޅޭ މަޢުލޫމާތު، 3335150 އަށް ގުޅައިގެން ހޯދޭނެއެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެމްއެންޔޫއިން އެމްބީބީއެސް ނިންމި ފުރަތަމަ ބެޗު އިންޓާންޝިޕް ފުރިހަމަކޮށްފިޚަބަރު | 6 ގަޑިއިރު ކުރިންއައިޖީއެމްއެޗު އައު ހަރުފަތަކަށް، ކަށީގެ އޮޕަރޭޝަންތަކަށް އެންމެ ފަހުގެ ޓެކޮނޮލޮޖީ ބޭނުންކުރަން ފަށައިފިޚަބަރު | ދުވަހެއް ކުރިންރާއްޖޭގައި ރެޓިނާ ލޭޒަރ ޓްރީޓްމަންޓް ދޭން ފަށައިފިޚަބަރު | 7 ދުވަސް ކުރިންއައިޖީއެމްއެޗްގެ އައިނު ފިހާރައިން ހިދުމަތް ހޯދި މީހުންގެ އަދަދު 2994 އަށް ޚަބަރު | މަހެއް ކުރިން