logo
Bank of Maldives

Bank of Maldives

ޚަބަރު

އާބަން ހެލްތުކެއާ ސެންޓަރުން ހިދުމަތްދޭނެ ގަޑިތައް އާންމުކޮށްފި

އައިޝަތު ނަޝާ
20 ނޮވެމްބަރު 2025 - 09:48
 އާބަން ހެލްތުކެއާ ސެންޓަރުން ހިދުމަތްދޭނެ ގަޑިތައް އާންމުކޮށްފި

މާލެ ސަރަހައްދުގައި ގާއިމްކޮށްފައިވާ އާބަން ޕްރައިމަރީ ހެލްތުކެއާ ސެންޓާ (ޔޫޕީއެޗްސީ) ގެ މާފަންނު ބްރާންޗުން ހިދުމަތްދޭނެ ގަޑިތައް އާންމުކޮށްފިއެވެ.

މި މަހުގެ 19 ވަނަ ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މާލެ ސަރަހައްދުގައި ގާއިމްކޮށްފައިވާ އާބަން ޕްރައިމަރީ ހެކްތްކެއާ ސެންޓާގެ މާފަންނު ބްރާންޗް ރަސްމީކޮށް ހުޅުވައްދެއްވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އާބަން ޕްރައިމަރީ ހެލްތްކެއާގެ އަމާޒަކީ ދުޅަހެޔޮ މުޖްތަމައެއް ބިނާކުރުމަށް ބޭނުންވާ އާންމު ސިއްހީ މައުލޫމާތު ފޯރުކޮށްދިނުމާއި ރައްޔިތުންގެ ސިއްހަތު ދުޅަހެޔޮ ހާލަތެއްގައި ބަހެއްޓުމަށް ބޭނުންވާ މެޑިކަލް ޗެކަޕްތައް ހެދުމާއި އާންމު ބަލިތަކަށް ބޭސްފަރުވާ ކުރުމުގެ ހިދުމަތްތައް ދިނުން ކަމަށް އައިޖީއެމްއެޗްއިން ވިދާޅުވިއެވެ.އެ ހިދުމަތްތަކުގެ އިތުރުން އެހެނިހެން ތަފާތު ސިއްހީ ހިދުމަތްތައް އެ ސެންޓަރުގެ ތިން ކްލިނިކުން ފޯރުކޮށްދޭނެ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

އައިޖީއެމްއެޗްއިން ވަނީ އެ ސެންޓަރުން ހިދުމަތް ދޭން ފަށާނީ މި މަހުގެ 22 ވާ ހޮނިހިރު ދުވަހުން ފެށިގެން ކަމަށް ބުނެފައެވެ. އެ ސެންޓަރުން ހިދުމަތްދޭނެ ގަޑިތަކަކީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 8:30 އިން ރޭގަނޑު 10:00 އަށް އަދި ހުކުރު ދުވަހު މެންދުރުފަހު 3:30 އިން ރޭގަނޑު 10:00 އަށް ށެވެ. އަދި ސަރުކާރު ބަންދު ދުވަސްތަކުގައި ސެންޓަރު ވެސް ބަންދު ވާނެއެވެ.

އައިޖީއެމްއެޗްއިން ބުނީ އެ ސެންޓަރުގެ ޖީޕީ ކްލިނިކުން އާއިލާ ބޭސްވެރިކަމުގެ ހާއްސަ ޑޮކްޓަރުގެ ހިދުމަތާއި އާންމު ބަލިތަކަށް ފަރުވާ ދިނުމުގެ ހިދުމަތާއި ޖީޕީގެ ޑޮކްޓަރުން ލަފާ ދެއްވާ ލޭގެ ޓެސްޓްތައް ހެދުމުގެ ހިދުމަތް ދޭނެ ކަމަށެވެ. އަދި ޑްރޮޕް ބޮކްސް މެދުވެރިކޮށް ބޭސް ސިޓީ އާކުރުމުގެ ހިދުމަތާއި އެކްސްރޭގެ ހިދުމަތުގެ އިތުރުން ބޭސްފިހަރާއިގެ ހިދުމަތް ވެސް އެތަނުން ދޭނެ ކަމަށް އައިޖީއެމްއެޗް އިން ވަނީ ބުނެފައެވެ.

އޭގެ އިތުރުން އެ ކްލިނުކުން ކުޑަކުދިންގެ ހެދިބޮޑުވާ މިންގަނޑު ދެނެގަތުމާއި ވެކްސިން ދިނުމުގެ ކަންކަން ވެސް ކޮށްދޭނެ ކަނަށް އައިޖީއެމްއެޗްއިން ބުނެފައިވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އައިޖީއެމްއެޗްގެ ސްޓްރޯކް ސެންޓަރުން މިދިޔަ އަހަރު 532 މީހަކަށް ފަރުވާ ދިންޚަބަރު | 4 ގަޑިއިރު ކުރިންއައިޖީއެމްއެޗްގައި ފްލޫ ކްލިނިކްގެ ޚިދުމަތް ފަށައިފިޚަބަރު | މަހެއް ކުރިންފަރޓިލިޓީ ސެންޓަރުގައި ފުރަތަމަ ފަހަރަށް އައިވީއެފް މެދުވެރިކޮށް ކުއްޖަކު އުފަންވެއްޖެޚަބަރު | މަހެއް ކުރިންއައިޖީއެމްއެޗުން ހޯމް ނަރސިންގ ކެއަރގެ ހިދުމަތް ފެށުމަށް ތައްޔާރުވެއްޖެޚަބަރު | މަހެއް ކުރިން