logo
MPL - Maldives Maritime Conference

MPL - Maldives Maritime Conference

ޚަބަރު

ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް: ދެމީހަކަށް އައިޖީއެމްއެޗުގައި ފަރުވާދެނީ

އިސްމާޢިލް ރާތިޢު
29 ނޮވެމްބަރު 2025 - 06:35
ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް: ދެމީހަކަށް އައިޖީއެމްއެޗުގައި ފަރުވާދެނީ

ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ، އަނިޔާ ލިބުނު ދެ މީހަކަށް އައިޖީއެމްއެޗުގައި ފަރުވާދޭން ފަށައިފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ، ހައިވޭއިން ހުޅުމާލެއަށްދާ ލޭން ނިމޭ ހިސާބުގައި ސައިކަލަކާއި ޕިކަޕެއް ޖެހިގެން އެކްސިޑެންޓެއް ހިނގަފައިވާކަމުގެ މައުލޫމާތު މިއަދު ހެނދުނު 9 ޖެހިއިރު ލިބިފައިވާކަމަށެވެ. މިއެކްސިޑެންޓުގައި އަނިޔާވެފައިވަނީ ސައިކަލު ދުއްވަން އިން ޢުމުރުން 28 އަހަރުގެ ދިވެހި ފިރިހެނަކާއި ސައިކަލުގެ ފަހަތުގައި އިން 22 އަހަރުގެ އަންހެނަކަށްކަމަށް ފުލުހުން ބުނެއެވެ.

މި ދެމީހުންނަށްވެސް އައިޖީއެމްއެޗްގައި ދަނީ ފަރުވާދެމުންނެވެ. އަނިޔާ ލިބުނު ފިރިހެން މީހާގެ ކަނާތު ކޮނޑުހުޅު ނެއްޓި، އޭނާއަށް އެކިވަރުގެ އަނިޔާވެފައިވެއެވެ. އަންހެން މީހާގެ ގައިގެ އެކި ތަންތަން މަށައިގެންގޮސް އެކިވަރުގެ އަނިޔާ ލިބިފައިވެއެވެ.

ފުލުހުން އަންނަނީ މިހާދިސާ އިތުރަށް ތަހުގީގުކުރަމުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަމީން މިއާގެ މަރުގެ މައްސަލަ: ލަންކާ މީހާގެ ބަންދުގެ މުއްދަތު އިތުރުކޮށްފިޚަބަރު | 6 ގަޑިއިރު ކުރިންކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމަށް އަޙްމަދު މުޙައްމަދު އައްޔަންކުރައްވައިފިޚަބަރު | 15 ގަޑިއިރު ކުރިންނޯތު ހާބަރުގައި އޮތް ބޯޓެއްގައި ތިބި ބަޔަކު ހާލުދެރަވެގެން ހޮސްޕިޓަލަށް ގެންގޮސްފިޚަބަރު | 2 ދުވަސް ކުރިންފުލިދޫގައި އޮޔާދިޔަ ދެ ކުއްޖަކު ސަލާމަތްކުރަން އުޅުނު މީހަކު ނިޔާވެއްޖެޚަބަރު | 2 ދުވަސް ކުރިން