ފުލިދޫގައި އޮޔާދިޔަ ދެ ކުއްޖަކު ސަލާމަތްކުރަން އުޅުނު މީހަކު ނިޔާވެއްޖެ
3 އޭޕްރީލު 2026 - 17:01

ވ. ފުލިދޫގައި މޫދަށް އެރިއުޅުނު ދެ ކުއްޖަކު އޮޔާދަނިކޮށް އެ ކުދިން ސަލާމަތްކުރުމަށް މަސައްކަތް ކުރި މީހަކު މިއަދު ނިޔާވެއްޖެއެވެ.
ފުލުހުންގެ އިދާރާއިން މައުލޫމާތު ދީފައިވާ ގޮތުގައި، ފުލިދޫގައި މޫދަށް އެރިއުޅެނިކޮށް އޮޔާދިޔަ ދެ ކުއްޖަކު ސަލާމަތް ކުރުމަށް މަސައްކަތްކުރި މީހަކު ހާލު ދެރަވެގެން އެރަށު ހެލްތު ސެންޓަރަށް ގެންގޮސްފައިވާ ކަމުގެ ރިޕޯޓު ލިބިފައިވަނީ މިއަދު މެންދުރުފަހު 15:10 އެހައިކަންހާއިރުއެވެ.

Ad by Hajj Corporation
މި ހާދިސާގައި ނިޔާވެފައިވަނީ 63 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ނިޔާވެފައިވަނީ ފުލިދޫ ހެލްތު ސެންޓަރުގައި ފަރުވާދެމުން ދަނިކޮށް ކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން އިތުރަށް ބުނެފައިވަނީ މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން އެ އިދާރާއިން މިހާރު ތަހުގީގު ކުރަމުންދާ ކަމަށެވެ.

.jpg&w=3840&q=75)
