logo
MPL - Maldives Maritime Conference

MPL - Maldives Maritime Conference

ޚަބަރު

ހުޅުމާލެ ހޮސްޕިޓަލުން ވައްކަން ކުރާ މީހަކު ހައްޔަރުކޮށްފި

އައިޝަތު ނަޝާ
2 އޭޕްރީލު 2026 - 10:52
ހުޅުމާލެ ހޮސްޕިޓަލުން ވައްކަން ކުރާ މީހަކު ހައްޔަރުކޮށްފި

އެކި ދުވަސް މަތިން ހުޅުމާލެ ހޮސްޕިޓަލުން ވައްކަން ކުރި މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން މިދިޔަ އާދިއްތަ ދުވަހު، ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ މއ. ވިނަރެސް / މާލެ، ހުސައިން ޝިހާމް (40އ) އެވެ. ފުލުހުން ބުނީ މި މީހާ އެކި ދުވަސް މަތިން ހުޅުމާލެ ހޮސްޕިޓަލުން ވައްކަން ކުރި މައްސަލައެއް މާޗް 22 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޝިހާމް ހައްޔަރުކޮށް، ދިރިއުޅޭ އެޕާޓްމަންޓު ބަލައިފާސްކުރިއިރު، ހުޅުމާލެ ހޮސްޕިޓަލުން އޭނާ ވަގަށްނެގި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ..އޭގެ ތެރޭގައި ކޮމްޕިޓަރު ސިސްޓަމާއި ޕްރިންޓަރާއި އިލެކްޓްރޯނިކް އެހެނިހެން ތަކެތި ހިމެނޭ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ހަތް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހުޅުމާލެ ހޮސްޕިޓަލުން ވައްކަން ކުރާ މީހަކު ހައްޔަރުކޮށްފިޚަބަރު | 3 ގަޑިއިރު ކުރިންއެންމެ ހަފުތާއެއް: 50 އަށްވުރެ ގިނަ އެކްސިޑެންޓްޚަބަރު | 5 ގަޑިއިރު ކުރިންމޫދަށް އެރި އުޅުނު ފަތުރުވެރިޔަކު ދޯންޏެއްގެ ބުރަފަތީގައި ޖެހި މަރުވެއްޖެޚަބަރު | ދުވަހެއް ކުރިންބަނގުރަލާއެކު ދެ ބިދޭސީން ހައްޔަރުކޮށްފިޚަބަރު | 2 ދުވަސް ކުރިން