logo
Bank of Maldives

Bank of Maldives

ޚަބަރު

އެންމެ ހަފުތާއެއް: 50 އަށްވުރެ ގިނަ އެކްސިޑެންޓް

މުޙައްމަދު އަފްރާޙް
2 އޭޕްރީލު 2026 - 09:05
g
g

ފާއިތުވި ހަފުތާއެއްގެ ތެރޭގައި މާލެ، ސިނަމާލެ ބްރިޖާއި ހައިވޭގައި 50 އަށްވުރެ ގިނަ އެކްސިޑެންޓު ހިނގާފައިވާ ކަމަށް ފުލުހުންގެ ތަފާސްހިސާބުން ދައްކައިފިއެވެ.

ފުލުހުން އާންމުކޮށްފައިވާ ތަފާސްހިސާބުން ދައްކާގޮތުގައި މާރޗު 22 އިން 28 ގެ ނިޔަލަށް މާލެއާއި ސިނަމާލެ ބުރިޖު އަދި ހައިވޭގައި ޖުމްލަ 56 އެކްސިޑެންޓް ހިނގާފައިވެއެވެ. އަދި މީގެތެރެއިން އެންމެ ގިނަ އެކްސިޑެންޓު ހިނގާފައިވަނީ މާލޭގައި ކަމަށް ވެސް ދައްކައެވެ. މާލޭ ސަރަހައްދުގައި ހިނގި 56 އެކްސިޑެންޓުގެ ތެރެއިން، 49 އެކްސިޑެންޓަކީ މާލެތެރެއިން ރިޕޯޓުކޮށްފައިވާ މައްސަލަތަކެއްކަމަށް ވެސް ވަނީ ދައްކާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މުއްދަތުގެ ތެރޭގައި އެންމެ ގިނަ އެކްސިޑެންޓުތައް ހިނގީ މާރިޗު 25 ވަނަ ދުވަހުއެވެ. އެދުވަހު 13 އެކްސިޑެންޓް ހިނގާފައިވާ ކަމަށް ފުލުހުންގެ ތަފާސްހިސާބުން ދައްކައެވެ. ފުލުހުން ބުނީ މީގެތެރެއިން 14 އެކްސިޑެންޓެއް ހިނގީ ދެ ސައިކަލު ޖެހިގެންކަމަށާއި ސައިކަލާއި ކާރު ޖެހިގެން 14 އެކްސިޑެންޓެއް ހިނގި ކަމަށެވެ. އަދި އެކްސިޑެންޓުވުމުން މަޑުނުކޮށް ދިޔަ 7 މައްސަލައެއް ރިޕޯޓު ކުރެވިފައިވާ ކަމަށް ވެސް ބުނެއެވެ.

ގިނަ އެކްސިޑެންޓްތައް ހިނގާފައިވަނީ ދުވާލުގެ ވަގުތުގައިކަން ފާހަގަކުރެވިފައިވާއިރު، މިދިޔަ އަހަރު މާލެ ސަރަހައްދުގައި 2000 އަށްވުރެ ގިނަ އެކްސިޑެންޓު ހިނގާފަވެއެވެ. މީގެތެރެއިން 300 އަށްވުރެ އެކްސިޑެންޓު ހިނގީ ބްރިޖާއި ހައިވޭގައެވެ.

މަގުމަތީގެ ސަލާމާތާއި ރައްކާތެރިކަން ކަށަވަރުކުރުމުގައި އެންމެން އެކުގައި މަސައްކަތްކުރުމަށް ފުލުހުން ވަނީ އެދިފައެވެ. އުޅަނދު ދުއްވުމުގައި މަގުމަތީގެ ޤަވައިދުތަކަށް ސަމާލުވުމާއި އުޅަނދުތައް ދުއްވާ މީހުންނެކޭ އެއްގޮތަށް ހިނގާ މީހުންވެސް އެކަންކަން ސަމާލުވުމަށް ފުލުުހުން އިލްތިމާސްކުރެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސީރިއަލް ޕެކެޓެއްގައި ފޮރުވައިގެން ބޭރުފައިސާ ބޭރުކުރަން އުޅުނު ބިދޭސީންގެ މައްޗަށް މަނީލޯންޑަރިންގެ ތުހުމަތުޚަބަރު | 8 ގަޑިއިރު ކުރިންޝަހީދު އާދަމް ހަލީމްގެ ޤައުމީ ޚިދުމަތުގެ ޒިކުރާ ފުލުހުންގެ މުއައްސަސާގައި އަބަދުވެސް ދިރިދިރި ހުންނާނެ: ސީޕީ ޚަބަރު | 8 ގަޑިއިރު ކުރިން18 ގައުމެއްގެ ފައިސާއާއެކު ފުރަން ގޮސް ތިއްބައި ބަންގްލަދޭޝްގެ 6 މީހަކު އަތުލައިގަނެފިޚަބަރު | 2 ދުވަސް ކުރިންފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމަށް ހުޅުވާލައިފިޚަބަރު | 5 ދުވަސް ކުރިން