logo
Bank of Maldives

Bank of Maldives

ޚަބަރު

އިންތިޚާބާއެކު، ފުލުހުންގެ ސްޓެޓަސް ލެވަލް ދެއަކަށް

އިސްމާޢިލް ރާތިޢު
2 އޭޕްރީލު 2026 - 15:07
އިންތިޚާބާއެކު، ފުލުހުންގެ ސްޓެޓަސް ލެވަލް ދެއަކަށް

ހޮނިހިރު ދުވަހު ބާއްވާ އިންތިޚާބުތަކާ ގުޅިގެން ފުލުހުންގެ ސްޓެޓަސް ލެވަލް ދެއަކަށް މަތިކޮށް، އިންތިޚާބަށް ތައްޔާރުވުމަށް ފުލުހުން ކުރިއަށް ގެންދާ "އޮޕަރޭޝަން ބްލޫ ރޭ" ރަސްމީކޮށް ފަށައިފިއެވެ.


އިސްކަންދަރު ބިލްޑިންގގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި، މި އޮޕަރޭޝަން ރަސްމީކޮށް ފައްޓަވައިދެއްވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއެވެ. އޮޕަރޭޝަން ފައްޓަވައިދެއްވަމުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ދެއްކެވި ވާހަކަފުޅުގައި، މަސައްކަތުގައި ހަރަކާތްތެރިވާއިރު ނަމޫނާ ބަޔަކަށްވުމަށާއި ރައްޔިތުންނާ މުއާމަލާތުކުރުމުގައި ރީތި އަޚުލާގާއި، އޯގާތެރިކަން އިސްކުރުމަށް ނަސޭހަތްތެރިވެވަޑައިގަތެވެ.

ނުތަނަވަސް ދަނޑިވަޅެއް ކުރިމަތިވި ކަމުގައިވީނަމަވެސް ކެތްތެރިކަމާއެކު ވާހަކަދައްކައިގެން މައްސަލަ ހައްލުކުރުމަށް އިސްކަންދިނުމަށް ފުލުހުންގެ ކިބައިން ޑިސީޕީ އެދިވަޑައިގެންނެވިއެވެ. އަދި އިންސާނީ ހައްގުތަކަށް ފުރިހަމައަށް އިޙްތިރާމުކޮށް، ކޮންމެ މީހެއްގެވެސް ކަރާމާތް ހިމާޔަތްކުރުމަކީ ފުލުހުންގެ ޕްރޮފެޝަނަލިޒަމް ދައްކުވައިދޭނެ ކަމެއްކަން ފާހަގަކުރައްވާ، މިއީ ގައުމަށްޓަކައި ކުރާ އިހުލާސްތެރި މަސައްކަތެއްކަމަށް ޑީސީޕީ ފަރުހާދު ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީގެ އިތުރުން ޑިމޮކްރެޓިކް ނިޒާމެއްގައި ފުލުހުންގެ ދައުރަކީ ހަމައެކަނި ގާނޫނު ތަންފީޒުކުރުމެއް ނޫން ކަމަށާއި އެއީ ރައްޔިތުންގެ ސަލާމަތާއި، ސުލްހަ މަސަލަސްކަމުގެ ޔަގީންކަންދިނުމާއި ރައްކާތެރިކަމުގެ އިހުސާސްކުރެވުން ކަމަށް ވިދާޅުވިއެވެ. އަދި ފުލުހުންގެ ހިތްވަރާއި ގާބިލުކަމާއެކު މި އޮޕަރޭޝަނަކީ ކާމިޔާބު އަމާން އޮޕަރޭޝަނަކަށް ވާނެކަމާމެދު ޝައްކުނުކުރައްވާ ކަމަށް ވިދާޅުވިއެވެ.

މި ބްރީފިންގގައި، ރަށްރަށުގައި ތިބި ފުލުހުން އޮންލައިންކޮށް ބައިވެރިވިއެވެ. މި ބްރީފިންގއާ އެކު ދިވެހި ފުލުހުންގެ ޚިދުމަތުގެ އޮޕަރޭޝަނަލް ސްޓެޓަސް "ލެވެލް 2" އަށް ވަނީ ބަދަލުކޮށްފައެވެ.

ހޮނިހިރު ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން ފުލުހުންގެ ޚާއްސަ ތަމްރީނުތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދިޔަވަމުން ދިޔަ ލޯންޗެއްގައި ތިބި އެންމެން ސަލާމަތްކޮށް އަނބުރައި މާލެ ގެނެސްފިޚަބަރު | 8 ގަޑިއިރު ކުރިން ފަޅުތެރެއަށް ވަލެއް އައްސަން ފޭބި މީހާ ފެނުނީ މަރުވެފައި އޮއްވާ!ޚަބަރު | 4 ދުވަސް ކުރިންހުޅުމާލެ ފަޅުތެރެއަށް ގެއްލުނު މީހާ މަރުވެފައި އޮއްވާ ފެނިއްޖެޚަބަރު | 4 ދުވަސް ކުރިންހުޅުމާލޭ ފަޅުތެރެއަށް ވަލެއް އައްސަން ފޭބި މީހަކު ގެއްލިގެން ހޯދަނީޚަބަރު | 4 ދުވަސް ކުރިން