ނޯތު ހާބަރުގައި އޮތް ބޯޓެއްގައި ތިބި ބަޔަކު ހާލުދެރަވެގެން ހޮސްޕިޓަލަށް ގެންގޮސްފި
އިސްމާޢިލް ރާތިޢު
4 އޭޕްރީލު 2026 - 03:21

ނޯތު ހާބަރުގައި އޮތް ބޯޓެއްގައި ތިބި ބަޔަކު ހާލުދެރަވެގެން ހޮސްޕިޓަލަށް ގެންގޮސްފިއެވެ.
މީޑިއާ އަށް މައުލޫމާތު ހިއްސާކުރަމުން ފުލުހުން ބުނީ ނޯތު ހާބަރުގައި އޮތް ބޯޓެއްގައި ތިބި ބަޔަކު ހާލު ދެރަވެ، ހަބަރު ހުސްވެފައިވާ ކަމުގެ ރިޕޯޓް އޭޕްރީލް 4 ވަނަ ދުވަހުގެ ހެނދުނު 6:35 އެހައިކަންހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

Ad by Hajj Corporation
ހަބަރު ހުސްވެފައިވަނިކޮށް ފެނިފައިވަނީ ހަތަރު ބިދޭސީންނާއި ދިވެއްސެއް ކަމަށާއި މި އެންމެންނަކީ ވެސް ފިރިހެނުންކަމަށް ފުލުހުން މައުލޫމާތު ދީފައި ވެއެވެ.
އެ އެންމެންނަށްވެސް މިހާރު އަންނަނީ އައިޖީއެމްއެޗްގައި ފަރުވާދެމުންނެވެ.

.jpg&w=3840&q=75)
