logo
Bank of Maldives

Bank of Maldives

ދުނިޔެ

ޖަޕާނުގެ ބޮޑުވަޒީރަކަށް ޝިގެރޫ އިޝިބާ

އައިޝަތު އަޙްމަދުއައިޝަތު އަޙްމަދު
27 ސެޕްޓެމްބަރު 2024 - 08:01
 ޖަޕާނުގެ ބޮޑުވަޒީރަކަށް ޝިގެރޫ އިޝިބާ

ޖަޕާނުގެ ވެރިކަން ކުރާ ލިބަރަލް ޑިމޮކްރެޓިކް ޕާޓީ (އެލްޑީޕީ)ގެ ލީޑާޝިޕް އިންތިހާބު ޝިގެރޫ އިޝިބާ ކާމިޔާބުކުރައްވައިފިއެވެ.

ޝިގެރޫ ކުރި ހޯއްދެވީ އިކޮނޮމިކް ސެކިއުރިޓީ މިނިސްޓަރު ސަނާ ޓަކާޗީ، 63، ގެ މައްޗަށް ކުރި ހޯއްދަވައިގެންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަލްޖަޒީރާގެ ރޮބް މެކްބްރައިޑް ބުނީ މިއީ އެލްޑީޕީގެ ތަޖުރިބާކާރު ބޭފުޅެއްގެ ގޮތުގައި ބެލެވޭ އިޝިބާއަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ. މިއީ އެލްޑީޕީގެ އެންމެ އިސް މަގާމު ހޯދަން އޭނާ މަސައްކަތް ކުރި ފަސް ވަނަ މަސައްކަތެވެ.

ލީޑާޝިޕް ރޭސް ކާމިޔާބު ކުރެއްވި ނަމަ ތައިޗީ ވެގެން ދިޔައީ ޖަޕާނުގެ ފުރަތަމަ އަންހެން ބޮޑުވަޒީރަށެވެ.

ބޮޑުވަޒީރު ފުމިއޯ ކިޝިދާ އިސްތިއުފާ ދެއްވަން ނިންމެވިކަން އިއުލާން ކުރެއްވީ ޕާލަމެންޓުގެ އެންމެ ބޮޑު ޕާޓީ ކަމަށްވާ އެލްޑީޕީގެ ތެރޭގައި ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކެއް ފެންމަތިވެފައި ވަނިކޮށެވެ.

އިޝިބާ އަކީ އާންމުންގެ މެދުގައި މަގުބޫލު މީހެއް ނަމަވެސް އެލްޑީޕީގެ އެންމެ އިސް މަގާމު ހޯދުމުގައި ހަތަރު ފަހަރެއްގެ މަތިން ވަނީ ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފަ އެވެ.

އިޝިބާގެ ކެމްޕެއިންގައި ސަލާމަތީ ކަންކަމަށް ވަރަށް ބޮޑަށް އަލިއަޅުވާލާފައިވާއިރު، ޖަޕާނުގައި އެމެރިކާއިން ބޭނުންކުރާ މަރުކަޒުތައް އިތުރަށް ބެލެހެއްޓުމަށް ބާރު އަޅުއްވާނެ ކަމުގެ އިޝާރާތެއް އޭނާ ވަނީ ދެއްވާފައެވެ. އޭނާ ފެންނަނީ ޑިފެންސް އެކްސްޕާޓެއްގެ ގޮތުގަ އެވެ. އޭނާ ވަނީ އޭޝިއާ ސްޓައިލްގެ ނޭޓޯއެއް އުފެއްދުމަށްވެސް ހުށަހަޅާފައެވެ.

އިގްތިސާދާ ގުޅޭ ގޮތުން އޭނާ ވަނީ ބޭންކް އޮފް ޖަޕާނުގެ މެވަރިކް އިންޓްރެސްޓް ރޭޓް ޕޮލިސީއާ މެދު ސުވާލު އުފައްދަވައިފަ އެވެ. ކުރީގެ އެގްރިކަލްޗަރ މިނިސްޓަރެއްގެ މަގާމުގައި ހުންނެވި އިޝިބާ ވެސް ވަނީ ރަށްރަށުގެ އާބާދީ ގެއްލުވާލުމަށް އިތުރު މަސައްކަތްތަކެއް ކުރުމަށް ގޮވާލައްވާފައެވެ.

އެލްޑީޕީގެ ރައީސުން ތިން އަހަރު ވަންދެން ވެރިކަމުގައި ތިއްބަވާއިރު، ސީދާ ތިން ދައުރަކަށް ވެރިކަން ކުރެއްވޭނެ އެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފަހަތުން އަރައި ތިން ގޯލުޖަހައި ވަރުގަދަ ބްރެޒިލް ބަލިކޮށް ޖަޕާނު ތާރީޚުގެ ތެރެއަށްކުޅިވަރު | 9 ގަޑިއިރު ކުރިންއިންސާނީ ވަސީލަތް ތަރައްޤީކުރުމަށް ޖަޕާނުން ރާއްޖެއަށް 194 މިލިޔަން ޔެންގެ ހިލޭ އެހީއެއްޚަބަރު | 4 މަސް ކުރިން ޖަޕާނުގެ ބޮޑުވަޒީރަކަށް ޝިގެރޫ އިޝިބާދުނިޔެ | އަހަރެއް ކުރިންޖަޕާނުގައި ދަނޑުވެރިކަން ކިޔެވުމުގެ ފުރުޞަތު ހުޅުވާލައިފި ޚަބަރު | އަހަރެއް ކުރިން