logo
ޚަބަރު

ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުގެ އާ ވެބްސައިޓު އިފްތިތާޙްކޮށްފި

މުހައްމަދު މޫސާމުހައްމަދު މޫސާ
11 ސެޕްޓެމްބަރު 2025 - 10:20
ޤުރުއާނާއި ބެހޭ މަރުކަޒުގެ އާ ވެބްސައިޓު އިފްތިތާޙްކޮށްފި

ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުގެ އާ ވެބްސައިޓު މިއަދު ރަސްމީކޮށް އިފްތިތާޙްކޮށްފިއެވެ.

އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވުނު ހާއްސަ ރަސްމިއްޔާތެއްގައި ވެބްސައިޓު އިފްތިތާޙްކޮށްދެއްވީ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި އާ ވެބްސައިޓަކީ މިހާތަނަށް ޤުރުއާނާއި ބެހޭ މަރުކަޒަށް ތަޢާރަފުކުރެވުނު އެންމެ ފެންވަރު ރަނގަޅު އަދި އާންމުންނަށް ގިނަ ފަސޭހަތަކެއް ލިބިގެންދާނެ ވެބްސައިޓެކެވެ. މި ވެބްސައިޓު މެދުވެރިކޮށް މަރުކަޒުން ހިންގާ ކޯސްތަކާއި، ޤުރުއާން މުބާރާތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ފަސޭހައިން ލިބިގެންދާނެއެވެ.

މީގެއިތުރުން، މި ވެބްސައިޓުގެ ޒަރީޢާއިން މަރުކަޒުގެ އެންމެހާ ޚަބަރުތަކާއި މަޢުލޫމާތުތައް އާންމުންނަށް ލިބޭނެ މަގު ތަނަވަސްވެގެންދާނެއެވެ. މިއީ މަރުކަޒުގެ ޚިދުމަތްތައް ޒަމާނީ ވަސީލަތްތަކާ ގުޅުވައިލުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަން ފާހަގަކުރެވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުގެ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށާއި، ކީރިތި ޤުރުއާނުގެ ޢިލްމު ފެތުރުމަށް ޚާއްސަ އިސްކަމެއް ދެއްވަމުން ގެންދަވައެވެ. މިގޮތުން ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުގެ ފެންވަރު މަތިކުރުމާއި، ޙާފިޡުންގެ ދަސްވެނިވުމުގެ ޚާއްސަ ރަސްމިއްޔާތެއް ބޭއްވުން ފަދަ މުހިންމު މަސައްކަތްތަކެއް ވަނީ ފެށިފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

''ނަމާދުކުރާ މީހާ ހުތުރުކަންބޮޑު ފާފަތަކާއި، މުންކަރާތްތަކާ ދުރުހެލިވާނެ''ޚަބަރު | 2 ދުވަސް ކުރިންޤުރުއާނާއި ބެހޭ މަރުކަޒުގެ އާ ވެބްސައިޓު އިފްތިތާޙްކޮށްފިޚަބަރު | 3 ދުވަސް ކުރިންއަމިއްލަ ފަރާތްތަކުން ބިނާ ކުރާ މިސްކިތްތައް 2 އަހަރުތެރޭ ނިންމަޖެހޭ ގޮތަށް އުސޫލެއް ކަނޑައަޅައިފިޚަބަރު | 5 ދުވަސް ކުރިންދިގުރަށު މިސްކިތްގެ މަސައްކަތް ނުހުއްޓޭ، ފަތުރަނީ ދޮގު ވާހަކަތަކެއް: މިނިސްޓަރު ޝަހީމްޚަބަރު | 10 ދުވަސް ކުރިން