logo
ޚަބަރު

ޓެރަރިޒަމް މައްސަލައެއްގައި މާލޭގެ ތަންތަން ބަލާ ފާސްކުރަނީ

އާމިނަތު ޝަފާ
11 ސެޕްޓެމްބަރު 2025 - 13:11
ފުލުހުންގެ މައި މަރުކަޒު
ފުލުހުންގެ މައި މަރުކަޒު

ޓެރަރިޒަމާއި ގުޅުން ހުރި މައްސަލައެއްގައި މާލޭގެ ތަންތަން ބަލާ ފާސްކުރަން ފުލުހުން އޮޕަރޭޝަނެއް ފަށައިފިއެވެ.

ފުލުހުން  ބުނީ ޝަރީއަތް ހިނގަމުންދާ މައްސަލައެއްގެ ހެކިންނަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގެ ތަހުގީގަށް މާލޭގައި ފުލުހުންގެ އޮޕަރޭޝަނެއް ހިނގަމުންދާ ކަމަށާއި މި އޮޕަރޭޝަނުގައި މިއަދު ހެނދުނުން ފެށިގެން މާލޭގެ އެކި ސަރަހައްދުތައް ފުލުހުން އަންނަނީ ބަލައި ފާސްކުރަމުންކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި އޮޕަރޭޝަނުގެ ދަށުން 34 އަހަރުގެ ދިވެހި ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އޭނާ ދިރިއުޅޭ ތަން ކޯޓު އަމުރެއްގެ ދަށުން ބަލައި ފަސްކޮށް ޑިޖިޓަލް ޑިވައިސްތަކެއް ހިފެހެއްޓިފައިވާކަމަށާއި އޭގެ އިތުރުން މި މައްސަލައިގައިގެ ތުހުމަތުގައި އިތުރު 2 މީހެއގެ ޑިޖިޓަލް ޑިވައިސްތައްވެސް ކޯޓު އަމުރެއްގެ ދަށުން ހިފެހެއްޓިފައިވާކަމަށް ފުލުހުން މައުލޫމާތުދެއެވެ.

މި މައްސަލަ ފުލުހުންދަނީ ތަހުގީގުކުރަމުންނެވެ.

އެނގިފައިވާގޮތުގައި ފުލުހުން ޓެރަރިޒަމް އޮޕަރޭޝަން ފެށީ 2020 ވަނަ އަހަރުގެ ފަހުކޮޅު ތިމަރަފުށީ ސްކޫލު ގޮއްވާލަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކޮށް، ދައުވާ ކޮށްފައިވާ މީހަކު ހެއްކަކަށް ނުފޫޒު ފޯރުވަން އުޅުމާ ގުޅިގެންނެވެ.

އެ އޮޕަރޭޝަނުގައި މިއަދު ހެނދުނުން ފެށިގެން މާލޭގެ އެކި ސަރަހައްދުތައް އަންނަނީ ބަލައި ފާސްކުރަމުންނެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މާލޭގައި ބަނގުރަލުގެ ވިޔަފާރިކުރަމުންދިޔަ ދެ ބިދޭސީއަކު ޑީޕޯޓްކޮށްލަނީޚަބަރު | 9 ގަޑިއިރު ކުރިންވަގަށް ނެރުނު ސިނގިރޭޓްތަކަށް 20 މިލިއަން ރުފިޔާ ދައްކަން ހުކުމްކޮށްފިޚަބަރު | ދުވަހެއް ކުރިންޓެރަރިޒަމް މައްސަލައެއްގައި މާލޭގެ ތަންތަން ބަލާ ފާސްކުރަނީޚަބަރު | 2 ދުވަސް ކުރިންކުޅުދުއްފުށި ސިޓީގައި ޓެކްސީ ޑްރައިވަރުންގެ ތަމްރީން ފަށައިފިޚަބަރު | 3 ދުވަސް ކުރިން