މާލޭގައި ބަނގުރަލުގެ ވިޔަފާރިކުރަމުންދިޔަ ދެ ބިދޭސީއަކު ޑީޕޯޓްކޮށްލަނީ
13 ސެޕްޓެމްބަރު 2025 - 06:35

މާލޭގައި ގަވާއިދާ ހިލާފަށް ބަނގުރަލުގެ ވިޔަފާރިކުރަމުން ދިޔަ ބަންގްލަދޭޝްގެ ދެ މީހަކު ހައްޔަރުކޮށް، ޑީޕޯޓުކުރުމަށް އިމިގްރޭޝަނާ ހަވާލުކޮށްފިއެވެ.
ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި މަހުގެ 10 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކުރެވުނު ދެ މީހުންނަކީ 47 އަހަރުގެ މޮނު ހައުލޭޑާއި 25 އަހަރުގެ ސަކީބް މިއާ އެވެ. އެ ދެމީހުންނަކީ ވެސް ބަންގްލަދޭޝް ދެމީހުންނެވެ.

Ad by Hajj Corporation
ފުލުހުން ބުނި ގޮތުގައި މި ދެމީހުން ހައްޔަރުކޮށްފައިވަނީ މާލޭ މަގުމަތިން ސައިކަލެއްގައި ދަނިކޮށް ހުއްޓުވައި ބަލައިފާސްކުރުމަށް ފަހުއެވެ.ފުލުހުން ހިންގި މި އޮޕަރޭޝަނުގައި އެ މީހުން ދުއްވި ސައިކަލާއި އެ މީހުން ދިރިއުޅޭ ގެ ބަލައިފާސްކުރުމުން 317 ފުޅި ބަނގުރަލާއި، ކުށްކޮށްގެން ހޯދާފައިވާ ކަމަށް ތުހުމަތުކުރެވޭ 9،000 ރުފިޔާއަށް ވުރެ ގިނަ ޢަދަދެއްގެ ފައިސާ ވަނީ ފެނިފައެވެ.
މި ތަކެތި މިހާރުވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ. މި މައްސަލައިގައި ހައްޔަރުކުރެވުނު ދެ ބިދޭސީން ދުއްވި ސައިކަލު ވެސް ވަނީ ޓޯކޮށްފައެވެ. އަދި މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވ.