logo
ޚަބަރު

ފުރުވާލި ބިދޭސީންގެ ތެރޭގައި ގާނޫނާ ހިލާފުވި މީހުންނާއި އަމިއްލައަށް އެދިގެން ފޮނުވާލި މީހުން ހިމެނޭ

އާމިނަތު ޝަފާ
12 ސެޕްޓެމްބަރު 2025 - 11:26
ރާއްޖޭގައި އުޅޭ ބިދޭސީންތަކެއް، ފޮޓޯ: އިމިގްރޭޝަން
ރާއްޖޭގައި އުޅޭ ބިދޭސީންތަކެއް، ފޮޓޯ: އިމިގްރޭޝަން

ޖުލައި މަހުގެ ނިޔަލަށް 8،000 އަަށްވުރެ ގިނަ ބިދޭސީން ފުރުވާލާފައިވާކަމަށާއި މީގެ ތެރޭގައި ގާނޫނާ ހިލާފުވި މީހުންނާއި އަމިއްލައަށް އެދިގެން ފޮނުވާލި މީހުން ހިމެނޭކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.

ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އިމިގްރޭޝަނާއި ދާޚީލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވުޒާރާ ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ދެނެގަތުމަށް އިމިގްރޭޝަނުން ދަނީ މާލެ ސަރަހައްދާއި އަތޮޅުތެރޭގައިވެސް ޚާއްސަ ރެއިޑް އޮޕްރޭޝަންތައް ހިންގަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

އިމިގްރޭޝަނުން ބުނީ 2023 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ 17 ވަނަ ދުވަހުން ފެށިގެން މިހާތަނަށް ޤަވާއިދާ ޚިލާފަށް އުޅުނު 8،000 އަށް ވުރެ ގިނަ ބިދޭސީން ފޮނުވާލެވިފައިވަކަމަށެވެ.

އިމިގްރޭޝަނުން ފޮނުވާލި ބިދޭސީންގެ ތެރޭގައި ރާއްޖޭގައި ޤަވާއިދާއި ޚިލާފަށް ވިޔަފާރިކުރާ މީހުންނާއި ޑޮކިއުމަންޓްތައް ފުރިހަމަ ނޫން މީހުން ގިނަ އަދަދަކަށް ހިމެނެއެވެ.

ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން ކުރައްވާ މަސައްކަތުގެ ފުރަތަމަ މަރުހަލާގެ ދަށުން "އޮޕަރޭޝަން ކުރަނގި" ފަށާފައިވަނީ މިދިޔަ އަހަރުގެ މެއި މަހުގެ 3ވަނަ ދުވަހުއެވެ. 

ބިދޭސީ މަސައްކަތްތެރިންނާމެދު އިހުމާލުވާ ފަރާތްތަކާމެދު މި މަހުގެ 15ވަނަ ދުވަހުން ފެށިގެން ފިޔަވަޅު އަޅަންވެސް ސަރުކާރުން މިހާރުވަނީ ނިންމައިފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މާލޭގައި ބަނގުރަލުގެ ވިޔަފާރިކުރަމުންދިޔަ ދެ ބިދޭސީއަކު ޑީޕޯޓްކޮށްލަނީޚަބަރު | 8 ގަޑިއިރު ކުރިންމާލޭގައި ގަވައިދާ ހިލާފަށް އުޅެމުން ދިޔަ 3 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށްޚަބަރު | 10 ގަޑިއިރު ކުރިން ފުރުވާލި ބިދޭސީންގެ ތެރޭގައި ގާނޫނާ ހިލާފުވި މީހުންނާއި އަމިއްލައަށް އެދިގެން ފޮނުވާލި މީހުން ހިމެނޭޚަބަރު | ދުވަހެއް ކުރިންބިދޭސީން ރެގިއުލޭޓުކުރުމަށް މާސް ޕްރޮގްރާމެއް ފަށަނީޚަބަރު | 10 ދުވަސް ކުރިން