logo
Bank of Maldives

Bank of Maldives

ޚަބަރު

ކުޅުދުއްފުށި ސިޓީގައި ޓެކްސީ ޑްރައިވަރުންގެ ތަމްރީން ފަށައިފި

ނުހާ އަޙްމަދު
10 ސެޕްޓެމްބަރު 2025 - 11:18
ފޮޓޯ--// ފުލުހުން
ފޮޓޯ--// ފުލުހުން

ޓެކްސީ ޑްރައިވަރުން ތަމްރީނުކުރުމާއި ތާޒާކުރުމުގެ ސިލްސިލާ ޕްރޮގްރާމުގެ 4 ވަނަ ޕްރޮގްރާމް ކުޅުދުއްފުށީގައި މިއަދު ފަށައިފިއެވެ.

މިޕްރޮގްރާމުގައި 59 ޑްރައިވަރުން ބައިވެރިވެއެވެ.

ޓެކްސީ ޑްރައިވަރުން ތަމްރީނުކުރުމާއި ތާޒާކުރުމުގެ މި ޕްރޮގްރާމަކީ ޓެކްސީގެ ހިދުމަތަށް އަލަށް ނުކުންނަ މީހުންނާއި ޓެކްސީ ޑްރައިވަރުންގެ ގޮތުގައި މިހާރުވެސް ހަރަކާތްތެރިވާ މީހުން އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތަކަށް އިތުރަށް އަހުލުވެރިކުރުވުމަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ، މި ޕްރޮގްރާމުގައި، އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތަކާ ގުޅޭގޮތުން މައުލޫމާތު ދޭނެކަމަށެވެ. އަދި އެކްސިޑެންޓުތަކާއި މަގުމަތީގައި ދިމާވާ އެކި މައްސަލަތައް ހައްލުކުރުމުގައި ޓެކްސީ ޑްރައިވަރުންގެ ދައުރާއި އެކްސިޑެންޓްތައް މަދުކުރެވޭނެ ގޮތްތަކާ ބެހޭގޮތުން މަޢުލޫމާތުދެވޭނެކަމަށް ފުލުހުން ވިދާޅުވިއެވެ.

މި ތަމްރީނުތައް ކުރިއަށްދާނީ މިމަހުގެ 10 ވަނަ ދުވަހުން ފެށިގެން 11 ވަނަ ދުވަހުގެ ނިޔަލަށެވެ. މިފަހަރުގެ ތަމްރީނުގައި 59 ޑްރައިވަރުން ބައިވެރިވެއެވެ.

ޓެކްސީ ޑްރައިވަރުން ތަމްރީން ކުރުމާއި ތާޒާކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމުތައް ސިލްސިލާ ގޮތެއްގައި ފުލުހުން ކުރިއަށްގެންދެއެވެ. އެގޮތުން މިއަހަރުގެ ޖެނުއަރީ މަހުވެސް މި ތަމްރީނުތައް ކުރިއަށްގެންގޮސްފައިވެއެވެ. މި ތަމްރީނުތަކަކީ ޓެކްސީ ޑްރައިވަރުން ޓެކްސީކުރުމުގެ ލައިސަންސަށް އެދޭއިރު ފުރިހަމަ ކުރުމަށް ގަވާއިދުގައި ލާޒިމުކުރާ ތަމްރީނެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސަރުކާރުގެ ޓެކްސީ ލައިން: ރައްޔިތުންގެ ތަކުލީފުތަކަށް ލުޔެއް - ޑްރައިވަރުންގެ ހައްގުތައް ކަށަވަރުކުރުމަށް ރަނުގެ ފުރުސަތެއް!ރިޕޯޓް | 4 ގަޑިއިރު ކުރިންއދ. ދިގުރަށުން ގިނަ އަދަދެއްގެ ބަނގުރާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިޚަބަރު | ދުވަހެއް ކުރިންވަގަކު އަތުން ހޯދި ވަޅޯ މަސްތަކަކާއި ބަށިތަކެއްގެ ވެރިފަރާތް ހޯދަނީޚަބަރު | 2 ދުވަސް ކުރިންގިނައަދަދެއްގެ މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފިޚަބަރު | 2 ދުވަސް ކުރިން