logo
ކުޅިވަރު

ޗެލްސީވެސް ސިޓީއާއެކު ދަންމަޅި އަމިއްލަ ކަރަށް މަހައިފި! މިފަހަރު 75 ދަޢުވާ

އަބްދުﷲ ޣާނިމް
11 ސެޕްޓެމްބަރު 2025 - 12:59
ޗެލްސީވެސް ސިޓީއާއެކު ދަންމަޅި އަމިއްލަ ކަރަށް މަހައިފި! މިފަހަރު 75 ދަޢުވާ

އޭޖެންޓުންނާއި، އިންޓަރމީޑިއަރީންނާއި، ކުޅުންތެރިންގެ ތިންވަނަ ފަރާތުގެ އިންވެސްޓްމަންޓްތަކާ ގުޅޭ ގޮތުން އިނގިރޭސި ފުޓްބޯޅަ އެސޯސިއޭޝަން (އެފްއޭ)ގެ ގަވާއިދުތަކާ ޚިލާފުވި 74 މައްސަލައެއްގެ ދަޢުވާ ޗެލްސީއަށް ކުރިމަތިވެއްޖެއެވެ.

ޓޮޑް ބޯލީ އާއި ކްލިއަރލޭކް ކެޕިޓަލްގެ ޕްރައިވެޓް އިކުއިޓީ ފަރމް އިސްވެ ހިމެނޭ ކޮންސޯޓިއަމްއަކުން 2022 ވަނަ އަހަރުގެ މެއި މަހު ކްލަބް ގަތުމަށްފަހު، ރޯމަން އެބްރަމޮވިޗްގެ ވެރިކަމުގައި ހިންގާފައިވާ ހިސާބުތަކުގައި ހުރި މައްސަލަތައް ފާހަގަކޮށް، އެކަން ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީގެ ތެރޭގައި ޗެލްސީއިން ހަޒާޑް އާއި ވިލިއަމްފަދަ ކުޅުންތެރިންގެ ސޮއި ހޯދުމަށް އުސޫލުން ބޭރުން ލާރި ޚަރަދު ކުރި މައްސަލަތަކެއްވެސް މީގެތެރޭގައި ހިމެނިފައިވެއެވެ.

މި ދަޢުވާތައް ކުރެވިފައިވަނީ 2009 އިން 2022 އަށް ހިނގި ކަންކަމާ ގުޅިގެން ނަމަވެސް، މައިގަނޑު ގޮތެއްގައި އެ ދަޢުވާތައް އަމާޒުވަނީ 2010 އިން 2016 އަށް ހިނގި މުޢާމަލާތްތަކަށެވެ. މި ދަޢުވާތަކަށް ޖަވާބުދާރީވުމަށް ޗެލްސީއަށް ސެޕްޓެމްބަރު 19 ގެ ނިޔަލަށް ވަގުތު ދެވިފައިވެއެވެ.

މިއަދު ޗެލްސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ކްލަބުން އަމިއްލައަށް ރިޕޯޓުކުރި މައްސަލަތަކާ ގުޅިގެން އެފްއޭ އާއެކު ކުރަމުންދާ މަސައްކަތް ނިމުމަކާ ހަމައަށް އަންނަމުންދާ ކަމަށެވެ. އަދި މި މައްސަލަތައް ބެލުމުގައި ކްލަބުން ވަނީ މިހާތަނަށް ދެކެފައިނުވާ ފަދަ ހާމަކަން ބޮޑު ގޮތެއްގައި އެފްއޭ އާއެކު މަސައްކަތްކޮށްފައިވާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

އެފްއޭގެ ގަވާއިދުތަކާ ޚިލާފުވި ކަމަށް ބެލެވޭ މައްސަލަތަކުގެ ތެރޭގައި، ހުއްދަ ނެތް އޭޖެންޓުންގެ ޚިދުމަތް ބޭނުންކުރުމާއި، މުޢާމަލާތްތަކުގެ ޙަޤީޤަތް އޮޅުވާލުން ނުވަތަ ފޮރުވުމުގެ މައްސަލަތައް ހިމެނެއެވެ. މި މައްސަލަތަކާ ގުޅިގެން ޗެލްސީން ޖަވާބުދާރީވުމަށްފަހު، މިނިވަން ރެގިއުލޭޓަރީ ކޮމިޝަނަކުން މައްސަލަ ބަލައި، އަޅަންޖެހޭ ފިޔަވަޅުތައް ކަނޑައަޅާނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފަހުވަގުތުގެ ގޯލާއެކު ޗެލްސީ ހިފަހަށްޓައިފިކުޅިވަރު | 6 ގަޑިއިރު ކުރިންޗެލްސީވެސް ސިޓީއާއެކު ދަންމަޅި އަމިއްލަ ކަރަށް މަހައިފި! މިފަހަރު 75 ދަޢުވާކުޅިވަރު | 3 ދުވަސް ކުރިންބޮޑާހޭކުން ކާމިޔާބު، ޖެކްސަން ބަޔާން އަށް ސޮއިކޮށްފިކުޅިވަރު | 12 ދުވަސް ކުރިންފޮށިތަންމައްޗާއެކު މިއުނިކްގައި ހުއްޓާ އެނބުރި ގެޔަށް އަންނަން އެންގުމާއެކު ޖެކްޝަން ބޮޑާ ހާކަންފަށައިފިކުޅިވަރު | 14 ދުވަސް ކުރިން