logo
ޚަބަރު

އިންތިހާބާ ދިމާކޮށް އެމްޑީޕީން މަޝްރޫއުތައް ފެއްޓީ ގާތް ރައްޓެހިންނަށް ފައިސާ ދޭން: ފަލާހް

އާމިނަތު ޝަފާ
11 ސެޕްޓެމްބަރު 2025 - 16:33
ފަލާހް، ފޮޓޯ: މަޖިލިސް
ފަލާހް، ފޮޓޯ: މަޖިލިސް

ނިމިދިޔަ އިންތިހާބާ ދިމާކޮށް އިދިކޮޅު އެމްޑީޕީން ރަށްރަށުގައި މަޝްރޫއުތައް ފެއްޓީ ގާތް ރައްޓެހިންނަށް ފައިސާ ދިނުމަށްކަމަށް ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހް ވިދާޅުވެއްޖެއެވެ.

ފ. ފީއަލީ ކައުންސިލުގެ ދައުވަތަކަށް އިދިކޮޅު އެމްޑީޕީގެ ރައީސް އަދި ކުރީގެ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު މިއަދު އެރަށަށް ވަޑައިގެންފައިވާއިރު ފީއަލީގައި އެމްޑީޕީ ސަރުކާރުން ފެށި ހޮސްޕިޓަލުގެ މަސައްކަތް ހުއްޓާލާފައިވާކަމަށް ބުނެ ޝާހިދުވަނީ ސަރުކާރަށް ފާޑުކިޔާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޝާހިދުގެ މި ވާހަކަތަކަށް ރައްދު ދެއްވައި ފަލާހް ވަނީ ރިޔާސީ އިންތިހާބަށް ކަނޑަޖެހުމަށް އެމްޑީޕީގެ ސަރުކާރުގައި ކިތައް މަޝްރޫޢު ފެށިންތޯ ސުވާލުކުރައްވައި އެ މަޝްރޫއުތައް ހިންގަން ބަޖެޓުގައި ފައިސާ ނެތްނަމަވެސް އެ މަޝްރޫއުތައް ފެއްޓީ ގާތްރައްޓެހިންނަށް އެޑްވާންސް ފައިސާދޭންކަމަށް ވިދާޅުވެފައެވެ.
ފަލާހް ވިދާޅުވީ އެމްޑީޕީން މަޝްރޫއުތައް ހިންގީ އެ މަޝްރޫއުތައް ހިންގައި ނިންމުމުގެ ނިޔަތުގައި ނޫންކަމަށެވެ.


"ތިމަޝްރޫއުތަކަށް މަސައްކަތެއްނުކޮށް ގާތް ރައްޓެހިންނަށް ރިޔާސީ އިންތިޚާބަށް ޚަރަދުކުރަން ޝަރުތުކޮށް ނުހައްގުން ބަހާލީ ރައްޔިތުންގެ ފައިސާކަން ރައްޔިތުންނަށް ވަރަށްސާފު." ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހް


ފަލާހު އިތުރަށް ވިދާޅުވީ އެމްޑީޕީ ސަރުކާރުން ހުއްޓާލާފައިހުރި ހުރިހާ މަޝްރޫއުތަކެއް ރައްޔިތުން އެދޭގޮތަށް އިޚްލާސްތެރިކަމާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ނިންމާދޭނެކަމަށެވެ.


އަދި އިންތިހާބާ ދިމާކޮށް އެމްޑީޕީން ދެއްކި ކަހަލަ ދަޅައެއް ރައީސް ނުދައްކަވާނެކަމަށް ފަލާހް ވިދާޅުވިއެވެ.

ސަރުކާރުން އަންނަނީ ކުރީ ސަރުކާރުތަކުން ހިންގަން ފަށައި އެހެންނަމަވެސް ނުނިމި ހުރި މަޝްރޫއުތަކާއި އަދި މި ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައްވެސް ނިންމުމަށް މަސައްކަތްކުރަމުންނެވެ.

 

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފަލާހް ޒުވާނުންނަށް: ގަދަޔަށް ސޯޝަލް މީޑިއާ ބޭނުންކުރޭ، މީޑިއާ ބިލުން ނުރައްކަލެއްނެތް ޚަބަރު | 6 ގަޑިއިރު ކުރިންއިންތިހާބާ ދިމާކޮށް އެމްޑީޕީން މަޝްރޫއުތައް ފެއްޓީ ގާތް ރައްޓެހިންނަށް ފައިސާ ދޭން: ފަލާހް ޚަބަރު | 2 ދުވަސް ކުރިންޖަމީލާއި މަލީހަށް ކޮންމެ މަހަކު ބޮޑު މުސާރައެއް ޔާމީން ދެނީ ވަގަށްނަގާފައިވާ ރައްޔިތުންގެ ފައިސާއިން: ފަލާޙްޚަބަރު | 2 ދުވަސް ކުރިންސުލްޙައަށް ލޯބިކޮށް ތެދު ޚަބަރު ގެނެސްދެނީ 4 ނޫހަކުން: ފަލާޙްޚަބަރު | 9 ދުވަސް ކުރިން