logo
Bank of Maldives

Bank of Maldives

ޚަބަރު

ޖަމީލާއި މަލީހަށް ކޮންމެ މަހަކު ބޮޑު މުސާރައެއް ޔާމީން ދެނީ ވަގަށްނަގާފައިވާ ރައްޔިތުންގެ ފައިސާއިން: ފަލާޙް

ޢައްފާން މުޙައްމަދު
11 ސެޕްޓެމްބަރު 2025 - 06:14
ޖަމީލާއި މަލީހަށް ކޮންމެ މަހަކު ބޮޑު މުސާރައެއް ޔާމީން ދެނީ ވަގަށްނަގާފައިވާ ރައްޔިތުންގެ ފައިސާއިން: ފަލާޙް

ރައީސް އަބްދުﷲ ޔާމީންގެ އެންމެ އަރިސް ދެ ބޭފުޅުންގެ ގޮތުގައި ތިއްބަވާ ޑރ. މުޙައްމަދު ޖަމީލް އަޙްމަދާއި މުޙައްމަދު މަލީޙް ޖަމާލް އަށް. ކޮންމެ މަހަކު ބޮޑު މުސާރައެއް ރައީސް ޔާމީން ދެއްވަނީ، ރައްޔިތުންގެ ފައިސާއިން އެމަނިކުފާނު ވަގަށްނަގާފައިވާ ފައިސާއިންކަމަށް ރައްޔިތުންގެ އިނގުރައިދޫ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ޕާލިމެންޓަރީ ގުރޫޕުގެ ލީޑަރު އިބްރާޙީމް ފަލާޙް ވިދާޅުވެއްޖެއެވެ.

ފަލާޙް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޕީއެންސީއާ ގުޅިވަޑައިގަތުމަށް، "ޖަމީލުވެސް، މަލީހުވެސް، ޑީލް ހުށަހެޅި" ކަމަށާއި، އެހެންނަމަވެސް އެ ދެ ބޭފުޅުން ވެސް އެ ޕާޓީއާ ގުޅުމުގެ ފުރުސަތު ދިނުމަށް އެ ޕާޓީގެ ލީޑާޝިޕުން ނުރުހޭ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަދި ސިޔާސީ ގޮތުން ރައްޔިތުންގެ ތާއީދެއް ނެތް ދެ ބޭފުޅަކު ޕީއެންސީއާ ގުޅުމުގެ ފުރުސަތު ދިނުމުގެ ބޭނުމެއް ނެތްކަމަށް ވެސް ފަލާޙް ވިދާޅުވިއެވެ.

ފަލާޙް އިތުރަށް ވިދާޅުވީ، ކޮށްމެމަހަކު ޖަމީލާއި މަލީހަށް، މީހަކަށް 75،000 ރުފިޔާގެ މުސާރައެއް ރައީސް ޔާމީނު ދެއްވަނީ ރައްޔިތުންގެ ބައިތުލްމާލުން ކަމަށެވެ. އެއީ ރައީސް ޔާމީނު ވަގަށްނަގާފައިވާ އެތައްސަތޭކަ މިލިއަންރުފިޔާގެ ތެރެއިން ދޭ ފައިސާއެއްކަމަށް ފަލާޙް ތުހުމަތުކުރެއްވިއެވެ.

ރައީސް ޔާމީންގެ ގެކޮޅުގައި ސިލްސިލާ ގޮތެއްގައި ބާއްވާ ޖަލްސާތަކަށް އިޝާރާތްކުރައްވައި ފަލާހް ވިދާޅުވީ، "ސިޓިންގރޫމްގައި ޖަހާ ސަކަރާތް ބަޔަކަށް ނޭނގުނަސް އެކަން އޭނާއަށް އެނގިވަޑައިގަންނަވާ ކަމަށެވެ.

ވަގަށްނަގާފައިވާ ފައިސާތަކުގެ ވާހަކަ އޮއްބާލާ މަޢުސޫމް ކުށެއްނެތް ބައެއްގެ ބޮލަށް ހުރިހާކަމެއް ޖަހަން ރައީސް ޔާމީން އުޅުއްވާކަމަށް ވެސް ފަލާހްގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.

ނަމަވެސް "ތަފާތު ގޮތަކަށް ގޭމުކުޅެގެން" ކޮށްފައިހުރި ނުބައި ކަންތައްތައް އޮއްބާލަން ކުރާ ޕްލޭންތައް ފެއިލްވާނެކަން ކަށަވަރުވާކަމަށް ވެސް ފަލާހް ވިދާޅުވެފައިވެއެވެ.

ފަލާހްގެ ފާޑުކިޔުމާއި ބަހުގެ ހަމަލާތަކެއް ރައީސް ޔާމީނާއި މަލީހާއި ޖަމީލަށް އަމާޒުކުރައްވާފައިވާއިރު، އެ ތިން ބޭފުޅުން ވެސް ގެންދަވަނީ ޕީއެންއެފް އިން ބާއްވަމުން ގެންދާ ޖަލްސާތަކުގައި، ސަރުކާރުގެ އިސް ބޭފުޅުންނަށާއި ރައީސުލްޖުމްހޫރިއްޔާއަށް އަދި ޕީއެންސީގެ މަޖިލިސް މެމްބަރުންނަށް އެކިކަހަލަ ތުހުމަތުތައް ކޮށް، ހަޖޫޖަހައި، އެކިއެކި ވާހަކަދައްކަވަމުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައީސް ޔާމީނާ ދެކޮޅަށް ހުށަހެޅި އާ ހެކިތަކާ މެދު ގޮތެއް ނިންމުން އަންނަ މަހުޚަބަރު | 10 ދުވަސް ކުރިންރައްޔިތުން ދެކެނީ ޖަމީލަކީ ސީދާ ''ދެބޯބުރާންޗެއް'' ކަމަށް: ފަލާހްޚަބަރު | 14 ދުވަސް ކުރިންއެމްޑީޕީއާއިއެކު މަސައްކަތް ނުކުރައްވާނެކަމަށް ވިދާޅުވި ޔާމީންގެ ތާއީދާއެކު ވެސް ހިތަދޫން ވަނީ ސޯބެ ބަލިކޮށްލާފައި: ފަލާހްޚަބަރު | 18 ދުވަސް ކުރިންމަޖިލީހުގެ ނައިބު ރައީސްކަމަށް ވާދައެއް ނުކުރަން: އެމްޕީ ފަލާހްޚަބަރު | 24 ދުވަސް ކުރިން