އޮގަސްޓް މަހު މަގުމަތިން ހުއްޓުވި 5،800 އަށްވުރެ ގިނަ މީހުންގެ ކުށުގެ ރެކޯޑް އޮތް
11 ސެޕްޓެމްބަރު 2025 - 17:14

ހުސްވި އޯގަސްޓް މަހު މަގުމަތިން ހުއްޓުވި 5،800 އަށްވުރެ ގިނަ މީހުންގެ ކުށުގެ ރެކޯޑް އޮތްކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މާލެ ޕޮލިސް ކޮމާންޑުގެ ޑިޕާޓްމެންޓްތަކުން ކުރަމުންދާ މަސައްކަތުގެ ތެރެއިން މިދިޔަ މަހުގެ ތަފާސްހިސާބުުތައް އާއްމުކޮށްފައިވާއިރު މިދިޔަ މަހު 26،674 ތަނެއްގެ ލޮކޭޝަން ޗެކްކޮށްފައިވެއެވެ. އަދި ޖުމްލަ 999 ގަޑިއިރާއި އެއް މިނެޓް ވަންދެން ފުޓް ޕެޓްރޯލްކޮށްފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

Ad by Hajj Corporation
މި މަސައްކަތްތަކުގެ ތެރެއިން ހުއްޓުވައި ސުވާލު ކުރި މީހުންގެ އަދަދު 5،581 އަށް އަރާއިރު، އޭގެ ތެރެއިން 5،373 މީހެއްގެ ކުށުގެ ރެކޯޑް އޮތްކަމަށް ދައްކައެވެ.
މާލެ ސަރަހައްދަށް ބަލާއިރު މިދިޔަ މަހު ވިލިމާލެ ސަރަހައްދުގެ 8،760 ތަނެއްގެ ލޮކޭޝަން ޗެކްކުރިއިރު، 556 ގަޑިއިރާއި 64 މިނެޓް ވަންދެން ފުޓް ޕެޓްރޯލްކޮށްފައި ވެއެވެ.
އަދި މި އޮޕަރޭޝަނުގައި ހުއްޓުވައި ސުވާލު ކުރި މީހުންގެ އަދަދު 5،30 އަށް އަރާއިރު، އޭގެ ތެރެއިން 458 މީހެއްގެ ކުށުގެ ރެކޯޑް އޮތްކަން ވަނީ ހާމަވެފައެވެ.
މިދިޔަ މަހު މާލެ ސަރަހައްދުގައި ވިސިބިލިޓީ އެންޑް ޓްރެފިކް މެނޭޖްމެންޓް ހަ ޕޮއިންޓް ބަހައްޓައިގެން ހަރަކާތްތައް ބެލިއިރު، 127 ވެހިކަލް ޗެކްޕޮއިންޓް ބަހައްޓައިގެން ބަލާފައި ވެއެވެ. އަދި ވިލިމާލޭގައި 7 ވެހިކަލް ޗެކްޕޮއިންޓް ބަހައްޓައިގެން ބަލާފައި ވެއެވެ.
މާލެ ޕޮލިސް ކޮމާންޑުގެ ޑިޕާޓްމެންޓްތަކުން މިދިޔަ މަހު ރިކަވާ ކުރި މުދަލަށް ބަލާއިރު 90 ސައިކަލާއި، 19 ފޯނާއި، 4 އިލެކްޓްރޯނިކް ސާމާނުގެ އިތުރުން، 40 މައްސަލައެއްގައި ހިމެނޭ 329،530 ރުފިޔާވަނީ ހޯދާފައެވެ.
އަދި މިދިޔަ މަހު މާލެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް އުޅުނު 4 ބިދޭސީއަކު ފުލުހުން ވަނީ އިމިގްރޭޝަނާ ހަވާލުކޮށްފައެވެ.