logoEN
ޚަބަރު

އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 9.9 އިންސައްތަ އިތުރުވެއްޖެ

ރާއްޖެގެ މައި އެއާޕޯޓުގައި ފަތުރުވެރިންތަކެއް -- ފޮޓޯ/ އަވަސް

ރާއްޖެގެ މައި އެއާޕޯޓުގައި ފަތުރުވެރިންތަކެއް -- ފޮޓޯ/ އަވަސް

އާމިނަތު އަނާތު ތަލްޢަތުއާމިނަތު އަނާތު ތަލްޢަތު

27 ސެޕްޓެމްބަރު 2024 - 11:36

އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 9.9 އިންސައްތަ އިތުރުވެފައިވާ ކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އެ ވުޒާރާއިން އާންމުކުރި ފަތުރުވެރިކަމުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، މި އަހަރުގެ މިހާތަަނަށް ރާއްޖެއަށް 1,463,507 ފަތުރުވެރީން ޒިޔާރަތް ކޮށްފައިވާއިރު، ދުވާލެއްގެ މައްޗަށް ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރީންގެ އަދަދު މިވަނީ 5,461 އަރާފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ ޒިޔާރަތްކުރީ 1,331,314 ފަތުރުވެރިންނެވެ. މިއާއިއެކު ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު މިވަނީ 9.9 އިންސައްތަ އިތުރުވެފައެވެ.

މި އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނައިން ޒިޔާރަތްކުރީ ޗައިނާގެ ފަތުރުވެރިންނެވެ. އެގޮތުން މިއަހަރުގެ މިހާތަނަށް 214,102 ޗައިނާ ފަތުރުވެރީން ވަނީ ރާއްޖެ ޒިރާރަތްކޮށްފައެވެ. އަދި ރަޝިޔާގެ 159,129 ފަތުރުވެރީން ރާއްޖެ ޒިޔާރަތް ކޮށްފައިވާއިރު މިއީ ދެވަނައަށް އެންމެ ގިނަ ފަތުރުވެރީން ޒިޔާރަތް ކޮށްފައިވާ ޤައުމެވެ.

އެ ވުޒާރާއިން އާންމުކުރި ހިސާބުތަކުން ދައްކާގޮތުން، ރާއްޖޭގައި މިވަގުތު 175 ރިސޯޓަކުން ދަނީ 43,009 އެނދާއެކު ފަތުރުވެރިންނަށް ޚިދުމަތް ފޯރުކޮށްދެމުންނެވެ. އަދި 1,956 އެނދާއެކު 14 ހޮޓަލުން ޚިދުމަތް ފޯރުކޮށްދެމުން ދާއިރު، 14,975 އެނދާއެކު 887 ގެސްޓްހައުސްއިން ވެސް ދަނީ ޚިދުމަތް ފޯރުކޮށްދެމުންނެވެ.

މި އަހަރު ސަރުކާރުގެ އަމާޒަކީ، އަހަރު ނިމޭއިރު ރާއްޖެއަށް ދެ މިލިއަނަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރުމުގެ އަމާޒު ހާސިލްކުރުމެވެ.

315x437_placeholder

ކޮމެންޓް

871x217_placeholder