logo
މަސްދޯންޏެއްގައި ރޯވެ އަނދަނީBank of Maldives

Bank of Maldives

ޚަބަރު

ސަރުކާރުގެ ނިންމުމަށް އެއްބާރުލުންދޭނަން: މަޓާޓޯ

އަބްދުﷲ ޖަޒްލާންއަބްދުﷲ ޖަޒްލާން
28 އޯގަސްޓު 2024 - 06:44
ފޮޓޯ: މަޓާޓޯ
ފޮޓޯ: މަޓާޓޯ

ސަރުކާރުގެ ނިންމުމަށް އެއްބާރުލުންދޭނެކަމަށް ( މޯލްޑިވްސް އެސޯސިއޭޝަން ފޯ ޓްރެވަލް އޭޖެންޓްސް އެންޑް ޓުއަރ އޮޕަރޭޓާސް ) މަޓާާޓޯއިން ހާމަކޮށްފިއެވެ.

މި ޖަމުއިއްޔާއިން މިކަން ހާމަކޮށް ނެރުނު ބަޔާނެއްގައި ވަނީ މާލީ ޙާލަތު ރަނގަޅުކުރުމަށް ސަރުކާރުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކަށް އެ ޖަމުޢިއްޔާއިން ތާއީދުކުރައްވާކަމަށެވެ. އަދި މިކަމާއި މަޓާޓޯ ދެކޮޅުކަމަށްބުނެ ދެކެވޭ ވާހަކަތަކަކީ ހަގީގަތާއި ޚިލާފުވާހަކަތަކެއް ކަމަށެވެ. އަދި ޑޮލަރުން އާމްދަނީ ހޯދާ ކުންފުނިތަކުން ޑޮލަރުން ޓެކްސް ދައްކަން ޖެހޭ ގޮތަށް ގާނޫނަށް ގެންނަ އިސްލާހާއި މަޓާޓޯ އިން ދެކޮޅުކަމަށް ބުނެ ވާހަކަތައްވެސް އެޖަމުއިއްޔާއިން ވަނީ ދޮގުކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މަޓާޓޯ އިން ނެރުނު ބަޔާނުގައި ވާގޮތުން މިފަދައިން ގެނެވޭ އިސްލާހުގެ ސަބަބުން ޑޮލަރުގެ ދަތިކަން ލިބުމަށް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ. އަދި އޭގެ ފައިދާ އިގްތިސާދަށް ކުރާނެކަމަށާއި އެހެންކަމުން މިނިންމުމަށް އެޖަމުއިއްޔާއިން ފުރިހަމައަށް އެއްބާރުލުން ދޭނެކަމަށް ވެސް މަޓާޓޯގެ މިބަޔާނުގައި ވެއެވެ.

މީގެ އިތުރަށް އެޖަމުއިއްޔާިން ބުނީ މިހާރު މިއޮތް ހާލަތުން އަރައިގަތުމަށް ދައުލަތަށް މިހާރު އާމްދަނީ ހޯދާގޮތްތައް އިތުރަށް ހަރުދަނާ ކުރަންޖެހިފައިވާކަމަށާއި މާލީ ނިޒާމަށް ބަދަލުތަކެއް ގެންނަން ޖެހިފައިވާކަމަށެވެ. އަދި މިފިޔަވަޅުތައް އެޅުން މިހާރުވެސް ލަސްވެފައިވާކަމަށް ވެސް އެޖަމުއިއްޔާއިން ވަނީ ބުނެފައެވެ.

ސަރުކާރުން އިގްތިސާދު ނަގަހައްޓައި ހަރުދަނާކޮށް އަދި ކުރިއަރުވަން ކުރައްވާ ހުރިހާ ކަމެއްގައި މަޓާޓޯގެ ފުރިހަމަ ތާއީދާއި އެއްބާރުލުން ލިބޭނެކަމުގެ ފުރިހަމަ ޔަގީންކަން މިޖަމުއިއްޔާއިން ސަރުކާރަށް ދޭނެ ކަމަށް މިބަޔާނުގައި ވަނީ ބުނެފައެވެ.

2006 ވަނަ އަހަރު އުފެއްދުނު މި ޖަމުއިއްޔާއިން ވަނީ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށްޓަކައި ގިނަގުނަ އަގުހުރި މަަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން 1951 ވަނަ އަހަރު ޤާއިމްކޮށްފައިވާ ޕެސިފިކް އޭޝިޔާ ޓްރެވަލް އެސޯސިއޭޝަން، ޕާޓާ ޓްރެވަލް މާޓުގައި 2019 ވަނަ އަހަރު ބައިވެރިވެފައެވެ. އަދި ހަަމަ އެއަހަރު ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް އޯޓީއާރު ސައުތު އީސްޓް އޭޝިއާ ރޯޑް ޝޯވްގައި ވެސް މަޓާޓޯ އިން ވަނީ ބައިވެރިވެފައެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

"އޭއައި ޕްރޮޑަކްޓިވިޓީ ވޯކްޝޮޕް" ކާމިޔާބުކަމާއެކު ނިންމާލައިފިޚަބަރު | 5 ގަޑިއިރު ކުރިންކުރޫޒްލައިން "ކްއީން އޭން" އިން މިއަދު 2669 ފަތުރުވެރިން ރާއްޖެއަށްޚަބަރު | ދުވަހެއް ކުރިންރާއްޖޭގައި 98 ޕަސެންޓް ޓޫރިސްޓު އެނދު އޮޕަރޭޝަންގައި!ޚަބަރު | 2 ދުވަސް ކުރިންމި އަހަރު ދެވަނަ ފަހަރަށް ޓޫރިސްޓުންގެ ރެކޯޑު މުގުރާލައިފިޚަބަރު | 5 ދުވަސް ކުރިން