logo
މަސްދޯންޏެއްގައި ރޯވެ އަނދަނީBank of Maldives

Bank of Maldives

ޚަބަރު

ކުރޫޒްލައިން "ކްއީން އޭން" އިން މިއަދު 2669 ފަތުރުވެރިން ރާއްޖެއަށް

އައިޝަތު ނަޝާ
14 ފެބްރުއަރީ 2026 - 12:29
ކުރޫޒްލައިން "ކްއީން އޭން" އިން މިއަދު 2669 ފަތުރުވެރިން ރާއްޖެއަށް

އިނގިރޭސިވިލާތުގެ ކިއުނާޑް ލައިން ކުންފުނީގެ ކުރޫޒްލައިން ކްއީން އޭން މިއަދު ރާއްޖެއަށް އަތުވެއްޖެއެވެ.

މި ކްރޫޒްލައިނުން ރާއްޖެއަށް 2،669 ފަތުރުވެރިން ވަނީ އައިސްފައެވެ. މިއީ، މި ކްރޫޒްލައިނަރ ރާއްޖެއަށް އައި ފުރަތަމަ ފަހަރެވެ.

އިނގިރޭސިވިލާތުގެ ކިއުނާޑް ލައިން ކުންފުންޏަކީ، ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ކްރޫޒްލައިނަރއެއް ގެނައި ކުންފުންޏެވެ. ކުއިން އޭން ރާއްޖެ ގެނެސްފައިވަނީ، ސުޕަ ޔޮޓުތަކާއި، ކްރޫޒްލައިނަރތައް ރާއްޖެ ގެންނަ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޔޮޓް އެޖެންޓްސް (މާޔާ) އިންނެވެ.

އެސިސްޓެންޓް އިމިގްރޭޝަން އޮފިސަރ ޙުސައިން ނިޔާޒު ވިދާޅުވީ، އިމިގްރޭޝަނުގެ މުވައްޒަފުން ސީޝެލްސްއަށް ގޮސް ކްރޫޒްލައިނަރއިން ދަތުރުކުރި ހުރިހައި ފަތުރުވެރިންނަށާއި ފަސިންޖަރުންނަށް ކްލިއަރެންސް ދީފައިވާ ކަމަށެވެ.

ކުއީން "އޭން" އަކީ، ދިގުމިނުގައި 323 މީޓަރު އަދި ފުޅާމިނުގައި 36 މީޓަރު ހުންނަ އުޅަނދެކެވެ. މި ކްރޫޒްލައިންގައި 14 ފަންގިފިލާ ހުރެއެވެ.

މި އުޅަނދުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ކާބޯތަކެތި ލިބޭނެ 15 އަށްވުރެ ގިނަ ރެސްޓޯރެންޓް އާއި، ޚާއްޞަ ތިއޭޓަރެއް ވެސް ހުރެއެވެ. މި ތިއޭޓަރުގައި ފެންވަރު ރަނގަޅު ޝޯވތަކާއި، މިއުޒިކް އަދި ޑްރާމާތައް ކުރިއަށްދެއެވެ. މީގެ އިތުރުން އިޑްރޯތެރަޕީ ޕޫލްގެ އިތުރުން ޖިމް އަދި ފިޓްނަސް ސެންޓަރުތައްވެސް މި އުޅަނދުގައި ހުރެއެވެ.

ކްރޫޒްލައިނުން ރާއްޖެ އައި ފަތުރުވެރިން މިހާރު ވަނީ މާލެއަށް ފައިބާފައެވެ. މި ކްރޫޒްލައިން ރާއްޖެ އައިސްފައިވަނީ ސޭޝެލްސްއިންނެވެ. މި ކްރޫޒްލައިން ދެެން ދިއުމަށް ހަމަޖެހިފައިވަނީ، ސްރީލަންކާއަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިއީ، މިއަހަރު ރާއްޖެ އައި 5 ވަނަ ކްރޫޒްލައިނަރއެވެ. އާދިއްތަ ދުވަހުވެސް އިތުރު ކްރޫޒްލައިނަރއެއް ރާއްޖެ އައުމަށް ވަނީ ހަމަޖެހިފައެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކުރޫޒްލައިން "ކްއީން އޭން" އިން މިއަދު 2669 ފަތުރުވެރިން ރާއްޖެއަށްޚަބަރު | 3 ގަޑިއިރު ކުރިންރާއްޖޭގައި 98 ޕަސެންޓް ޓޫރިސްޓު އެނދު އޮޕަރޭޝަންގައި!ޚަބަރު | ދުވަހެއް ކުރިންމި އަހަރު ދެވަނަ ފަހަރަށް ޓޫރިސްޓުންގެ ރެކޯޑު މުގުރާލައިފިޚަބަރު | 5 ދުވަސް ކުރިންހަލާލު ފަތުރުވެރިކަމުގެ އިތުރުން ރިސޯޓު ތަރައްގީކުރުމަށް ހުޅުވާލައިފިޚަބަރު | 5 ދުވަސް ކުރިން