ރާއްޖޭގައި 98 ޕަސެންޓް ޓޫރިސްޓު އެނދު އޮޕަރޭޝަންގައި!
13 ފެބްރުއަރީ 2026 - 06:00

ދިވެހިރާއްޖޭގައި ހުރި ޓޫރިސްޓް ފެސިލިޓީތަކުގެ 98.4 ޕަސެންޓް އެނދު މިދިޔަ ހަފުތާގެ ނިޔަލަށް އޮޕަރޭޝަންގައި ހުރި ކަމަށް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓުން ހާމަކުރި ތަފާސްހިސާބުތަކުގައިވާ ގޮތުގައި ރާއްޖޭގައި މިވަގުތު ހުރި ޖުމްލަ ޓޫރިސްޓް އެނދުގެ އަދަދަކީ 68،095 (ފަސްދޮޅަސް އަށްހާސް ނުވަދިހަފަހެކެއެވެ.)
އޭގެ ތެރޭގައި 186 (ސަތޭކަ އަށްޑިހަހަ) ރިސޯޓުގައި ހުރި 45،893 (ސާޅީސްފަސް ހާސް އަށްސަތޭކަ ނުވަދިހަ ތިން) އެނދާއި 911 (ނުވަސަތޭކަ އެގާރަ) ގެސްޓްހައުސްގައި ހުރި 16،171 (ސޯޅަހާސް އެއްސަތޭކަ ހަތްދިހައެއް) އެނދުގެ އިތުރުން 169 (ސަތޭކަ ފަސްދޮޅަސްނުވަ) ޓޫރިސްޓް އުޅަނދުގައި ހުރި 3،433 (ތިންހާސް ހަތަރުސަތޭކަ ތިރީސްތިން) އެނދު އަދި 16 (ސޯޅަ) ހޮޓަލުގައި ހުރި 2،598 (ދެހާަސް ފަސްސަތޭކަ ނުވަދިހައަށް) އެނދު ހިމެނެއެވެ.
އެ މިނިސްޓްރީން ހާމަކުރި ގޮތުގައި މި ވަގުތު އޮޕަރޭޓް ކުރަމުންދަނީ 179 (ސަތޭކަ ހަތްދިހަނުވަ) ރިސޯޓާއި 911 (ނުވަސަތޭކަ އެގާރަ) ގެސްޓްހައުސް އާއި 169 (ސަތޭކަ ފަސްދޮޅަސްނުވަ) ޓޫރިސްޓް އުޅަނދު އަދި 16 (ސޯޅަ) ހޮޓަލެވެ.
މި ފެސިލިޓީތަކުގައި 67،009 (ފަސްދޮޅަސްހަތްހާސް ނުވަ) އެނދު ޓޫރިޒަމްގެ ބޭނުމަށް ދަނީ ހިންގަމުންނެވެ.

Ad by Hajj Corporation
މި ތަފާސްހިސާބުތަކުން އެނގިގެންދަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ގިނަ ވިޔަފާރިތައް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމެވެ.


