logo
މަސްދޯންޏެއްގައި ރޯވެ އަނދަނީBank of Maldives

Bank of Maldives

ޚަބަރު

"އޭއައި ޕްރޮޑަކްޓިވިޓީ ވޯކްޝޮޕް" ކާމިޔާބުކަމާއެކު ނިންމާލައިފި

މުޙައްމަދު އަފްރާޙް
15 ފެބްރުއަރީ 2026 - 06:57
"އޭއައި ޕްރޮޑަކްޓިވިޓީ ވޯކްޝޮޕް" ކާމިޔާބުކަމާއެކު ނިންމާލައިފި

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއަރ އޮޕަރޭޓާސް (މަޓާޓޯ) އިން، ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން ބޭއްވި "އޭއައި ޕްރޮޑަކްޓިވިޓީ ވޯކްޝޮޕް" ކާމިޔާބުކަމާއެކު ނިންމާލައިފި އެވެ.

އެއް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ޕްރޮގްރާމަކީ މަސައްކަތުގެ މާހައުލުގައި ރައްކާތެރިކަމާއި، ޒިންމާދާރުކަމާއެކު އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން އުފެއްދުންތެރިކަން އިތުރުކުރުމަށް ބޭއްވުނު ވޯކްޝޮޕެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފަތުރުވެރިކަމުގެ ވިޔަފާރިތަކުގައި އޭއައި ވަސީލަތްތައް ބޭނުންކުރާ މިންވަރު އިތުރުވަމުންދާތީ، މި ވޯކްޝޮޕްގައި ވަނީ ޑޭޓާގެ ރައްކާތެރިކަމާއި، އޭއައި ބޭނުންކުރުމުގައި އަމަލުކުރަންޖެހޭ އުސޫލުތަކާއި، މަސައްކަތުގެ މާހައުލުގައި މިފަދަ ވަސީލަތްތައް އެންމެ ފުރިހަމަ ގޮތުގައި ބޭނުންކުރާނެ ގޮތްތަކާ ގުޅޭގޮތުން މައުލޫމާތު ދީފަ އެވެ.

އޭއައި އަކީ މިހާރު ދުވަހުން ދުވަހަށް ކުރާ މަސައްކަތްތަކުގެ ތެރޭގައި ބޭނުންކުރާ ވަސީލަތަކަށްވުމާއެކު މި ޕްރޮގްރާމްގެ މައިގަނޑު މަގްސަދަކީ ފަތުރުވެރިންނާއި ވިޔަފާރިތަކުގެ މައުލޫމާތުގެ ސިއްރު ހިފަހައްޓަމުން، އޭއައި މެދުވެރިކޮށް މަސައްކަތުގެ ފެންވަރު މަތިކުރުމަށް ބޭނުންވާ އަމަލީ ހުނަރުތައް ދާއިރާގެ މުވައްޒަފުންނަށް ދަސްކޮށްދިނުމެވެ.

މި ވޯކްޝޮޕްގެ ތެރެއިން، ފަތުރުވެރިކަމުގެ ދާއިރާގެ އެކި ދާއިރާތަކުން މުއާމަލާތްކުރުމާއި، އިދާރީ ހިންގުމުގެ އިތުރުން ނިންމުންތައް ނިންމުމުގައި އޭއައިގެ އެހީތެރިކަން ހޯދޭނެ ގޮތްތަކާ ގުޅޭގޮތުން ބައިވެރިންނަށް އަމަލީ ތަޖުރިބާ ފޯރުކޮށްދީފައިވެ އެވެ.

ވޯކްޝޮޕްގައި އަލިއަޅުވާލި ދާއިރާތައް:

އޭއައިގެ ފަންޑަމެންޓަލްސް އަދި ޓޫލް ނެވިގޭޝަން: އޭއައި މަސައްކަތްކުރާ ގޮތް ދެނެގަތުމާއި، ރައްކާތެރި ޕްލެޓްފޯމްތައް ހިޔާރުކޮށް ޒިންމާދާރުކަމާއެކު ބޭނުންކުރުން.

ކޮމްޕިއަންސް، ޕްރައިވަސީ އަދި ރިސްކް މެނޭޖްމަންޓް: ރައްކާތެރިނޫން 'ޕްރޮމްޕްޓް' ތައް ދެނެގަތުމާއި، މައުލޫމާތު ލީކުވުން ހުއްޓުވުމާއި، ގާނޫނީ އަދި އަބުރަށް ލިބިދާނެ ގެއްލުންތަކުން ސަލާމަތްވުން.

ޑޭޓާ ހެންޑްލިންގް:  ސިއްރު މައުލޫމާތުތައް ފޮރުވުމާއި، ނޭނގި މައުލޫމާތު ހާމަވިޔަނުދީ ހިފެހެއްޓުން.

ޕްރޮމޯޓިން ޕްރޮޑަކްޓިވިޓީ: މަސައްކަތް އަވަސްކުރުމަށްޓަކައި އޭއައިއަށް އެންމެ އެކަށޭނަ އިރުޝާދުތައް ދޭނެ ގޮތާއި އުކުޅުތައް ދަސްކޮށްދިނުން.

މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ އޭއައިއަށް އަހުލުވެރިވެފައިވާ މިންވަރު ތަފާތުވިޔަސް، މެނޭޖަރުންނާއި، ސުޕަވައިޒަރުންނާއި، އެޑްމިނިސްޓްރޭޓިވް ޓީމުތަކުގެ އިތުރުން އޮޕަރޭޝަނަލް މުވައްޒަފުންނަށްވެސް އޭގެ ބޭނުން އެންމެ ފުރިހަމައަށް ހިފޭނެ ގޮތަކަށެވެ.

މޫކައި ހޮޓެލްގައި ބޭއްވި މި ވޯކްޝޮޕް ކުރިއަށްގެންގޮސްފައިވަނީ އޭސް ޓްރެވަލްސް މޯލްޑިވްސް، ރިސޯޓް ލައިފް ޓްރެވަލް އަދި މެންހަޓަން ބިޒްނަސް ހޮޓެލްގެ އެހީތެރިކަމާއެކުގަ އެވެ.

މީގެއިތުރުން ސިނާއަތުގެ ސްޓްރެޓީޖިކް ޕާޓްނަރުން ކަމަށްވާ ނޭޝަނަލް ހޮޓެލް އެންޑް ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް، ނޭޝަނަލް ބޯޓިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް، އިންޓަނޭޝަނަލް ހަލާލް ޓޫރިޒަމް އޮގަނައިޒޭޝަން، އަދި އިންޓަނޭޝަނަލް ސްޓޫޑަންޓް އައިޑެންޓިޓީ ކާޑް އިން މި ދާއިރާ ތަމްސީލުކުރުމުގައި ދެއްވާ އެއްބާރުލުން މަޓާޓޯއިން ފާހަގަކުރެ އެވެ.

މިފަދަ ހަރަކާތްތައް މެދުވެރިކޮށް މަޓާޓޯއިން އަމާޒު ހިފާފައިވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ފަންނީ ފެންވަރު މަތިކުރުމަށާއި، އަލަށް ތައާރަފުވާ ޓެކްނޮލޮޖީތަކަށް ދާއިރާގެ ބައިވެރިން އަހުލުވެރިކުރުވައި އިތުބާރާއެކު ކުރިއަށް ދިއުމަށް އެހީތެރިވެދިނުމަށެވެ.

ޕެސިފިކް އޭޝިއާ ޓްރެވަލް އެސޯސިއޭޝަންގެ ރާއްޖޭގެ ރަސްމީ ގޯފީގެ ހައިސިއްޔަތުން، މަޓާޓޯއިން ދަނީ ފަތުރުވެރިކަމުގެ ދާއިރާގައި އާ އީޖާދުތަކަށް ފުރުސަތު ހޯދައިދިނުމަށާއި، ޑިޖިޓަލް ވަސީލަތްތަކަށް އަހުލުވެރިކުރުވައި، ދާއިރާގެ ހިންގުން ހަރުދަނާކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

"އޭއައި ޕްރޮޑަކްޓިވިޓީ ވޯކްޝޮޕް" ކާމިޔާބުކަމާއެކު ނިންމާލައިފިޚަބަރު | 2 ގަޑިއިރު ކުރިންމަޓާޓޯއިން ޓޫރިޒަމްގެ ދާއިރާއަށް އަމާޒުކޮށް އުފެއްދުންތެރި ނަޒަރަކުން އޭއައި ބޭނުންކުރަން ދަސްކޮއްދޭ ވޯކްޝޮޕެއްޚަބަރު | މަހެއް ކުރިންމަޓާޓޯ އިން 2026 ވަނަ އަހަރުގެ "ދި މޯލްޑިވްސް ފައިންޑަރ" މަޖައްލާގެ މީޑިއާ ކިޓް ތަޢާރަފްކޮށްފިޚަބަރު | 2 މަސް ކުރިންމަޓާޓޯގެ ސީއީއޯގެ މަގާމަށް ބައްސާމް އައްޔަން ކޮށްފިޚަބަރު | 5 މަސް ކުރިން