logo
މަސްދޯންޏެއްގައި ރޯވެ އަނދަނީBank of Maldives

Bank of Maldives

ޚަބަރު

މަޓާޓޯގެ ސީއީއޯގެ މަގާމަށް ބައްސާމް އައްޔަން ކޮށްފި

ނުހާ އަޙްމަދު
29 ސެޕްޓެމްބަރު 2025 - 09:52
މަޓާޓޯގެ ސީއީއޯގެ މަގާމަށް ބައްސާމް އައްޔަން ކޮށްފި

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއާރ އޮޕަރޭޓާސް (މަޓާޓޯ) ގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ގެ މަގާމަށް މުހައްމަދު ބައްސާމް އާދަމް މިއަދު އައްޔަންކޮށްފި އެވެ. 

އެމްއެމްޕީއާރުސީގެ ކުރީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމު ވެސް އަދާކުރެއްވި ބައްސާމު، މަޓޯޓާގެ ސީއީއޯގެ މަގާމަށް ހަމަޖެއްސީ އެ މަގާމަށް ކުރިމަތިލި މީހުންގެ ތެރެއިން އިންޓަވިއު ކުރުމަށް ފަހު އެންމެ މަތިން މާކްސް އޭނާ އަށް ލިބުމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޓޫރިޒަމް ދާއިރާގެ އެކި މަސައްކަތްތަކުގައި 20 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖްރިބާ ލިބިފައިވާ ބައްސާމް އެމްއެމްޕީއާރްސީގައި ހުންނެވި ދުވަސްވަރު އޭނާ ވަނީ ޑެސްޓިނޭޝަން މާކެޓިން އަށް އިސްކަން ދެއްވައިފަ އެވެ.

ހޮސްޕިޓާލިޓީ ޓޫރިޒަމްގެ ދާއިރާއިން އިނގިރޭސިވިލާތުން މަތީ ތައުލީމް ހާސިލް ކުރައްވާފައިވާ ބައްސާމް ވަނީ، ރާއްޖެ އިސްތިހާރު ކުރަން ރާއްޖެ އާއި ރާއްޖެއިން ބޭރުގައި ހިންގި މާކެޓިން ގިނަ ހަރަކާތްތަކެއްގައި ބައިވެރިވެވަޑައިގެންފަ އެވެ. 

މަޓޯޓާގެ ސީއީއޯގެ މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި އާމިނަތު ސޫޒަން އިސްތިއުފާ ދެއްވުމުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

"އޭއައި ޕްރޮޑަކްޓިވިޓީ ވޯކްޝޮޕް" ކާމިޔާބުކަމާއެކު ނިންމާލައިފިޚަބަރު | 4 ގަޑިއިރު ކުރިންމަޓާޓޯ އިން 2026 ވަނަ އަހަރުގެ "ދި މޯލްޑިވްސް ފައިންޑަރ" މަޖައްލާގެ މީޑިއާ ކިޓް ތަޢާރަފްކޮށްފިޚަބަރު | 2 މަސް ކުރިންމަޓާޓޯގެ ސީއީއޯގެ މަގާމަށް ބައްސާމް އައްޔަން ކޮށްފިޚަބަރު | 5 މަސް ކުރިންމަޓާޓޯގެ ސީއީއޯކަމުން ސޫޒަން އިސްތިއުފާ ދެއްވައިފިޚަބަރު | 5 މަސް ކުރިން