logo
Bank of Maldives

Bank of Maldives

ޚަބަރު

މަޓާޓޯ އިން 2026 ވަނަ އަހަރުގެ "ދި މޯލްޑިވްސް ފައިންޑަރ" މަޖައްލާގެ މީޑިއާ ކިޓް ތަޢާރަފްކޮށްފި

އިސްމާޢިލް ރާތިޢު
29 ޑިސެމްބަރު 2025 - 13:47
މަޓާޓޯ އިން 2026 ވަނަ އަހަރުގެ "ދި މޯލްޑިވްސް ފައިންޑަރ" މަޖައްލާގެ މީޑިއާ ކިޓް ތަޢާރަފްކޮށްފި

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއަރ އޮޕަރޭޓަރސް (މަޓާޓޯ) އިން، 2026 އަހަރުގެ "ދި މޯލްޑިވްސް ފައިންޑަރ" މަޖައްލާގެ މީޑިއާ ކިޓް ތަޢާރަފް ކޮށްފިއެވެ.

މި މަޖައްލާގެ ފުރަތަމަ މީޑިއާ ކިޓް ތަޢާރަފްކޮށް ހުޅުވައިދެއްވީ އެސްއެމްއީ ޑިޖިޓަލްގެ މެނޭޖިންގ ޑިރެކްޓަރ ބަދުރުއްދީން ހަސަން އެވެ. ބަދުރުއްދީން ވިދާޅުވިގޮތުގައި މި މަޖައްލާ ވެގެންދާނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ތަރައްޤީކޮށް، ފަތުރުވެރިކަމުގެ ސިނާޢަތުގައި ދިވެހި ވިޔަފާރިތައް، އަދި ހާއްސަކޮށް ޓްރެވަލް އެޖެންސީތައް ފައިތިލަ ސާބިތުކޮށްލަން ލިބޭނެ ރަނގަޅު ފުރުސަތަކަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މަޖައްލާއަކީ އަހަރަކު އެއްފަހަރު ޕްރިންޓްކޮށް އަދި ޑިޖިޓަލް ކޮށް ނެރެން ހަމަޖެހިފައިވާ މަޖައްލާ އެކެވެ. އަދި "ދި މޯލްޑިވްސް ފައިންޑަރ 2026" އަކީ މަޓާޓޯގެ ރަސްމީ ފަތުރުވެރިކަމުގެ މަޖައްލާވެސް މެއެވެ. މި މަޖައްލާގެ މައިގަނޑު މަގްސަދަކީ، މަޓާޓޯގެ މެންބަރުން އިސްތިހާރުކުރުމުގެ އިތުރުން މި ސިނާޢަތުގައި މަސައްކަތްކުރަމުން ގެންދާ ދިވެހި ވިޔަފާރިތައް، ކަމާ ގުޅުންހުރި ބޭރުގެ ޓުއަރ އޮޕަރޭޓަރުންނާއި ޓްރެވެލް އެޖެންޓުންގެ އިތުރުން އެއަރލައިންތަކާއި، އިންވެސްޓަރުން އަދި ކަމުގެ ގޮތް ނިންމޭފަދަ ބޭފުޅުންނާއި ގުޅުވައިދިނުމެވެ.

މައިގަނޑު މާކެޓުތަކުން ބައިވެރިވުން އިތުރުކުރުމަށްޓަކައި، މި މަޖައްލާ މައިގަނޑު ގޮތެއްގައި ތައްޔާރުކުރެވެނީ އިނގިރޭސި ބަހުންނެވެ. ނަމަވެސް، ޔޫރަޕާއި، މެދު އިރުމައްޗާއި، ސީ.އައި.އެސް. ގައުމުތަކާއި، އޭޝިއާގެ ތެރޭގައި ހިމެނޭ ޓްރެވަލް ޓްރޭޑްގެ ފަންނާނުންނާ ސީދާ ގުޅުން ގާއިމުކުރުމަށް، އެޑިޓޯރިއަލް އަދި އިޝްތިހާރުގެ ބައެއް ކޮންޓެންޓް ޢަރަބި، ރަޝިޔާ އަދި ޗައިނާ ބަހުންވެސް ލިބެން ހުންނާނެއެވެ.

"ދި މޯލްޑިވްސް ފައިންޑަރ 2026" ބަހާނެ ގޮތްތަކުގެ ތެރޭގައި މުހިންމު ބައިނަލްއަގްވާމީ ފަތުރުވެރިކަމުގެ އެގްޒިބިޝަންތަކާއި ޓްރޭޑް ފެއާރތަކުގެ އިތުރުން، ރާއްޖެއިން ބޭރުގައި ކުރިއަށްދާ މިޝަންތަކާއި ރޯޑްޝޯތައް، މަޓާޓޯއިން އިންތިޒާމުކުރާ ހަރަކާތްތައް، އަދި ރިސޯޓުތަކާއި، ހޮޓާތަކާއި، އެއާޕޯޓުތަކާއި، ދައުލަތުގެ ކުންފުނިތަކާއި، ސަރުކާރުގެ މުއައްސަސާތައް ހިމެނެއެވެ. މިއީ ދުނިޔޭގެ ފެންވަރުގައި ޓްރެވަލް ޓްރޭޑްއަށް އިތުބާރު ހިފޭ B2B ރެފަރެންސެއްގެ ގޮތުގައި މި ޕަބްލިކޭޝަން ބަހައްޓާނެއެވެ.

ވިޔަފާރީގެ ކުރިއެރުންތަކަށް އެހީތެރިވުމަށްޓަކައި ތައްޔާރުކޮށްފައިވާ މި ޕަބްލިކޭޝަނުން އިޝްތިހާރުކުރާ ފަރާތްތަކަށް، ރާއްޖެއާ ގުޅުންހުރި މޮޅެތި ބްރޭންޑް ޕޮޒިޝަންތަކާއި، ޕްރިންޓް އަދި ޑިޖިޓަލް ދެ ޕްލެޓްފޯމް މެދުވެރިކޮށް ދިގު މުއްދަތުގެ އެކްސްޕޯޝަރއާއި، މާޓޯގެ ކޮމިއުނިކޭޝަން ޗެނަލްތަކުން އިތުރަށް ފެނިގެންދިއުމުގެ ފުރުސަތު ލިބިގެންދާނެއެވެ. 2026 ވަނަ އަހަރުގެ މި އެޑިޝަނުން ދިވެހި ފަތުރުވެރިކަމުގެ ޒަމާނީ އަދި ހުރިހާ އެންމެން ހިމެނޭ ތަފާތު ދިރާސާއެއް ހުށަހަޅާނެއެވެ. މީގެ ތެރޭގައި ތަފާތު ތަޖުރިބާތަކާއި، ކޮމިއުނިޓީގެ ވާހަކަތަކާއި، އަންހެނުންނާއި ޒުވާނުންގެ ލީޑަރޝިޕް، އަދި މި އިންޑަސްޓްރީއާ ބެހޭ މުހިންމު މައުލޫމާތާއި، މަޓާޓޯގެ މެމްބަރުންނާއި ފަތުރުވެރިކަމުގެ އުފެއްދުންތައް ހުށަހަޅައިދޭނެއެވެ.

"ދި މޯލްޑިވްސް ފައިންޑަރ 2026" ބައިނަލްއަގްވާމީ ފެންވަރުގައި ރަސްމީކޮށް އިފްތިތާހުކުރާނީ އައި.ޓީ.ބީ. ބަރލިން 2026 ގައެވެ. މިއީ ދުނިޔޭގެ ފެންވަރުގައި ފުޅާ ދާއިރާއެއްގައި ފެނިގެންދިއުމާއި، ބައިނަލްއަގްވާމީ ޓްރެވަލް ޓްރޭޑްގެ ބައިވެރިންނާ ގުޅުން ބަދަހިކުރުމަށް ކަށަވަރުކޮށްދޭނެ ކަމެކެވެ.

މި މަޖައްލާއަކީ ފަތުރުވެރިކަމުގެ ވިޔަފާރި ފުޅާކޮށް، ދުނިޔޭގެ އިތުރު މާކެޓްތަކަށް އިސްތިހާރުވެ، އެ ވިޔަފާރިތަކާ ގުޅުން ބަދަހިކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ވިޔަފާރި ކުރުމަށް ވަރަށް އަގުހުރި މަޖައްލާއެކެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މަޓާޓޯ އިން 2026 ވަނަ އަހަރުގެ "ދި މޯލްޑިވްސް ފައިންޑަރ" މަޖައްލާގެ މީޑިއާ ކިޓް ތަޢާރަފްކޮށްފިޚަބަރު | 2 ގަޑިއިރު ކުރިންމިހާތަނަށް ރާއްޖެއަށް 2.2 މިލިއަން ފަތުރުވެރިން، އެންމެ ގިނައީ ޗައިނާ ފަތުރުވެރިންޚަބަރު | ދުވަހެއް ކުރިން ފަތުރުވެރިކަމަށް ބޭނުންކުރާ އެނދުގެ އަދަދު 67،000 އަށްޚަބަރު | 8 ދުވަސް ކުރިންރަށު ފަތުރުވެރިކަމާބެހޭ ސަރވޭއެއް ފަށައިފިޚަބަރު | 9 ދުވަސް ކުރިން