logo
Bank of Maldives

Bank of Maldives

ވިޔަފާރި

ފަތުރުވެރިކަން ޑައިވަސިފައިކުރުމުގެ ގިނަ މަސައްކަތްތައް އަންނަ އަހަރު ކުރެވޭނެ

މެންދުރު ޓީމް
9 އޯގަސްޓު 2024 - 06:45
ފަތުރުވެރިކަން ޑައިވަސިފައިކުރުމުގެ ގިނަ މަސައްކަތްތައް އަންނަ އަހަރު ކުރެވޭނެ

ރާއްޖޭގެ ފަތުރުވެރިކަން ވަކި ބާވަތެއްގެ ފަތުރުވެރިކަމަށް ބަރޯސާވެފައި އޮންނަ އޮތުން ބަދަލުކޮށް ފަތުރުވެރިކަން ސިންދަފާތު ކުރުމުގެ މަސައްކަތް އަންނަ އަހަރު ފެށިގެންދާނެކަމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝިއުރީ ވިދާޅުވެއްޖެއެވެ.

"ވެލްކަމް އިންޑިއާ" ރޯޑް ޝޯ ނިންމާލުމަށްފަހު ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ވާހަކަ ދައްކަވަމުން އެމްއެމްޕީއާރްސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝިއުރީ ވިދާޅުވީ، ރާއްޖެއަކީ ޤުދުރަތީ މުއްސަނދިކަމެއް ލިބިފައިވާ ޤައުމެއްކަމަށެވެ. 

Ad by Hajj Corporation

Ad by Hajj Corporation

ވޭތުވެދިޔަ 50 އަހަރުވެސް ފަތުރުވެރިކަން ބަރޯސާވެފައި އޮތީ، ޑައިވް މަންޒިލެއްގެ ގޮތުގައި ނުވަތަ ހަނީމޫން މަންޒިލެއްގެ ގޮތުގައި ނަމަވެސް ކުޅިވަރު ފަތުރުވެރިކަމާއި، ފިލްމީ ފަތުރުވެރިކަމާއި، އަދި ތަޢުލީމުގެ ފަތުރުވެރިކަން ރާއްޖެއަށް ތަޢާރަފްކޮށް ކުރިއަށް ގެންދެވޭނެކަމަށް އެމްއެމްޕީއާރްސީގެ މިހާރު މެނޭޖިންގ ޑިރެކްޓަރ ޝިއުރީ ޤަބޫލުކުރައްވައެވެ.

އެގޮތުން ރާއްޖޭގައި ސްޓަރ ވަރސް މީގެ ކުރިން ޝޫޓް ކޮށްފައިވާއިރު، އެފަދަ ފިލްމްތަކުގެ މަންޒަރުތައް ނަގާ މަންޒިލްތައް ބާލާލަންދާ ފަތުރުވެރިން ތިބޭ ކަމަށް ޝިއުރީ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ދުނިޔޭގެ ބޮޑެތި ކުޅިވަރު މުބާރާތްތައް ރާއްޖޭގައި ބޭއްވުމުގެ ފުރުޞަތުވެސް އޮތްކަން ފާހަގަކުރައްވައި ޝިއުރީ ވިދާޅުވީ ލޯ ސީޒަން ތަކުގައި ބޭރުގެ ޔުނިވާސިޓީތަކާއެކު އެއްބަސްވުންތަކެއް ހެދިއްޖެނަމަ އެތަނުގެ ދަރިވަރުން، ކޭމްޕްތަކާއި އެކްސްޗޭންޖް ޕްރޮގްރާމުތަކުގައި ގެނައުމުގެ ފުރުޞަތުވެސް އޮތް ކަމަށެވެ.

ފަތުރުވެރިކަން މިހާރަށްވުރެ ބޮޑަށް ފުޅާވާންޖެހޭކަން ފާހަގަކޮށް އެމްއެމްޕީއާރްސީން ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަމަށް އައު ކަންތައްތަކެއް ތަޢާރަފް ކުރެވި އައު މާކެޓުތަކަށް ދާންޖެހޭ ކަމަށެވެ. އަދި މިއީ ކުރެވިދާނެ ކަމެއްގެގޮތުގައި ޤަބޫލުކުރައްވާކަމަށް ވިދާޅުވެ އެމްއެމްޕީއާރުސީގެ އެމްޑީ ވަނީ އެމަސައްކަތް އަންނަ އަހަރު ފެށުމަށް ރާވަމުންދާކަން ހާމަކުރައްވާފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަހަރުގެ މިހާތަނަށް 2.1 މިލިޔަން ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފި ވިޔަފާރި | 5 ދުވަސް ކުރިންސްޕެއިނުން ރާއްޖެއަށް ބައި ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފިޚަބަރު | 8 ދުވަސް ކުރިންދުނިޔޭގެ ރެކޯޑެއް، އެންމެ މަގުބޫލު މަންޒިލްގެ އެވޯޑް ވިދިވިދިގެން 6 ފަހަރު ލިބުނު ގައުމަކީ ހަމައެކަނި ރާއްޖެރިޕޯޓް | 10 ދުވަސް ކުރިންޖެހިޖެހިގެން 6ވަނަ ފަހަރަށް ރާއްޖެއަށް ވޯލްޑް ލީޑިން ޑެސްޓިނޭޝަން އެވޯޑު ލިބިއްޖެޚަބަރު | 12 ދުވަސް ކުރިން