logo
Bank of Maldives

Bank of Maldives

ޚަބަރު

މަހުގެ ފުރަތަމަ 8 ދުވަހުގެ ތެރޭގައި ރާއްޖެއަށް ބައިލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި

މުހައްމަދު މޫސާމުހައްމަދު މޫސާ
10 އޯގަސްޓު 2026 - 06:28
މަހުގެ ފުރަތަމަ 8 ދުވަހުގެ ތެރޭގައި ރާއްޖެއަށް ބައިލައްކައަށްވުރެ ގިނަ ފަތުރުވެރިން

މި ހިނގާ އޮގަސްޓް މަހުގެ ފުރަތަމަ އަށް ދުވަހުގެ ތެރޭގައި ރާއްޖެއަށް ބައިލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މި މުއްދަތުގައި ޖުމްލަ 55,834 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 5.6 އިންސައްތައިގެ ކުރިއެރުމެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިއީ މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން މާރިޗު މަހުން ފެށިގެން ފަތުރުވެރިން އަންނަ މިންވަރު ދަށްވެފައި އޮތުމަށްފަހު ލިބުނު އުއްމީދީ ކުރިއެރުމެކެވެ. ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ ޖޫން އަދި ޖުލައި މަހު ފަތުރުވެރިން އައި މިންވަރު ވަނީ ދަށްވެފައެވެ. ނަމަވެސް އޮގަސްޓް މަސް ފެށިގެން އައިސްފައިވަނީ ވަރަށް ރަނގަޅު ނަތީޖާތަކަކާއެކުގައެވެ. މިމަހުގެ މިހާތަނަށް އެވްރެޖްކޮށް ކޮންމެ ދުވަހަކު 6,000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ.

އެންމެ ގިނަ ފަތުރުވެރިން އައީ މިދިޔަ ހޮނިހިރު ދުވަހު

މިމަހުގެ ތެރޭގައި އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ. އެ ދުވަހު އެކަނިވެސް 7,879 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވާކަން ފާހަގަކުރެވެއެވެ. އަހަރުގެ މިހާތަނަށް ރާއްޖެއަށް ޖުމްލަ 1.2 މިލިޔަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކުރި 1.3 މިލިޔަން ފަތުރުވެރިންނާ އަޅާ ބަލާއިރު 4.1 އިންސައްތައިގެ ދަށްވުމެކެވެ.

މާކެޓުގެ އެންމެ ކުރީގައި ޗައިނާ

އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައިސްފައިވަނީ ޗައިނާއިންނެވެ. އެގޮތުން އެ ގައުމުން 232,148 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. ދެވަނައިގައި 188,543 ފަތުރުވެރިންނާއެކު ރަޝިއާ އޮތްއިރު، ތިންވަނައިގައި އޮތީ 101,391 ފަތުރުވެރިންނާއެކު އިނގިރޭސިވިލާތެވެ.

ފަތުރުވެރިން ޗުއްޓީ ހޭދަކުރި ތަންތަނަށް ބަލާއިރު، އެންމެ ގިނަ ފަތުރުވެރިން ހޭދަކޮށްފައިވަނީ ރިސޯޓުތަކުގައެވެ. އެއީ 939,559 ފަތުރުވެރިންނެވެ. މީގެ އިތުރުން ގެސްޓުހައުސްތަކުގައި 287,371 ފަތުރުވެރިން، ހޮޓެލްތަކުގައި 30,395 ފަތުރުވެރިން އަދި ސަފާރީތަކުގައި 24,235 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވާ ކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މަހުގެ ފުރަތަމަ 8 ދުވަހުގެ ތެރޭގައި ރާއްޖެއަށް ބައިލައްކައަށްވުރެ ގިނަ ފަތުރުވެރިން ޚަބަރު | ގަޑިއިރެއް ކުރިންނިމިދިޔަ ޖޫން މަހު ރާއްޖެއަށް 123,000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފިވިޔަފާރި | މަހެއް ކުރިންވެލާނާ ފިޔަވާ އެންމެ ގިނަ މީހުން ދަތުރުކުރީ އައްޑޫ އަތޮޅު ގަމު އެއާޕޯޓަށް ކަމަށް ދައްކައިފި ޚަބަރު | މަހެއް ކުރިންރަޝިޔާ މާކެޓުގައި ރާއްޖެ އިޝްތިހާރު ކުރުމަށް ޚާއްޞަ ކެމްޕޭނެއް ފަށައިފިވިޔަފާރި | 2 މަސް ކުރިން