logo
ޚަބަރު

ރަޝިޔާގެ ކަމްޗަޓްކާ އަށް ބާރުގަ ބިންހެލުމަކާއެކު ސުނާމީގެ އިންޒާރު، ރާއްޖެ އަށް ނުރައްކަލެއްނެތް

މުހައްމަދު މޫސާމުހައްމަދު މޫސާ
13 ސެޕްޓެމްބަރު 2025 - 04:19
ބިންހެލުން އައި ރަޝިޔާގެ ސަރަހައްދު
ބިންހެލުން އައި ރަޝިޔާގެ ސަރަހައްދު

ރަޝިޔާގެ އިރު އުތުރު އައްސޭރި ކަމްޗަޓްކާ އަށް 7.2 މެގްނިޓިއުޑްގެ ބިންހެލުމެއް އައިސްފައިވާކަމަށާއި،  ރާއްޖޭގެ މޫސުމާ ބެހޭ ގައުމީގެ މެޓް އޮފީހުން ބުނެފިއެވެ.

މެޓް އޮފީހުން  ބުނީ ރަޝިޔާގެ އިރު އުތުރު އައްސޭރި ކަމްޗަޓްކާ އަށް 7.2 މެގްނިޓިއުޑްގެ ބިންހެލުމެއް އައިސްފައިވާކަމަށެވެ. އަދި މި ބިންހެލުން ރެކޯޑް ކުރެވިފައި ވަނީ ރާއްޖޭގެ ގަނޑިން ހެނދުނު 7:37 ކަމަށް ވެސް ބުންޏެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ބިންހެލުން އައީ ރާއްޖޭގެ ވެރިރަށް މާލެ އާއި 9421 ކިލޯ މީޓަރު ދުރުން ކަމަށާއި، މި ބިންހެލުމުގެ ސީދާ ނުރައްކާ ރާއްޖެއަކަށް ނުކުރާނެކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.

ޔޫއެސް ޖިއޮލޮޖިކަލް ސާރވޭއިން ބުނެފައި ވަނީ ހޮނިހިރު ދުވަހު ރަޝިޔާގެ ކަމްޗަޓްކާ ޕެނިންސުލާގެ އިރުމަތީ ސަރަހައްދަށް ރިކްޓަރ ސްކޭލްގައި 7.4 ގެ ބާރުގަދަ ބިންހެލުމެއް އައުމާ ގުޅިގެން ސުނާމީގެ އިންޒާރު ދީފައިވާ ކަމަށެވެ. އަދި މިކަން ޔޫއެސް ޖިއޮލޮޖިކަލް ސާރވޭއިން ވަނީ ކަށަވަރުކޮށްދީފައެވެ.

މި ބިންހެލުން އައިސްފައިވަނީ މީގެ ދުވަސްކޮޅެއް ކުރިން އެ ސަރަހައްދުގައި އައި، މިހާތަނަށް ރެކޯޑުކުރެވިފައިވާ އެންމެ ވަރުގަދަ 6 ބިންހެލުމުގެ ތެރޭގައި ހިމެނޭ 8.8 ގެ ބިންހެލުމަށް ފަހުގައެވެ. ޔޫއެސްޖީއެސްއިން ބުނާ ގޮތުގައި މި ބިންހެލުމުގެ މަރުކަޒު ހުރީ ޕެޓްރޮޕަވްލޮވްސްކް-ކަމްޗަޓްސްކީން 111.7 ކިލޯމީޓަރު އިރުމައްޗަށް، 39 ކިލޯމީޓަރުގެ ފުންމިނުގައެވެ.

މި ބިންހެލުމަކީ ޖުލައި 29 ގައި އެރި 8.8 ގެ ބިންހެލުމުގެ އާފްޓަރޝޮކެއް ކަމަށާއި، އެ މައި ބިންހެލުމަށްފަހު އައި އެންމެ ބޮޑު ބިންހެލުން ކަމަށް އެމެރިކާގެ އެޖެންސީން ބުނެފައިވެއެވެ. އެ ސަރަހައްދުގައި ޕެސިފިކް ޕްލޭޓް އުތުރު އެމެރިކާ ޕްލޭޓާ އަޅާބަލާއިރު އަހަރަކު 80 މިލިމީޓަރުގެ ބާރުމިނުގައި އިރުމަތިން ހުޅަނގަށް ދަތުރުކުރަމުންދާ ކަމަށް ޔޫއެސްޖީއެސްއިން ބުނެފައިވެއެވެ.

މި ބިންހެލުމާ ގުޅިގެން އެއްވެސް މީހަކަށް އަނިޔާވި ކަމެއް ނުވަތަ ބޮޑު ގެއްލުމެއް ވި ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ. ރަޝިޔާގެ ކަމްޗަޓްކާ ޕެނިންސުލާގައި 20 ޖުލައި 2025 ގައި 7.4 ގެ އެންމެ ބޮޑު ބިންހެލުން ހިމެނޭ ގޮތަށް 5 ބޮޑު ބިންހެލުން އައިސްފަވެއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރަޝިޔާގެ ކަމްޗަޓްކާ އަށް ބާރުގަ ބިންހެލުމަކާއެކު ސުނާމީގެ އިންޒާރު، ރާއްޖެ އަށް ނުރައްކަލެއްނެތްޚަބަރު | 3 ގަޑިއިރު ކުރިންއިޙްސާސް ކުރެވޭ ހޫނުމިން 38 ޑިގްރީ ސެލްސިއަސްެެއަށްވުރެ މައްޗަށްޚަބަރު | 7 ދުވަސް ކުރިންމި މަހު ރާއްޖެއަށް ވާރޭވެހޭ މިންވަރު މަދުވާނެކަމަށް ލަފާކޮށްފި ޚަބަރު | 9 ދުވަސް ކުރިންރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވެ، ހުދު ސަމާލު ނެރެފިޚަބަރު | 14 ދުވަސް ކުރިން