logo
ކުޅިވަރު

ނިއުއަށް ގެނައި ބްރެޒިލްގެ ފޯވާޑް ރާއްޖެ އަތުވެއްޖެ

ޢައްފާން މުޙައްމަދު
14 ސެޕްޓެމްބަރު 2025 - 08:36
ނިއުއަށް ގެނައި ބްރެޒިލްގެ ފޯވާޑް ރާއްޖެ އަތުވެއްޖެ

ދިވެހި ފުޓުބޯޅައިގެ ދިގު ތާރީޚުގައި އޮތް އެންމެ ކާމިޔާބު ކުލަބު ނުވަތަ ދިވެހި ފުޓުބޯޅައިގެ ރަސްގެފާނުގެ ގޮތުގައި ސިފަކުރާ ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުން، ކުރިއަށް އޮތް ސީޒަނަށް ސްކޮޑު ވަރުގަދަކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ގެންނަން ނިންމާފައިވާ ބްރެޒިލްގެ ފޯވާޑް ރާއްޖެ އަތުވެއްޖެއެވެ.

"މެންދުރު ޓީވީ" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު ރާއްޖެ އައިސްފައިވަނީ ބްރެޒިލްއަށް ނިސްބަތްވާ ލެފްޓް ވިންގް، ގިލެރްމީ ލުއިސް ގޮމެސް ޑަ ސިލްވާ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

އުމުރުން 30 އަހަރުގެ ގިލެރްމީ ރާއްޖެ އައިސްފައިވާއިރު، އޭނާ އެންމެފަހުން ކުޅެފައި ވަނީ އެލް ސަލްވަޑޯގެ އެންމެ މަތީ ޑިވިޝަނުގައި ކުޅޭ ކްލަބް ޑިޕޯޓިވޯ ލުއިސް އެންހެލް ފިރްޕޯ އަށެވެ. އޭނާ އެ ކުލަބާ ގުޅުނީ 2024 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހުއެވެ. އެ ޓީމާއެކު އޭނާ ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވެފައި ވަނީ މި އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.

އެ ކުލަވާއެކު ހޭދަކުރި މުއްދަތުގެ ތެރޭގައި ގިލެރްމީ ވަނީ 84 މެޗު ކުޅެދީ، ދެ ލަނޑު ކާމިޔާބުކޮށް 16 އެސިސްޓުކޮށްދީފައެވެ.

އެލް ސަލްވަޑޯގެ އިތުރުން އޭނާ ވަނީ ޕޯޗުގަލްއާއި ބްރެޒިލްގެ ކުލަބުތަކަށް ވެސް ކުޅެފައެވެ.

ގިލެރްމީގެ ޔޫތު ކެރިއަރުގައި އޭނާ ވަނީ ބްރެޒިލްގެ ނަން މަޝްހޫރު ބައެއް ކުލަބުތަކުގެ ޒުވާން ޓީމަށް ވެސް ކުޅެފައެވެ. އެގޮތުން ފްލެމެންގޯ، ވޮލްޓަ ރެޑޮންޑާ އަދި ވަސްކޮޑަގަމާއަށް އޭނާ ކުޅެފައިވެއެވެ.

2024 ވަނަ އަހަރުގެ ނިޔަލަށް ލިބެންހުރި މައުލޫމާތަށް ބަލާއިރު ޓްރާންސްފަރ މާކެޓުގައި އޭނާގެ އަގަކީ ގާތްގަނޑަކަށް 125،000 ޔޫރޯއެވެ.

"މެންދުރު ޓީވީ" އާ ވާހަކަދައްކަވަމުން ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ ޗެއާމަން އަޙްމަދު މުބީން މީގެކުރިން ވިދާޅުވީ، ސްކޮޑު ވަރުގަދަކުރުމަށް ކުރަމުން އަންނަ މަސައްކަތުގައި ބްރެޒިލްގެ ދެ ކުޅުންތެރިއަކު ޓީމާ ގުޅޭނެއެވެ. ދެން ޓީމާ ގުޅޭނީ ބްރެޒިލްގެ މިޑްފީލްޑަރެކެވެ. މީގެއިތުރުން، ކުރިއަށް އޮތް ސީޒަނުގައި ނިއުގެ ގޯލު ބަލަހައްޓާނީ މީގެކުރިން ވެސް ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގެ އެކި ކުލަބުތަކަށް ކުޅެ، ދިވެހި ފުޓުބޯޅައިގެ ގިނަ ތަޖުރިބާތަކެއް ހޯދާފައިވާ ޕާސިސްތާނުގެ ގޯލްކީޕަރު ޞާޤިބް ޙަނީފްއެވެ.

ނިއުރޭޑިއަންޓުން ވަނީ އެ ޓީމުގެ ސްކޮޑަށް، އުޒްބެކިސްތާނުގެ ޑިފެންޑަރެއް ވެސް އިތުރުކޮށްފައެވެ. އެގޮތުން އެ ޓީމާ ގުޅިފައިވަނީ ފުރްކަޖޯން ޚަސަންބޮއޭވް އެވެ. ޚަސަންބޮއޭވް އަކީ އުޒްބެކިސްތާނުގެ ޓީމުތަކުގެ އިތުރުން ތަޖިކިސްތާނާއި ބަންގްލަދޭޝްގައި ވެސް ކުޅެފައިވާ ފާހަގަކޮށްލެވޭ ކުޅުންތެރިއެކެވެ. އަދި ރާއްޖޭގެ ވިކްޓްރީ ސްޕޯޓްސް ކުލަބަށް ވެސް އޭނާ ކުޅެފައިވެއެވެ.

ނިއުގެ އައު މެނޭޖްމަންޓް ކުލަބާއި ހަވާލުވިފަހުން ރާއްޖޭގެ ފުޓްބޯޅައިގެ ރަސްގެފާނު އޭގެ އަސްލު މަޤާމަށް ގެނައުމަށް ކެނޑިނޭޅި ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން 7 އަހަރަށްފަހު ނިއުރޭޑިއަންޓުން އެނބުރި ފުރަތަމަ ޑިވިޝަނުގައި ކުޅުމަށް ލިބުނު ފުރުސަތުގައި އެ ޓީމުން ރަސްމީކޮށް ފަރިތަކުރުންތައް ފެށީ ރާއްޖޭގެ އެންމެ ތަޖުރިބާކާރު އެއް ކޯޗު، އަލީ ސުޒެއިންގެ އިރުޝާދުގެ ދަށުންނެވެ.

ކުރިއަށް އޮތް ސީޒަނުގައި ނިއުގެ ފަހުރުވެރި ޖާޒީގައި ފެންނާނެ ދިވެހި ބައެއް ކުޅުންތެރިންގެ ތެރޭގައި، އަލީ އަޝްފާގް (ދަގަނޑޭ)، އަލީ ފާސިރު (ސެންޓޭ)، މުޙައްމަދު އިރުފާޏް (އިރޭ)، އަހުނަފް ރަޝީދު (އަހުއްކޮ)، މުހައްމަދު ނިޒާމް (ޕީކޭ) އަދި ހަސަން ރާއިފް (ހަންނަ) ގެ ނަން ފާހަގަކޮށްލެވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނިއުއަށް ގެނައި ބްރެޒިލްގެ ފޯވާޑް ރާއްޖެ އަތުވެއްޖެކުޅިވަރު | 11 ގަޑިއިރު ކުރިންސުޕާ ކަޕްގެ ކާމިޔާބީގެ އަސްލަކީ، އަޑިއަޅާލާފައި އޮތް ދިވެހި ފުޓުބޯޅައަށް އިންވެސްޓުކުރި މަދަދުގާރު މާޒިޔާ: މުބީންކުޅިވަރު | 2 ދުވަސް ކުރިންއެންމެ ބިޔަބޮޑު ލަސްކަރާއެކު ބްރެޒިލް ސަމްބާގެ ޖާދު ގަލޮޅުދަނޑަށްކުޅިވަރު | 7 ދުވަސް ކުރިންނިއުގެ ގޯލު ބަލަހައްޓަން ޕާކިސްތާނުގެ ޞާޤިބް، ޑިފެންޑަރަކަށް އުޒްބެކިސްތާނުގެ ޚަސަންބޮއޭވްކުޅިވަރު | 9 ދުވަސް ކުރިން