logo
Bank of Maldives

Bank of Maldives

ކުޅިވަރު

ސުޕާ ކަޕްގެ ކާމިޔާބީގެ އަސްލަކީ، އަޑިއަޅާލާފައި އޮތް ދިވެހި ފުޓުބޯޅައަށް އިންވެސްޓުކުރި މަދަދުގާރު މާޒިޔާ: މުބީން

ޢައްފާން މުޙައްމަދު
12 ސެޕްޓެމްބަރު 2025 - 12:32
ނިއުރޭޑިއަންޓުގެ ޗެއާމަން މުބީން އާއި މާޒިޔާގެ ސީއީއޯ ކޮކީ (ކ) އަދި މާޒިޔާ މެނޭޖްމަންޓް (ވ)
ނިއުރޭޑިއަންޓުގެ ޗެއާމަން މުބީން އާއި މާޒިޔާގެ ސީއީއޯ ކޮކީ (ކ) އަދި މާޒިޔާ މެނޭޖްމަންޓް (ވ)

ސްރީލަންކާގައި ކުރިއަށްދިޔަ ސައުތު އޭޝިއަން ސުޕާ ކަޕްގައި ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމުން ހޯދި ކާމިޔާބީގައި، އެންމެ ބޮޑު ޝުކުރެއް ހައްގުވަނީ، ދިވެހި ފުޓުބޯޅަ އަޑިއަޅާލާފައި އޮތްވަގުތު، މި ކުޅިވަރުގައި ރާއްޖޭގެ ނަން ފޮހެވިގެންދިޔަ ނުދިނުމަށްޓަކައި އިންވެސްޓްކުރި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ކަމަށް، ދިވެހި ފުޓުބޯޅައިގެ ރަސްގެފާނު، ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ ޗެއާމަން އަޙްމަދު މުބީން ވިދާޅުވެއްޖެއެވެ.

ސައުތު އޭޝިއަން ސުޕާ ކަޕް ކާމިޔާބުކުރި ގައުމީ ޓީމުން ޓްރޮފީއާއެކު ރާއްޖެ އައިސްފައި ވަނީ ބުދަ ދުވަހުއެވެ. އެ ކާމިޔާބީއާ ގުޅިގެން ގިނަބަޔަކު ގައުމީ ޓީމަށް މަރުހަބާ ކިޔަމުން އަންނައިރު، މިއީ ވަޅުޖެހި، ނެތެމުންދިޔަ ދިވެހި ފުޓުބޯޅައަށް ލިބުނު އުއްމީދުގެ އަލިކަމެއްގެ ގޮތުގައި ގިނަބަޔަކު ސިފަކުރެއެވެ. ހާއްސަކޮށް މިއީ 2018 ވަނަ އަހަރުގެ ސާޕް ޗެމްޕިއަންޝިޕް ކާމިޔާބުކުރުމަށްފަހު ރާއްޖެއިން ބައިނަލްއަގްވާމީ ފުޓުބޯޅައިގައި ހޯދި ފުރަތަމަ ޓްރޮފީކަމަށް ވުމުން، މި ކާމިޔާބީގެ ފަހަތުގައިވާ ފަރާތްތަކަށް ދާއިރާއާ ގުޅުންހުރި ފަރާތްތަކުން އައީ ޝުކުރުގެ ބަސްތައް ބަރުތީލަކުރަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެހެންނަމަވެސް މިއަދު ދިވެހި ފުޓުބޯޅައަށް ކޮންމެވެސް ވަރެއްގެ ދިރުމެއް އައިސް، އަލުން ފުޓުބޯޅައިގެ ފޯރިގަދަކުރުމަށް އެކިއެކި ފަރާތްތަކުން މަސައްކަތްކުރަމުން އަންނައިރު، ރާއްޖޭގެ ޕްރޮފެޝަނަލް ފުޓުބޯޅައަށް ނިމުމެއް އަޔަ ނުދީ މިހާ ހިސާބަށް ގެނެސްދިނުމުގައި މާޒިޔާއިން ކުރި ބުރަ މަސައްކަތާއި ކުރި އިންވެސްޓްމަންޓް ފާހަގަކޮށްލަން ޖެހެއެވެ.

މިކަން ފާޙަގަކުރައްވައި، މިއަދު ދިވެހި ފުޓުބޯޅަ އަލުން ދިރުވައި، ސަޕޯޓަރުންގެ ފޯރި އަލުން ގެނުވުމަށް އެންމެ ބުރަ މަސައްކަތްތަކެއް ކުރައްވާ އެއް ފަރާތްކަމުގައި މުބީން މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، ދިވެހި ގައުމީ ޓީމް, ސްރީލަންކާގައި ބޭއްވި ސައުތު އޭޝިއަން ސުޕަރކަޕް ކާމިޔާބުކޮށްގެން އައީ ދިވެހި ފުޓްބޯޅަ، އެކި ސަބަބުތަކާހުރެ ވަރަށްބޮޑަށް އަޑިއަޅާލާފައި އޮތް ދަނޑިވަޅެއްގައިކަން ފާހަގަކުރައްވާފައެވެ.

މިއަދު ގައުމީ ޓީމް ހޯދި ކާމިޔާބީގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަކީ ވަރަށް ބޮޑު މަދަދުގާރެއްކަން ފާހަގަކުރައްވައި މުބީން އިތުރަށް ވިދާޅުވީ، ފުޓްބޯޅަ އަޑިއަޅާލި ވަގުތުގައި މާޒިޔާގެ މެނޭޖުމަންޓުން ފުޓްބޯޅައަށް ކުރި އިންވެސްޓަކީ ދިވެހި ފުޓްބޯޅައިގެ ދަންމަރުގައި ކުޑަނަމަވެސް އަލިކަމެއް ގެނެސްދިނުމުގެ އަސްލު ކަމަށެވެ.

އަދި ދިވެހި ޤައުމީ ޓީމް ހޯދި ކާމިޔާބީއަށް މަރްޙަބާ ކިޔާއިރު މާޒިޔާގެ ޗެއާމަން ސާޖިދު އަޙްމަދު، މާޒިޔާގެ ސީއީއޯ އަދި އެފްއޭއެމްގެ ނައިބުރައީސް ހުސެއިން ޝާފިއު (ކޮކީ)، އަބްދުލް ވައްހާބު، މޫސަ އަދި ސުހޭޓޯއާއި މުޅި މެނޭޖުމަންޓަށް ދިވެހި ފުޓްބޯޅަދެކެ ލޯބިވާ މީހެއްގެ ހައިސިއްޔަތުން އެބޭފުޅުން ފުޓްބޯޅައަށް ކޮށްދެއްވި ހިދުމަތަށް މުބީން ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ދިވެހި ފުޓުބޯޅަ ނެތިގެންދިއުމުން ސަލާމަތްކޮށްދިނުމުގައި މާޒިޔާއިން ކޮށްދިން މަސައްކަތަށް މުބީން ޝުކުރު އަދާކުރެއްވިއިރު، ފާއިތުވީ ހައެއްކަ އަހަރުގެ ތެރޭގައި ގައުމީ ޓީމަށް ނަގާ ކުޅުންތެރިންގެ ބޮޑު އިންސައްތައެއް ނިސްބަތްވަނީ ވެސް އެ ކުލަބަށެވެ. މާލީގޮތުން ގިނަ ކުލަބުތަކަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވެ، ކުޅުންތެރިންނަށް މުސާރަ ނުދެވޭ ހާލަތަށް ދިޔައިރު، ފުޓުބޯޅައިގެ ބެލެނިވެރި ފަރާތުގެ ގޮތުގައި އޮތް އެސޯސިއޭޝަނުން މާބޮޑު އެހީތެރިކަމެއް ނުލިބިވެސް މާޒިޔާ އިން ވަނީ ކުޅުންތެރިން މާޔޫސްވިޔަ ނުދީ، ކުލަބުގެ ކޮންޓްރެކްޓުގައި ތިބި ކުޅުންތެރިންނަށް ބަރާބަރަށް މުސާރަ ދީފައެވެ.

ގައުމީ ޓީމުގައި މިހާރު އެންމެ ނަން ހިނގާ ތަރިންނަކީ، މިދިޔަ މުއްދަތުގައި މާޒިޔާއިން ދިން އެހީތެރިކަމާއި އެއްބާރުލުމާއެކު މި ދާއިރާ ދޫކޮށްނުލައި، މިއަދު ހޯދި ކާމިޔާބީއާ ހަމައަށް ވާސިލްވުމަށް ބުރަ މަސައްކަތްތަކެއް ކުރި ކުޅުންތެރިންނެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މޮޅުނުވުމުގެ ސިލްސިލާ ނިމުމަކަށް ގެނައުމަށް ތާރީޚީ ޖާޒީއާއެކު ނިއުއިން އީގަލްސްއާ ދެކޮޅަށް ވަރުގަދަ އަޒުމެއްގައިކުޅިވަރު | 5 ދުވަސް ކުރިންބޮޑު ތަފާތަކުން ގްރީން ބަލިކޮށް، މާޒިޔާ ތާވަލުގެ އެއްވަނައަށްކުޅިވަރު | 7 ދުވަސް ކުރިންނިއުރޭޑިއަންޓު މިހާ ހިސާބަށް ގެނެސްދޭން މަސައްކަތްކުރި އެންމެންނަށް ކުއީން ވަހީދުގެ ޝުކުރުކުޅިވަރު | 10 ދުވަސް ކުރިންއުއްމީދުކުރި ވަރަށް މީހުން ދަނޑަށް ވަތް، އިހުއޮތް ފޯރި ގެނެވޭނެ، ފެންނަނީ އުއްމީދީ މަންޒަރެއް: މުބީންކުޅިވަރު | 11 ދުވަސް ކުރިން