logo
MPL

MPL

ކުޅިވަރު

ބިސް ބުރު ބަލިކޮށް މާޒިޔާ އިން ތިން ވަނަ އަށް

އަބްދުﷲ ޣާނިމް
20 އޮކްޓޯބަރު 2026 - 21:41
ފޮޓޯ: މާޒިޔާ ސްޕޯރޓްސް ކްލަބް ސޯސަލް މީޑިއާ
ފޮޓޯ: މާޒިޔާ ސްޕޯރޓްސް ކްލަބް ސޯސަލް މީޑިއާ

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ ބިސް ބުރު ސްޕޯޓްސް ކްލަބް 3-1 އިން ބަލިކޮށް، އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ތާވަލުގެ ތިން ވަނަ އަށް ޖެހިލައިފި އެވެ. މި ނަތީޖާއާ އެކު މާޒިޔާ އަށް ވަނީ ކުޅުނު ފަސް މެޗުން 10 ޕޮއިންޓް ލިބިފަ އެވެ. ދެ ވަނައިގައި އޮތް ކްލަބް އީގަލްސް އަށް ވެސް ހަތަރު މެޗުން 10 ޕޮއިންޓް ލިބިފައިވާއިރު، އެއް ވަނައިގައި ވިކްޓަރީ އޮތީ ފަސް މެޗުން 13 ޕޮއިންޓާ އެކުގަ އެވެ.

ގަލޮޅު ދަނޑުގައި ކުޅުނު މި މެޗުގެ 29 ވަނަ މިނިޓުގައި މާޒިޔާ އިން ލީޑުނެގީ ބިސް ބުރުގެ އަލީ ޝައިހާން ނަސީމް އަތުން ބައިކޮޅަށް ވަން ގޯލުންނެވެ. ނަމަވެސް، 35 ވަނަ މިނިޓުގައި އަހުނަފް މުހައްމަދު ތަސްނީމް (ނަފްކޮ) ވަނީ ބިސް ބުރަށް ނަތީޖާ ހަމަހަމަކޮށްދީފަ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

މާޒިޔާ އިން އަލުން ލީޑު ހޯދީ ދެ ވަނަ ހާފުގެ ކުރީކޮޅު އަބްދުﷲ ލޫތު އިބްރާހިމް (ސާނޭ) ކާމިޔާބުކުރި ލަނޑުންނެވެ. އަދި މެޗުގެ 58 ވަނަ މިނިޓުގައި ބެނިންގެ މިޑްފީލްޑަރު ކޮޑްޖޯ ގޯމޭސް ވަނީ އެ ޓީމުގެ ތިން ވަނަ ލަނޑު ޖަހައި މޮޅު ކަށަވަރުކޮށްދީފަ އެވެ. ބަލިވި ބިސް ބުރު އޮތީ ފަސް މެޗުން ލިބުނު ހަ ޕޮއިންޓާ އެކު ތާވަލުގެ ހަ ވަނައިގަ

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބިސް ބުރު ބަލިކޮށް މާޒިޔާ އިން ތިން ވަނަ އަށްކުޅިވަރު | ގަޑިއިރެއް ކުރިންމާރާމާރީތަކާއެކު ބިރުދައްކައި މަދުބަޔަކު ރާއްޖޭގެ ފުޓްބޯޅަ ހަލާކުކުރަނީ! އެޅޭނެ ފިޔަވަޅެއްވެސް ނެތް؟ރިޕޯޓް | މަހެއް ކުރިންނިއުރޭޑިއަންޓްގެ ކޯޗިން ސްޓާފަށް ދިން ނުރައްކާތެރި ހަމަލާ އިތުރަށް ބަލައި ފިޔަވަޅުއެޅުމަށް ކަމާބެހޭ ފަރާތްތަކަށް ގޮވާލައިފިކުޅިވަރު | މަހެއް ކުރިންލީގުގައި ބަލިނުވެ 46 މެޗު ހަމަކުރި މާޒިޔާ ބަލިކޮށް ނިއުރޭޑިއަންޓުން އެޓީމުގެ ފެންވަރުދައްކާލައިފިކުޅިވަރު | މަހެއް ކުރިން